ފިލިޕީންސްއަށް ނިސްބަތްވާ މަންމައިންތަކެއް އެ މީހުންގެ ދަރިންތައް ޖިންސީގުޅުން ހިންގުވުމަށްޓަކައި އެހެން މީހުންނަށް ވިއްކާލާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައި ވަނީ، ލަންޑަންއަށް ނިސްބަތްވާ ޕްރެޒެންޓަރަކު ފިލިޕިންސްއަށް ގޮސް ކުރިޔަށްގެންދިޔަ ތަހުޤީޤެއްގައެވެ. އޭނާ ފިލިޕީންސްއަށް ދިޔައީ އެކަމާ ގުޅޭ ޑޮކިޔުމެންޓްރީއެއް ހެދުމަށެވެ.

އެ ޑޮކިޔުމެންޓްރީގެ ދެ ވަނަ އެޕިސޯޑުން ފެންނަ ގޮތުގައި، ދެ އަންހެނުން އެ މީހުންގެ ވަށާލައިގެން ތިބި ކުދިންތަކެއް ޖިންސީ ގުޅުން ހިންގުވުމަށްޓަކައި ވިއްކާލާ ފައިސާ ހޯދާ މަންޒަރު ފެނެއެވެ. އެތަނުގައި އުމުރުން އެންމެ ފަސް އަހަރުގެ ކުދިންވެސް ތިއްބެވެ.

އަދި އެކަން ފަޅާއަރާ ހިސާބުން، އެ ހުރިހާ ކަމެއްގެ އިލްޒާމް އަޅުވަނީ ދަރިންގެ ބޮލުގައިކަންވެސް ހާމަވެއެވެ.

އެ ގައުމަށް ދިޔަ ބީބީސީގެ ޕްރެޒެންޓަރު ބުނީ، މަންމައަކު، އެ މީހުންގެ ދަރިން ވެބްކެމް މެދުވެރިކޮށްވެސް، ޖިންސީ އަމަލު ހިންގުވާކަމަށެވެ.

އަދި ބައެއް ކުދިން އެހެން ތަންތަނަށް ފޮނުވައިގެންވެސް އެ ކުދިން ވިއްކާ ހަދާކަމަށް ވެއެވެ. ބައެއް މީހުން އެމީހުންގެ ގައުމު ދޫކޮށް، އެހެން ގައުމުތަކަށްވެސް އެ ބޭނުމުގައި މަންމަމެން ފޮނުވާލާކަމަށް ވެއެވެ.

ސްޓާސީ އާއި އޭގެ އިތުރުން، އަންޑަކަވާ ހޯމްލޭންޑް އެޖެންޓެއްކަމަށްވާ މައިކްއާ އެއްކޮށް ހިންގި އޮޕަރޭޝަނެއްގައި މިކަން ކުރުމުގައި އުޅޭ އެއްބަނޑު ދެ އަންހެނަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މައިކް އަކީ އެ ދެ އަންހެނުން ކުރާ މި މަސައްކަތް ވަރަށް ގާތުން ދެ އަހަރުވަންދެން ބަލަމުން ދިޔަ މީހެކެވެ.

ސްޓާސީ ބުނިގޮތުގައި، މި ހުރިހާ ކަމެއް މަންމައިން ދަރިންލައްވާ ކުރުވައި، އެހެން ނަމަވެސް އެކަން ދަރިންގެ ބޮލުގައި އެމީހުން އަޅުވާތީ ހައިރާންވާވަރުވެއެވެ.

ސްޓާސީ ބުނިގޮތުގައި، މި އޮޕަރޭޝަން ކާމިޔާބުވެ އެ މީހުންގެ ދަރިންނަށް މިހާރު ރައްކާތެރި ދިރިއުޅުމެއް ލިބިފައިވާކަމަށެވެ. ނަމަވެސް ހިތާމައަކީ އެ ކުދިންގެ މަންމައާ ވަކިން އެ ކުދިން އުޅެން ޖެހުމުން ކަމަށް ވެއެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ސިއްރުން މީހުން ކުރާކަންކަން ޖާސޫސްކޮށްގެން ހޯދުމަކީ ދީނުގައި މަނާކަމެއް.. ތިކަމުގެ ސަބަބުން ފާހިޝްކަންކަން އާއްމުވާނެ... ފެންނަކަމަކަށް ނޫނީ އަދަބު ދޭކަށް ނުވާނެ.. އެހެންނޫނީ ހުރިހާ އިންސާނުން ޖެހޭނީ ޖަލަށްގޮސް މާރާމާރީ ހިންގައި މުޅި ތަން ފަސާދަވާން....