ތަފާތު ގޮތަކަށް ޕްރޮޕޯސް ކުރުމަށް ނުވަތަ ލޯބި ހުށަހެޅުމަށް އެންމެންވެސް ބޭނުންވެއެވެ. މި ކުޑަކުޑަ ރާއްޖޭގައިވެސް މިކަން ހިނގަނީ މިގޮތަށެވެ.

ބައެއް ފަހަރު ލޯބިވެރިޔާއަށް ނޭގި ކުރާ ޕްރޮޕޯސްތަކަށް އެންމެ ބޭނުންވާ ޖަވާބު ނުލިބޭ ފަހަރުވެސް އާދެއެވެ. އެހެން ނަމަވެސް ހިތުގައި އޮންނަ ޔަޤީންކަމެއްގެ ބޮޑުކަމުން ތަފާތު ކަންތައްތައްވެސް ކުރަނީއެވެ.

މިއީ ވަރަށްވެސް ތަފާތު ގޮތަކަށް ޕްރޮޕޯސަލްގެ ކަންކަން ރޭވި ދެ ލޯބިވެރިންނެވެ. ބޭނުންވީ މީގެ ކުރިން ބަޔަކު އެކަން ނުކުރާފަދަ ގޮތަކަށް ކައިވެންޏަށް ހުށަހަޅާށެވެ. އެއީ ނަގޫރޯޅިއެއްގެ ކުރިމަތީގައި ޕްރޮޕޯސް ކުރުމަށެވެ. ނަސީބު ދިމާކުރިގޮތުން އެ މީހުން ބޭނުންވި ގޮތަށް ވެއްޖެއެވެ.

އެލެކްސް އަކީ ޓެކްސަސްއަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ވަރަށް ގިނައިން ލައިވްކޮށް ތޫފާން ބަލާ ހިތުން އޭގެ ފަހަތުން ވަރަށް ގިނައިން ދުއްވާ މީހެއްކަމަށް ވެއެވެ. އެގޮތުން އެލެކްސް ވަނީ އޭނާގެ ލޯބިވެރިޔާ ބްރިޓްނީ ފޮކްސް ކޭޓަން ކައިރިން އޭނާއާއެކު ތޫފާން ބެލުމަށް ދާން އެދިފައެވެ.

އެލެކްސް ބުނީ، އޭނާ ބޭނުންވީ އޭނާ އެންމެ ކުރަން ބޭނުންވާ އެއް ކަންތައްކަމަށްވާ ތޫފާން ބެލުމާއެކު، އޭނާގެ ލޯބިވެރިޔާ ކައިރިން ކައިވެންޏަށް އެތަނުގައި އެހުމަށެވެ.

ބްރްޓިނީ ބުނިގޮތުގައި، އޭނާއަށް އެކަންވެފައި ވަނީ ވަރަށް ބޮޑަށް ސިހުން ގެނުވިކަމަކަށެވެ. އަދި އޭނާއަށް އަނގައިގެން އާ އެކޭ ނުބުނެވި ބޮލުގެ ހަރަކާތަކުން އާނއެކޭކަން ދެއްކުވީ ރޮވެން ކައިރިވެފައި ހުރިވަރުން ކަމަށް އޭނާ ބުންޏެވެ.

މި މަންޒަރު ފެންނަ ފޮޓޯ ނެގި ޖޭސަން ބުނިގޮތުގައި، އޭނާ ބޭނުންވީ އެ ތޫފާން އެ މީހުންގެ ދޭތެރެއަށް ވާގޮތަށް ފޮޓޯނެގުމަށެވެ. އެލެކްސް ބުނީ، އެ ފޮޓޯތައް އޭނާ ބޭނުންވި ވަރަށްވުރެއްވެސް ރީތި ކަމަށެވެ.

ADS BY SHEESHA

މި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެތައް ބައެއްގެ ސަމާލުކަން ވަނީ ފޮޓޯއަށް ލިބިގެންގޮސްފައެވެ.

2 ކޮމެންޓް

  1. ކަނބުރުބެ

    ޙަހަހާ މިހުރީ މިގައުމުގެ ގިނަޒުވާނުންގެ ހާލަތު ހުންނަގޮތް ދެން މިމީހުންނަށް ތަންތަނުން ވަޒީފާތަކާ އެތްޗެހި ދިނީމަ ވާނެގޮތް ވިސްނާލާ ގިނަފަހަށް ބޮއެގެންވާނުވާނޭގެނީ

  2. ެެހެއްވައި ގުގޫ

    ގަބޫލު ނުކުރެވެ