ބަލިމީހެއްގެ އަތުން ފޭރިގަނެ އަނިޔާކުރި މީހަކަށް ނޭގުމެއްގެތެރޭގައި "އޮޅިގެން" ފުލުހުންނަށް ގުޅިއްޖެއެވެ.

ކެންސަރު ބަލި ޖެހިފައިވާ މީހެއްގެ އަތުން ފޭރިގަތުމަށްފަހު އޭނާގެ ގައިގަ ތެޅި މި "ވަގު" ފުލުހުން ހޯދާފައި ވަނީ އޭނާ އަށް އޮޅިގެން ފުލުހުންނަށް ގުޅުމުންނެވެ.

ޖޭސަން ނަމަކަށް ކިޔާ މި މީހާ އާއި އިތުރު މީހަކު 73 އަހަރުގެ ކެންސަރު ޖެހިފައިވާ މީހާގެ ގެއަށް ވަދެފައި ވަނީ ދޮރު ފަޅާލައިގެންނެވެ.

އެ ދެ މީހުން ވަނީ އެ މުސްކުޅި މީހާގެ ގައިގައި އެތައް ފަހަރެއްގެމަތިން ތަޅައި އަނިޔާ ކޮށްފައެވެ. އަދި 2300 ޕައުންޑު ފޭރިގަތުމަށްފަހު ވަނީ ފިލާފައެވެ.

ނަމަވެސް ފުލުހުން ވަނީ ޖޭސަންގެ ފޯނު ޓްރޭސްކޮށް ޑޯޓުޑޯ އިންވެސްޓިގޭޝަނެއް ފަށާފައެވެ. ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރު ކޮށް ފޭރުމުގެ މައްސަލައިގަ ޖަލަށްލާފައެވެ.

ޖޭސަން އަތުލައިގަނެވުނު ނަމަވެސް ހަމަލާދިން ދެވަނަ މީހާ އަދި ދެނެގެނެވޭ ގޮތް ވަނީ ނުވެފައެވެ. ޖޭސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފާސްކުރިއިރު، އޭނާގެ ވޮލެޓުން 1800 ޕައުންޑު ވަނީ ފެނިފައެވެ. އަދި ދެވަނަ މީހާ ވަގަށް ނެގި އަދަދެއް އެނގިފައެއް ނުވެއެވެ.

ADS BY SHEESHA

"ފޭރެމުންދިޔަ ވަގުތު މުސްކުޅި މީހާގެ ފޯނުން އޮޅިގެން ވަނީ އެމަޖެންސީ ކޯލެއް ފުލުހުންނަށް ކުރެވިފަ، އޭގެ އެނގުނު ގޮތުގައި ފޭރުމުގެ ވަގުތު ނުވަ މިނެޓަށް ދިގު ދެމިގެން ދިޔަ، އެ ރެކޯޑިންގައި އެ މީހުން އޭނާ ކައިރީގައި ފައިސާ ދިނުމަށް ބުނަމުން ދިޔަ،" ފުލުހުން ބުންޏެވެ.

ADS BY ASTERS

Comments are closed.