އިނގިރޭސިވިލާތުގެ 23 އަހަރުގެ އަންހެނެއް ކަމަށްވާ އެމްބާ ލޫކް ހަށިގަނޑުގެ އެކި ތަންތަނުގައި 50 އަށް ވުރެ ގިނަ ތަފާތު ޑިޒައިންތަކުގެ ޓެޓޫ ޖެހުމަށް ފަހު އެންމެ ފަހުން ލޮލުގައި ވެސް ނޫކުލައިގެ ޓެޓޫ އެއް ޖަހައިފިއެވެ.

އުމުރުން 16 އަހަރުން ފެށިގެން ހަށިގަނޑުގައި ތަފާތު ކުރެހުންތައް ކުރެހުމަށް އެމްބާ މިހާތަނަށް ވަނީ 8000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކޮށްފައެވެ. ލޮލުގެ އިތުރުން ދުލުގައި ވެސް އެމްބާ ވަނީ ޓެޓޫ ޖަހާފައެވެ.

"ނޫ ލޮލެއް ލިބިފައިވާ ހުދު ޑްރެގަން" ގެ ނަމުން މަޝްހޫރުވެފައިވާ އެމްބާ ބުނީ އޭނާގެ ސިފަ އާއި މެދު އޭނާ އެއްވެސް ވަރަކަށް ހިތާމައެއް ނުކުރެވެއެވެ. ނަމަވެސް ބައެއް މީހުންނަށް ހީވާ ގޮތުގައި ޓެޓޫ ޖެހުމަށް ފަހު، ފަހުން އެކަމާއި ހިތާމަ ކުރަން ޖެހޭނެ ކަމަށް އެމްބާ ބުންޏެވެ. "އަދި އަހަރެން، އަހަރެންގެ ސިފަ އާއި މެދު ހިތާމައެއް ނުކުރަން. ފަހުން ވާނެ ގޮތެއް ނޭނގެ." އެމްބާ ބުންޏެވެ.

ލޮލުގައި ޓެޓޫ ޖެހުމަކީ ލޯ އެއްކޮށް އަނދިރިވެދާނެ ފަދަ ނުރައްކާތެރި ކަމެކެވެ. އެމްބާ ބުނީ އޭނާގެ ލޮލުގައި ޓެޓޫ ޖަހަން 40 ވަރަކަށް މިނެޓް ހޭދަވިއެވެ. "ލޮލުގައި ޓެޓޫ ޖެހި އިރު ވަރަށް ތަދުވި. ދެތިން ހަފްތާ ވަންދެން ރަނގަޅަށް އެއްވެސް ތަނެއް ނުފެނޭ. ނަމަވެސް މިހާރު ރަނގަޅު." އެމްބާ ބުންޏެވެ.

އެމްބާ ބުނީ އޭނާގެ މުޅި ގައިގައި ޓެޓޫ ޖަހަން އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން ވަރަށް ތާއިދު ކުރެއެވެ.

ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ހަށިގަނޑަށް މިފަދަ ބޮޑެތި ބަދަލުތައް ގެންނަން ބައެއް މީހުން ބޭނުންވަނީ އެމީހުންގެ ނަފްސާނީ މައްސަލައެއްގެ ސަބަބުންނެވެ. މިއީ އެޑިކްޝަނެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރު ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހުމަދު

    ﷲ ގެ ގަދަފަދަ އަޒާބް ލިބޭނެކަން ނޭންގޭތީ މި ކުދިންނަށް އުޅެވޭ ގޮތް ... ދެރަވެ ހިތާމަ ކުރަން ...

  2. ޢަލީ

    ލިޔުންތެރިޔާ ކީއްވެބާ ދީނުގައި މިކަމުގެ ހުކުމް ހަނދާންކޮއްނުދިނީ

    • މީ

      އަސްލުވެސް..

    • ޔޫ

      އަސްލުވެސް..ދީނުގައި މިކަމުގެ ހުކުމް ލިޔަން ވާނެ!!!!

  3. ބޭބެ

    އިސްލާމް ދީނުގައި ޓެޓޫ ޖެހުން ޙަރާމް!! އަޅުގަނޑުމެންގެ ތެރޭ މަދުން ނަމަވެސް ޓެޓޫ ޖަހައިގެން އެބައުޅޭ!!

  4. ލޮސްޓް

    ދީނުގެ އޮތްގޮތް ކަލޭ ކިޔާދިނަސް އެންމެ ރަނގަޅުވާނެ.