ބޭނުންވާނެ ތަކެތި

1 ޕެކެޓް ޕާސްތާ 8 ޗިކަން ސޮސެޖް (ކައްޗަށް ކޮށާފަ) 1 ޖޯޑު ޓޮމާޓޯ ޕޭސްޓް 1 ގިތެޔޮ މިރުސް 1 ފިޔާ 3 ސައިސަމުސާ ލޮނު 4 ޖޯޑު ފެން 4 ލޮނުމެދު 1 ސައިސަމުސަލުގެ އަސޭމިރުސް އޮލިވް އޮއިލް / ވެޖިޓަބްލް އޮއިލް 1 ލީކްސް (ކުދިކޮށް ކޮށާފަ) 2 ކެޕްސިކަމް (ކުދިކޮށް ކޮށާފައި) ½ ޖޯޑު ޗެޑަރ ޗީޒް (ކުދިކޮށް ކޮށާފައި) ހިކަނދިފަތް

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގެ ތެރެއަށް 4 ޖޯޑު ފެނާއި ލޮނުކޮޅެއް އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ފެންގަނޑު ހޫނުވުމުން އޭގެ ތެރެއަށް ޕާސްތާކޮޅު އަޅާށެވެ. ދެން އޭގެ ތެރެއަށް 2 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލް/ވެޖިޓަލް އޮއިލް ފޮދެއް އަޅާށެވެ. ގާތްގަނޑަކަށް 15 މިނިޓެއްހާއިރު ކައްކާލުމުން ޕާސްތާތައް މަޑުވާނެއެވެ. ޕާސްތާ ކެކުމުން ފެންގަނޑު އުކާލުމަށްފަހު ވަކިން ތައްޓަކަށް ކެކިފައި ހުރި ޕާސްތާކޮޅު އަޅާފައި ބަހައްޓާށެވެ.

ފިޔާ، މިރުސް، ލީކްސް، ކެޕްސިކަމް، ލޮނުމެދު އަދި ހިނކަދިފަތްކޮޅު ރަނގަޅަށް ކުދިކޮށް ކޮށާލުމަށްފަހު ތަވައެއްގެ ތެރެއަށް 2 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލް އަޅާށެވެ. ދެން ތެޔޮފޮދު ހޫނުވުމުން ކޮށާފަހުރި ހުރިހާއެއްޗެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ފިޔާކޮޅު މޯޅިވުމުން ކޮށާފަ ހުރި ސޮސެޖްކޮޅު އަޅާށެވެ. އަދި ޓޮމާޓޯ ސޯސައާއި އަސޭމިރުސް ކޮޅުވެސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އަސޭމިރުކޮޅު އެޅުއްވުމަށްފަހު 8 މިނެޓްވަރު ވަންދެން މަތިޖަހައިގެން ކައްކާށެވެ. ދެން އެއަށްފަހު ކައްކާފައި ހުރި ޕާސްތާގެ ތެރެއަށް ތައްޔާރުކު ކުރި ސޯސްގަނޑު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ މައްޗަށް ޗީޒްކޮޅު އަޅާށެވެ.