އެއް ގަޑިއިރު ތެރޭ 7 ފަހަރު ވައްކަން ކުރި ކަމުގެ ކުށުގައި 14 އަހަރުގެ ކުއްޖެއް ލަންޑަންގައި ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމުން ލަންޑަންގެ މީޑިޔާތަކުން އެކުއްޖާގެ ނަމެއް ހާމައެއް ނުކުރެއެވެ. 7 ފަހަރު ވައްކަން ކުރުމުގެ ކުށުގައި މިކުއްޖާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން މިކުއްޖާވަނީ އެއީ އެކުއްޖާ ނުކުރާ ކަމެއް ކަމަށް ބުނެފައެވެ.

ނަމަވެސް ލަންޑަންގެ ކޯޓުން ބުނެފައިވަނީ މިކުއްޖާއާއި ދެކޮޅަށް މައްސަލަ ސާބިތުވާ ވަރަށް ހެކި ހުރި ކަމަށެވެ. މި ކުއްޖާ ހައްޔަރު ކުރިއިރު މިކުއްޖާގެ ޖީބުން 13 ފޯނު ވަނީ ފެނިފައެވެ، މިހާރު މިފޯންތައްވަނީ އޭގެ ވެރި ފަރާތްތަކާ ރައްދު ކުރެވިފައެވެ.

ކޯޓުން މިކުއްޖާގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައިވަނީ މިކުއްޖާގެ މައްޗަށް ކުށް ސާބިތު ވުމުން، ކޮންމެ ދުވަހަކު އެއްފަހަރު ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށާއި އަދި މީގެ އިތުރުން ރޭގަނޑު 7 ކުން ދުވާާލު 7 ތަކަށް ގެއިން ބޭރަށް ދިއުން މަނާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު