އިންޑިއާގެ ރައްޔިތަކު ސައިކަލުގައި އިރު ދެކުނު އޭޝިއާގެ ފަސް ގައުމު ހުރަސް ކުރަން ނިންމުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އުމުރުން 31 އަހަރުގެ އަބްހިމަންޔޫ ޗަކްރަވޯޓީ އިރު ދެކުނު އޭޝިއާގެ ފަސް ގައުމެއް ސައިކަލުގައި ހުރަސް ކުރަން ނިންމީ ސިންގަލް ޔޫސް ޕްލާސްޓިކް، ނުވަތަ އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

އިންޑިއާޓައިމްސް އަށް މައުލޫމާތު ދެމުން ޗަކްރަވޯޓީ ބުނީ އޭނާ މިކަން ކުރަން ބޭނުންވީ ޕްލާސްޓިކުން ލިބޭ ގެއްލުމާއި ބެހޭގޮތުން ފޭސްބުކުގައި އޮތް ޕޯސްޓެއް ފެނުމުން ކަމަށެވެ. އެ ޕޯސްޓުގައި ވަނީ ސްޕެއިންގެ ގޮނޑުދޮށަކަށް ލެއްގި މަރުވެފައި ބޮޑުމަހެއްގެ ބަނޑުތެރެއިން 29 ކިލޯގެ ޕްލާސްޓިކް ފެނުނު ވާހަކައެވެ. މީގެ އިތުރުން އަންހެނުންތަކެއް ޕްލާސްޓިކާއި ބެހޭގޮތުން ހޭލުންތެރިކަން ފަތުރަން ކުޑަ ބޯޓެއްގައި އެޓްލާންޓިކް ކަނޑު ހުރަސްކުރި ވާހަކަ އިވުމުން އިތުރަށް އޭނާާ ވެސް އެފަދަ ކަމެއް ކުރާ ހިތްވި ކަމަށް ޗަކްރަވޯޓީ ބުންޏެވެ.

އާދައިގެ މީހުންނަށް ވެސް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ގަބޫލު ކުރާ ޗަކްރަވޯޓީ އޭނާގެ ދަތުރު ފަށާނީ ކުރިއަށް އޮތް ސެޕްޓެމްބަރ މަހުއެވެ. އޭނާގެ ދަތުރުގައި އެކަނިމާއެކަނި ސައިކަލުގައި މިޔަންމާ، ލާއޯސް، ތައިލެންޑު، ކެމްބޯޑިއާ އަދި ނޭޕާލް ހުރަސް ކުރާނެއެވެ.

މި ދަތުރުގައި އެގައުމުތަކުުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު ޗަކްރަވޯޓީ އަންދާާޒާ ކުރާނެއެވެ. އަދި އިންޑިއާގައި ވޭސްޓް މެނޭޖްމެންޓް އޮންނަ ގޮތާއި ބެހޭގޮތުން އޭނާ ވޯލްޝޮޕްތައް ވެސް ބާއްވާނެއެވެ.

އިރު ދެކުުނު އޭޝިއާ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ޕްލާސްޓިކް ކުނި އެންްމެ ގިނައިން އުފައްދާ އެއް ސަރަހައްދުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަގަ

    ސައިކަލަކީ (ދުން) ތިމާވެއްޓާ ގެއްލުން ހުރި އެއްޗެއް ނ/ުން؟؟

  2. ގޮރޭޓް ރޭޕް އިންޑިޔާ

    ހުރަސް ކުރާ ކޮށްމެ ޤައުމަކުން އެއް ރޭޕުކުރާތި

  3. ސަހުލާ

    ނަސީބެއް އެެއްލަކިން ލައިސަންސް ނަގާފަ ނެތް މީހެއްކަން އެހެން ނަމަ މިރާެއްޖޭގަ މި އެކުސިޑެންޓް ހިންގާހެން އެކުސިޑެންޓް ހިންގާ މުޅި އިންދިޔާ ހުސްވެޖައީސް