ފެޝަންގެ ދުނިޔެއަކީ ތަފާތު ދުނިޔެއެކެވެ. ކޮންމެ ފަދަ ކަމެއްވެސް ފަހުގެ ޓްރެންޑަކަށް ބަދަލުވެ އެތައްބަޔަކަށް ކަމުގޮސްދާނެކަން، ވީދާފައި ހުންނަ ޖީންސުން ފެށިގެން ޗަކައިން ފުރިފައިވާ ޖީންސާއި ހަމައަށް ވަނީ ސާބިތުވެގެން ގޮސްފައެވެ. މިއީ ޖީންސުގެ ފެޝަނަށް އިތުރުވި އެފަދަ ބޮޅެކެވެ.

އެގޮތުން "ވައި ޕްރޮޖެކްޓް" އިން އުފެއްދި މި ޖީންސަކީ ބޭނުން ނަމަ ސޯޓަކަށް ބަދަލުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޖީންސެކެވެ. "ކަޓްއައުޓް ޓްރާންސްފޯމާ ކޮޓަން ޑެނިއަމް ޖީން"ގެ ނަން ދީފައިވާ މި ޖީންސް މިހާރު ބާޒާރުގައި ވިއްކަން ފަށާފައިވާއިރު ކަޅާއި ނޫ، އަދި ހުދުކުލައިން ތައްޔާރު ކުރެވިފައި ވެއެވެ.

އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ މި އާ ޖީންސަކީ ބަލާބެލުމަށް އާދައިގެ، އެހެން ނަމަވެސް ތަފާތު ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ޖީންސެއް ނަމަވެސް އޭގެ އަގު އެހެން ޖީންސްތަކާއި ހިލާފަށް ބޮޑެވެ. އެމެރިކާއިން މި ޖީންސް ވިއްކާ އަގަކީ 444 ޑޮލަރެވެ.

މި ޖީންސް އުފެއްދި ކުންފުނިން ދާދިފަހުން ވަނީ ޕްލާސްޓިކް ބޭނުންކޮށްގެންވެސް ތަފާތު ޖީންސެއް ފަރުމާކޮށް ވިއްކާފައެވެ. 100 އެމެރިކާ ޑޮލަރަށް ވިއްކަން ބާޒާރަށް ނެރުނު ހުރިހައި ޖީންސެއް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނާގޮތުގައި، އެފަރާތުން ބޭނުންވަނީ ތަފާތު އެހެން ނަމަވެސް ގިނަ ބަޔަކު ބޭނުންވާނެފަދަ އުފެއްދުންތައް ބާޒާރަށް ނެރުމަށެވެ. އެގޮތުން ފަހަކަށް އައިސް ނެރެމުންދާ ތަފާތު އުފެއްދުންތަކުގެ ސަބަބުން ކުންފުނީގެ ވެބްސައިޓަށް ވަންނަ މީހުންގެ އަދަދު އިތުރުވެފައިވުމީ ލިބުނު ކުރިއެރުމެއްކަން އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނާގޮތުގައި، ކުރިޔަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް ކަމުދާނެ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ދެން ފެނިގެންދާނީ ކޮންކަހަލަ ޖީންސެއްތޯ ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އަނެއް ބަޔަކު ދަނީ އެފަދަ އުފެއްދުންތަކަށް ވަރަށް ބޮޑަށް މަލާމާތް ރައްދުކުރަމުންނެވެ.

3 ކޮމެންޓް

  1. ވަރަށް ހުތުރު

  2. ދިވެހި ދަރި

    މިރާއްޖޭގައި އުޅޭ ބުރުގާ އަޅާ ކުދިން ލާނެތޯއްޗެއް މިވެސް. އަދި ތިރީގައި ތިހެރެ ބިއްލޫރި ޖީންސް ނުލައިފިއްޔާ ރަނގަޅު. ޢޭރުންވެސް ބުނާނެ އެއްޗެއް ލައިގެންނޭ މިހިތީ އޮރިޔާމަކުން ނޫނޭ.

  3. ސިނޮނީމްސް

    ސޯޓަކަށްވުރެ ބޮޑަށް ވައްތަރީ ޖަނގިޔަލަކާ!