ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ފިރިހެން ޑޮކްޓަރަކު އިންނާނެ މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ކައިވެނި ކުރުމަށް މީހުން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ފޭސްބުކު ޕޭޖެއް ކަމަށްވާ "ކައިވެނި.އެމްވީ" ޕޭޖުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އުމުރުން 30 އަހަރުގެ ޑޮކްޓަރަކު އިންނާނެ އަންހެނަކު ހޯދާ ކަމަށެވެ. އޭނާގެ ރަށާއި އަތޮޅު ވަނީ ސިއްރުކުރި ނަމަވެސް ބުނެފައިވަނީ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެ ފިރިހެން މީހާ އަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށާއި، އޭނާއަށް މަހެއްގެ މައްޗަށް އާންމުދަނީގެ ގޮތުން މަހަކު 50،000 ރުފިޔާ އެވްރޭޖްކޮށް ލިބޭ ކަމަށެވެ.
އަދި އޭނާއަކީ އަލަށްވެސް ކައިވެނި ނުކުރާ މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަކީ ކެރިއަރެއް ނޫން ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެ ފިރިހެން މީހާ އިންނަން ބޭނުންވާ މީހާގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެ މީހާއަކީ 29 އަހަރުން ދަށުގެ އަހްލާގު ރަނގަޅު މީހަކަށް ވާން ޖެހެއެވެ. އަދި އެ މީހާއަީ ރަނގަޅު ދިރިއުޅުމެއް ބޭނުންވާ ހިތްހެޔޮ މީހަކަށްވެސް ވާން ޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި އެ މީހާއަކީ ހަރުދަނާ ވަފާތެރި ދީނަށް ލޯބިކުރާ މީހަކަށްވެސް ވާން ޖެހޭ ކަމަށް އެ ޕޯސްޓްގައި ވެއެވެ.
"ކައިވެނި.އެމްވީ" ޕޭޖަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ޕޭޖްއެކެވެ.
މަ މިހިރީ ރެޑީ ގަ
ކޮން ދިމާލަކައް ދާންވީ މަ މިހުރީ ތައްޔާރަށް ހޮސްޕިޓާ ކައިރީ ☺️☺️
މަށަށް މާދަމާ 29 ފުރެނީ! ތި ޑޮކްޓަރު ގެ އަޚުލާގު ރަގަޅުތަ؟ ދީނަށް ލޯބި ކުރާ މީހެއްތަ؟ ކޮންމެ ހޯމަ ބުރާސް ފަތްޗާއި އަދި ފޮއި ރޯދަ ހިފާ މީހެއްތޯ ވެސް ބަލަން ބޭނުން
ކި ހިނެތް ގުޅަން ހަދަންވީ
އަޅުގަނޑުވެސް ރެޑީ ހަމަ.
ހެހެހެ
ތި ޑޮކްޓަރަށް ލޮނުމެދު ކާންދިނީ ކާކުތޯ ބަލަން ބޭނުން...، ތިހާވަރު ތިއަރުވަނީ...
ކޮންޓެކްޓް ނަމްބަރ؟؟؟
މިތާ ކޮ މެންޓު ލިޔާފައި ތިބީ މުޅިން ސީދި ފިރިހެނުން@ 29 ގެ އެކަތި ވެސް ނެތް
ހޮސްޕިޓާގަ ނެތްތަ ރަގަޅު ކުއްޖެއް.
ބައެއް ހޮސްޕިޓާ ތަކުގަ އުޅޭނެ އިންނާނެ މީހަކު ނުވެފަތިބި ނަރުހުން.
ތިއީ ވެސް ޑީ.އެން.އޭ އަށް ވަންނަ ބޭހެއް ނުހުރެއޭ ބުނި ކަހަލަ ޑޮކްޓަރެއް ތަ ؟