ސެމްސަންގް އިން އުފައްދާފައިވާ ފޯލްޑަބަލް ޓެބްލެޓަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ފޯލްޑަބަލް ޓެބްލެޓެވެ.
ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް ޓެބް ނެރޭނެ ތާރީހު ސެމްސަންގް އިން މިހާރު އިއުލާން ކޮށްފައިވާއިރު ޓެކް ކުންފުނިތަކުގެ މެދުގައި މި އުފެއްދުން ބޮޑު ޖެލެންޖަކަށް ވާނެކަން ޔަގީނެވެ.
ފޯލްޑަބަލް ފޯނު އެންމެ ފުރަތަމަ އުފެއްދި ކުންފުންޏަށް ސެމްސަންގް ވާއިރު އެ ކުންފުނިން މިހާތަނަށް ފޯލްޑަބަލް ތިން ފޯނެއް ވަނީ އުފައްދައިފައެވެ. އެއީ ގެލެކްސްސީ ޒެޑް ފޮލްޑް 3، ގެލެކްސްސީ ޒެޑް ފްލިޕް 3 އަދި ގެލެކްސީ ޒެޑް ފްލިޕް ލައިޓްއެވެ. އެ ކުންފުނިން އެންމެ ފަހުން ނެރުނު ފޯލްޑަބަލް ޓެބްލެޓަކީ ފޯނުތަކާއި ވަރަށް ތަފާތު ޓެބްލެޓެކެވެ.
ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނާ ގޮތުގައި ސެމްސަންގް ފޯޑަބަލް ޓެބްލެޓްއަކީ ގެލެކްސީ ޓެބް އެސް7 ޕްލަސް އަށްވުރެ މޮޅު ޓެބްލެޓަލަށް ވާނެއެވެ. މި ޓެބްލެޓް ހުންނާނެ ކަމަށް ބެލެވޭ ގޮތުގެ ފޮޓޯތަކެއްވެސް ބައެއް ފަރާތްތަކުން ނެރެފައިވާ އިރު އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޓެބްލެޓް ތިން ބަޔަށް ފަތް ޖެހެއެވެ.
އަލަށް ނެރޭ މި ޓެބްލެޓަކީ ޓެބްލެޓްތަކުގެ ތެރެއިން މަގުބޫލުކަން ހޯދާނެ ޓެބްލެޓެއް ކަމުގައި ބައެއް ފަރާތްތަކުން ބުނަމުންދާ އިރު މި ޓެބްލެޓުގެ އަގު އަދި ހާމައެއް ނުކުރެއެވެ. ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ މި ޓެބްލެޓަކީ މިފަދަ ފުރަތަމަ ޓެބްލެޓަށް ވެފައި ޓެބްލެޓްގެ ފީޗާސްތައް ފުރިހަމަވުމާއެކު ޓެބްލެޓްގެ އަގު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ގެލެކްސީ ފޯޑަބަލް ޓެބްލެޓް ނެރޭނެ ކަމަށް ބެލެވޭ ތާރީހެއްގެ ގޮތުގައި ޓެކް ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނީ 2022 ގެ ކުރީކޮޅެވެ. އަދި މި ޓެބްލެޓް ނެރޭނެ ތާރީހު އަންނަ އަހަރުގެ ޖަނަވަރީ މަހާއި މާރިޗު މަހާއި ދެމެދުގެ ތާރީހަކަށްވެސް ވެދާނެއެވެ.
އަންނި ފަތްޖަހާލަބަލަ އަޅެ ޕުލީޒް.