އެއީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. އާދައިގެ މަތިން ނޫސްވެރިޔާ ހީނާ ވަލީދު މަސައްކަތުގައި ޝާމިލްވާން އޮތް ދުވަހެކެވެ. ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. އޮފީހަށް ގޮސް މާބޮޑު މަސައްކަތެއްގައި އުޅެން ޖެހިދާނެއޭ ހިތަށްވެސް ނާރައެވެ. ނަމަވެސް ހާލަތު ބަދަލުވާން ގިނައިރުތަކެއް ނުނެގިއެވެ. ލިބުނު ފޯން ކޯލަކާއިއެކު ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީއެވެ. އެ ދުވަހުގެ ހެނދުނު 9:30 ހާއިރު ބިންދާލި ރާޅާއެކު ހީނާވެސް ވަރަށް ބިޒީވިއެވެ. ރޭގަނޑު ނުނިދައެވެ. ކަވަރޭޖްގައި ވަރަށް ބިޒީ ވިއެވެ. ފުރަތަމަ އެއްވެސް ވަރަކަށް އެއީ ސުނާމީއެއް ކަމަށް ނޭނގެއެވެ. އެގޮތަށް އަޑުއިވިފައެއްވެސް ނުވެއެވެ.

މިހާރު ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ހީނާ ވިދާޅުވީ، ސުނާމީ އައިވަގުތު އެއިރު އޭނާ ހުންނެވީ ގޭގައި ކަމަށެވެ. "އަޅުގަނޑު ގޭގައި ހުއްޓާ ގުޅާފައި ބުނީ ބޮޑު ރާޅުއަރައިގެންނޭ މި އުޅެނީ، ކަވަރޭޖްތަކެއް ނަގަން އެބަ ޖެހެއޭ އަވަހަށް އައިސްދެވިދާނެހޭ،" 17 އަހަރު ކުރީގެ ހަނދާންތައް އާކުރައްވަމުން ހީނާ ވިދާޅުވިއެވެ.

އޭނާ ގެއިން ނުކުތީ އަވަހަށް އޮފީހަށް ދިއުމަށެވެ. ބޮޑުކަމެއް ލައިގެން އުޅޭކަން އެނގުމުންނެވެ. ކަވަރޭޖް ފަށަން ޖެހޭ ކަން އެނގުމުންނެވެ. އެހެން ނަމަވެސް އޭނާ އޮފީހަށް ދާން ކުރި ދަތުރަށް ހުރަހަކަށްވީ އެ ކާރިސާއެވެ. ހީނާ ވިދާޅުވީ، އޭނާ ގެއިން ނުކުތްއިރު ބުރުޒު މަގުގައި އެއްކޮށް އޮތީ ފެން ކަމަށެވެ. ކަކުލާއި ހަމައަށް އޭރު އޮތީ ފެން ބޮޑުވެފައެވެ.

"ދެން އެއިރު ހީކުރީ ބޮޑު ރާޅު އަރައިގެން އުޅެނީ ކަމަށް، ނޭނގުނު ވީގޮތެއް. ދެން އޮފީހަށް ދިޔައީ. އޮފީހަށް ދިޔައިރުވެސް މި ވަނީ ކީއްކަމެއް ނޭނގުނު. ދެން އޮފީސް ގޯތި ތެރޭގައިވެސް ވަރަށް ފެން އޮތް. ދެން އެހިސާބުން އެކި ދިމަދިމާލުން ހަބަރުތައް އަންނަން ފަށައިފި،" ހީނާ ވިދާޅުވިއެވެ.

ސުނާމީގެ ވާހަކަތައް ކިޔާދިން ނޫސްވެރިޔާ ހީނާ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހީނާ ވިދާޅުވީ، އެއިރު ޓީވީއެމްއިން ސުނާމީއާ ގުޅުން ހުރި ލައިވް ކަވަރޭޖް ފެށީ 10:30 ހާއިރު ކަމަށެވެ. އެ ކަވަރޭޖަށް އެރީ ހީނާއާއެކު ޝަކީއްބެއެވެ. އޭނާއާއި ޓީވީއެމް މުވައްޒަފުން ހިމެނޭހެން ގިނަބަޔަކު އެރޭ 20:00 ވަންދެން ލައިވް ކަވަރޭޖް ކުރިއަށް ގެންދިޔައެވެ.

"އެއިރު އަޅުގަނޑުމެން ލައިވް ކަވަރޭޖް ފެށިފަހުން ރައީސް އޮފީހުން މި އެންގީ އަރައިގެން އުޅެނީ ބޮޑުރާޅު ނޫން ކަމާއި، އިންޑޮނޭޝިއާއަށް އައި ބިންހެލުމަކާއި ގުޅިގެން އައި ސުނާމީ އެއް ކަމަށް، ދެން އެ ހިސާބުން އެކަމާއި ގުޅޭ މީހުން ގެނެސްގެން ޓީވީ މެދުވެރިކޮށް މައުލުމާތު ދޭން ފެށީ،" ހީނާ ވިދާޅުވިއެވެ.

އެ މައުލޫމާތުތަކާއެކު، ހީނާ އާއި ޓީމުން މަސައްކަތް ފެށީ އާއްމުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެހެން ނަމަވެސް އެއިރު ބައެއް ރަށްރަށާއި ގުޅުންތައް ކެނޑިފައި ހުރުމުން މައުލުމާތުތައް ހޯދަން އުނދަގޫ ވިއެވެ. ރާއްޖެ ތެރޭގެ ރަށްރަށާއި، ގުޅުން ކެނޑިފައި އޮތުމުން، ވާނުވާވެސް ނޭނގޭ ކަމަށް ހީނާ ވިދާޅުވިއެވެ.

"ވަރަށް އުނދަގުލުން އެކި އެކި މައުލޫތޫތައް ހޯދީ. ގަޑިތައް ދާ ވަރަކަށް އެ ޑެވަސްޓޭޝަންގެ ބޮޑުކަން އެނގިގެން ދިޔައީ. ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ވީ ފުރަތަމަ ފަހަރަށް އެކަހަލަ ކަމެއް ދިމާވީމަ. އަޅުގަނޑުމެންވެސް ތިބީ ވަރަށް ބޮޑަށް ހިތްނުވަތަނަސް ވެފައި،" ހީނާ ވިދާޅުވިއެވެ.

ސުނާމީގެ ހަނދާންތައް އަދިވެސް ދިވެހިން ކުރޭ - ފޮޓޯ މީސް މީޑިއާ

އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ގެއްލި، ސަލާމަތަށް އެދި މީހުން ކުރި އާދޭހުގެ ވާހަކަ ޢާންމުން ކިޔައިދޭއިރު އެ ވާހަކަތައް އަޑުއެހުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. އެ ބިރުވެރި ހާދިސާ ސިފަކޮށްދޭ މީހުންގެ ލޮލުން އޮހޮރޭ ކަރުނައާއި އެއްވަރަށް އެވާހަކަތައް އަޑުއިވޭ މީހަކަށްވެސް އަސަރު ކުރާނެއެވެ. ނަމަވެސް ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތަކީ އެ ދަނޑިވަޅަށް ކިހައި މުޙިންމު މަސްއޫލިއްޔަތެއްކަން ތަސައްވުރު ކުރެވޭތީ ހީނާވެސް ހުންނެވީ ވަރަށް ހިތްވަރު ކޮށްގެންނެވެ.

"ހިތައްވެސް ބަޔާން ކުރަން އުނދަގޫ ވަގުތުތަކެއް އެއީ ހިތްހަމަ އަވަސް އަވަހަށް ތެޅި ތެޅި ތިބެނީ ސްޓޫޑިއޯގައި ތިބޭއިރުވެސް،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އެރޭ 12:00 ގައިވެސް ސުނާމީ، ރާޅު އަރާފާނެ ކަމަށް ތައްޔާރަށް ތިބި ކަމަށެވެ.

"އެރޭ 8:00 ގައި ބްރޭކެއް ނަގާފައި އަނެއްކާވެސް 11:00 ޖެހިހާއިރު އަޅުގަނޑު ފެށީ ލައިވް ކަވަރޭޖް، ދެން ހެނދުނު އިރު އަރަންދެން ލައިވްގައި ހުރިން، ފަހުން ހުރީ އެކަނި" ހީނާ ވިދާޅުވިއެވެ.

އޭގެ ފަހުން މަސައްކަތްތައް ކުރިއަށްގެންދިޔައީ ޓީމްތަކަކަށް ބަހާލައިގެންނެވެ. ޝެޑިއުލްކޮށްގެން 24 ގަޑިއިރު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ހީނާވެސް ބައެއް ރަށްރަށަށް ދިޔައެވެ. އެވަގުތުތަކުގައިވެސް އޭނާއަށް ލައްކަ ކަންކަން ދަސްވިއެވެ. މީހުންގެ ދިރިއުޅުމުގެ އެއިރުގެ ހާލަތު އެނގިގެން ދިޔައެވެ.

"މ އަތޮޅުގެ ރަށްރަށަށްވެސް ދިޔައިން، ދިއްގަރު ކަހަލަ ރަށްރަށަށް އަރާލިއިރު ލިބިފައި ހުރި ގެއްލުންތައް ބަޔާން ކުރަންވެސް ދަތި، މީހުން ވަރަށް ރޮއެފައި އެ ވާހަކަތައް ހިއްސާ ކުރަނީ، ހަޔާތުގައިވެސް މިކަހަލަ ދުވަސްތަކެއް ހިއެއް ނުވޭ އަންނާނެ ހެން. އެހާވެސް ހިތައް އަސަރު ކުރި ވަރަށް އުނދަގޫ ދުވަސްތަކެއް،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އޭނާ ލައިވް ކަވަރޭޖްގައި އިންއިރުވެސް ވަރަށް ހިތައް އުނދަގޫވާ ކަހަލަ ދުވަސްތަކެއް އައި ކަމަށެވެ. މީހުންގެ ރުއިމާއި، ކުދިން ގެއްލިގެންނާއި، އާއިލާ މީހުން ގެއްލިގެން މީހުން އަސަރާއެކު އެ ދައްކާ ވާހަކަތަކުން ހިތައް ވަރަށް ބަޔާންކުރަން ދަތި ހިތާމަވެރި އިހްސާސްތަކެއް އަބަދުވެސް ވެރިވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެވާހަކަތައް ދައްކަމުންދިޔައިރު، ވަރަށް ހިފަހައްޓާލަން އުނދަގޫ ހަމަ. އެކަމަކު ޕްރެޒެންޓް ކުރަން ހުންނަ މީހާއަކީ، ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި، އިމޯޝަންސް ހިފަހައްޓަން ޖެހޭ މީހެއް، އެހެންވީމަ ވީހާވެސް ބޮޑަކަށް އެ އިމޯޝަންސް ނުދައްކާ، އެކަމަކު ހުރިހާ އެންމެންގެވެސް މޫނުމަތި ހުންނާނީ މިލާ މޯޅިވެފައި. ނުރުއި ކަމުގައިވިޔަސް އަޅުގަނޑުމެންގެ ލޮލުން ކަރުނަ އާދޭ އެ ވާހަކަތައް އަޑުއަހާފައި. ވަރަށް ކޮންޓްރޯލްކޮށްގެން ތިބެނީ. އެކަމަކު ވަރަށް އުނދަގޫ އެކަހަލަ ވާހަކަތައް އަޑުއިވުނީމަ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ސުނާމީ ކަވަރޭޖްގެ މަސައްކަތަކީ ވަރަށް ބޮޑު ޓީމްވޯކެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައި ތިބި ހުރިހާ އެންމެންގެ މަސައްކަތްތައް ފާހަގަކޮށްފައެވެ. އޭނާ ވަނީ ޓީވީ ކުރިމަތިން ފެނުނު މީހުންގެ އިތުރުން، ޓީވީ ފަހަތުގައި މަސައްކަތް ކުރި އެތައް ބައެއްގެ މަސައްކަތްތައް ފާހަގަކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު ހީނާ

ސުނާމީ ރާއްޖެއަށް ކުރިމަތިލާން ޖެހުނީ ވަރަށް ހާލާތު ދަށް ދުވަސްވަރެއްގައި ނަމަވެސް، މަސައްކަތުގައި އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ކަވަރޭޖް ވަރަށް ރަނގަޅަށް ގެންދެވުނުކަމަށް ހީނާ ވިދާޅުވިއެވެ.

"އެއިރުގެ އެ ހުރި ވަސީލަތްތަކާއި އެކު ހިއުމަން ރިސޯސް ބޭނުންކޮށްގެން އެންމެ ފުރިހަމައަށް އެ ކަވަރޭޖް ގެންދެވުނު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހީނާ ވިދާޅުވިއެވެ.

ސުނާމީގެ ކާރިސާ ވެގެން ދިޔައީ، މިހާރު ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާ ހުރި ގިނަ ބޭފުޅުންނަށް ދާއިރާއަށް ވަރަށް ބޮޑަށް ލޯ ހުޅުވައިދިން ހާދިސާއަކަށެވެ. އަދި އެއީ ދާއިރާގެ ގިނަ ބަޔަކަށް ކުރިމަތިވި އިމްތިޙާނެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްޑޫ ޝަކުވާ ބޯޓު

    ޢާޗާ...... ސަބަހޭ ރި އާން
    ... އަން ގަބޫލަބަލް... ވ މޮޅު ލި އުމެ އް.... ހަމަ އ އެއ އްވަނަ..... ވ އުފާވެ އްޖެ

    14
    10
  2. އައްޑޫ ޝަކުވާ ބޯޓު

    ދެން ފަހަރަކުން މި އަށްވުރެ ނިންމުން ރަނގަޅު ކޮށްލާ.!
    ކީޕް އިޓް އަޕް.

    16
    5
  3. ފޭކް

    ދިއްގަރު ވާހަކަ ގެނެއްސައެއީ އަދިވެސް ކުރިމަތިލާން ވިސްނަނީތަ ދިއްގަރު ދާއިރާ މީހުން ބުނަނީ ނޯ އެ

    11
    22
  4. Anonymous

    ހީނާ އަކީ ނަމޫނާ ކަނބަލެއް.
    ދޫހެލޭ ކުޅަދާނަ ބޭކަނބަލެއް.
    ވ. ޚިދުމަތްތެރި.
    އަދިވެސް އިތުރު ކުރިއެރުން މިންވަރު ކުރައްވާށި އާމީން

    31
    8
  5. ސަލާމްބެ

    ތިޔަ މަސައްކަތަށް ވ ބޮދަށް ޝުކުރުއްޔާއެވެ. އެހެން ނަމަވެސް ވިސްނަންވީ ޙަޤީޤަތަކީ ސުނާމީ އަކީ ޤިޔާމަތުގެ ބިރުވެރިކަމާއި ބަލާފައި ހަމަ ޒީރޯ ކަމެވެ. ކަށްވަޅުގެ ބިރުވެރިކަމާއި ނަރަކައިގެ ބިރުވެރިކަމާ އަޅާކިޔާއިރު ހަމަ ޒީރޯކަމެވެ. ކަން މިހެން އޮތްއިރު ކީރިތި ޤުރްއާނާއި ދީނީ ޢިލްމުވެރިންގެ ވާހަކަފުޅުތަކުން އަހަރެމެންނަށް އެނގިގެންދާ ހަޤީޤަތަކީ މުސްލިމް އަންހެނުންގެ ގެ މޫނާ ދެއަތްތިލަނޫންހާ ތަނެއް ނިވާކުރަންޖެހޭނެކަމެވެ. ނަމަވެސް ހީނާމެންފަދަ ބައެއް އުޚުތުންނަށް މިފަދަ އިލާހީ އަމުރުފުޅަކީ އެއްވެސް އެއްޗަކަށް ނުވެއެވެ. މަރުއައިސް ބައްދަލުކުރާނީ ކޮންތާކު ކޮންވަގުތެއްގައި ކޮން ކަމެއްގެ ތެރޭގައި އުޅެނިކޮށްކަމެއް ނޭނގެއެވެ. އެހެންކަމުން މިފަދަ ކަންކަމާ މެދު ވިސްނާލުން ހާދަހާވާ ބޭނުންބޮޑެވެ. އެއީ ސުނާމީވެސް އަހަރެމެންނަށް ފޮނުއްވީ އިންޒާރެއްގެ ގޮތުން، މުޅި ކާއިނާތުގެ ވެރި އިލާހެވެ. މާދަމާ ތިބާވެސް އަދި އަހަރެންވެސް ފަސްދަށުލުމާއެކު ބިރުވެރިވެރިކަން ފެށޭނެތީއެވެ. އެތާކު ދޮންރީތިކަމަކަށް ބެލުމެއްނުވެއެވެ. ހެޔޮ ޢަމަލުކޮށްފިނަމަ ކަށްވަޅު އަލިވެ ތަނަވަސްވާނެކަން އެނގެއެވެ. މިއީ އަހަރެން އަހަރެންގެ އަނމިލް ނަފުސަށާއި އެހެން މުސްލިމުތަކުންނަށް ބުނި ހެޔޮބަހެއްކަމުގައި ޤަބޫލުކުރައްވާނެކަމަށް އުއްމީދު ކުރަމެވެ.

    21
    1
  6. ޑައިވަރޭ

    ސުނާމީގެ ނަން ދެއްވީ މައުމޫނުއޭ ޕްރެޒެންޓަރު ހީނާ ވިދާޅުވީ އޮޅިގެން ދޯ؟

    3
    2
  7. މެންބަރުން

    ހީނާ ވަރައް ލޯބި އަދިވެސް ، އަޑު އެހިން ހުސްހަށިބައިކޮއް ހުރިމަކައް