ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އޭނާގެ އުފަންދުވަސް ދުބާއީގެ ބްރުޖް ޚަލީފާގައި ފާހަގަކޮށްފިއެވެ.

ބްރުޖް ޚަލީފާގައި ކައިޒީން އޭނާގެ އުފަންދުވަސް ފާހަގަ ކުރިއިރު އޭނާގެ މަންމަ ވެސް އުފަންދުވަސް ފާހަގަ ކުރުމުގައި ބައިވެރިވިއެވެ. ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރުމުގައި އޭނާގެ މަންމަގެ އިތުރުން އާއިލާގެ މެމްބަރުން ބައިވެރިވިއެވެ.

ކައިޒީން އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ބޮޑު ކޭކެއް ފަޅާފައެވެ. ކައިޒީންގެ އުފަން ދުވަހަށް އޭނާ ހުރީ ހާއްސަ އަރަބި ސްޓައިލެއްގެ ހެދުމެއްގައެވެ. އެއީ ޑިޒައިނާ ރިއްފަތު ފަހާފައިވާ ހެދުމެއް ކަމަށް ކައިޒީން ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by KAIZEEN (@kai_zeen)

އިންސްޓްގްރާމްގައި ކައިޒީން ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކަ ސައުވީސް ހާހަށް އަރައެވެ. އޭނާ އަކީ އެންމެ ގިނަ ފޮލޯވާސް ތިބި ދިވެހިންގެ ތެރެއިން އެކެކެވެ.

ކައިޒީންގެ އުފަންދުވަހުގެ ޕާޓީ ބޭއްވި ބްރުޖް ހަލީފާ އަކީ 2722 ފޫޓް އުސް، ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ މުޅި ދުނިޔެއަށް މަޝްހޫރު އިމާރާތެކެވެ. ކައިޒީންގެ ޕާޓީ ބޭއްވީ ބްރުޖް ހަލީފާގެ ކޮންތަނެއްގައި ކަމެއް ނޭނގެއެވެ. ނަމަވެސް ބްރުޖް ހަލީފާގައި ހުންނަ އެޓްމޮސްފިއާ ރެސްޓޯރެންޓްގައި ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާ އިންސްޓްގްރާމް ކޮށްފައި ވެއެވެ. އެރެސްޓޯރެންޓުން މޭޒެއް ރިޒާވް ކުރަން އެކަނި ވެސް 1400 ރުފިޔާ ދައްކަން ޖެހެއެވެ. ކާއެއްޗެއްސަށް ޗާޖް ކުރަނީ އޭގެ އިތުރަށެވެ.

އެންމެ ޕީކް ގަޑީގައި ބްރުޖް ހަލީފާ ހަމައެކަނި ބަލާލަން ވެސް 2200 ރުފިޔާގެ ޓިކެޓެއް ގަންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. ރަދީފް

    ''އިންސްޓްގްރާމްގައި ކައިޒީން ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކަ ސައުވީސް ހާހަށް އަރައެވެ. އޭނާ އަކީ އެންމެ ގިނަ ފޮލޯވާސް ތިބި ދިވެހިންގެ ތެރެއިން އެކެކެވެ.'' ނަމަވެސް ކައްވަޅުގަ އެކަނި.

    417
    18
    • ބުރުގާ

      ވަރައް މޮޅު އެއްޗެއް ކަލޭ ތިބުނީ. ތިހިރީ އިސްލާމިކު މިނިސްޓަރައް ޝަރުތު ހަމަވެފަ. ކައްވަޅައް މިދުނިޔެމަތީ ނުގޮސް ހުރީ ކާކު؟ ބަލަގަ އިންސާނެއް ވިއްޔާ ގުއިވެސް ރޭނެ، ބަނޑުހައިވީމާ ކާންވެސް ކާނެ. މިއީ ދިރޭތަކެތީ ގުދުރަތީ އަސާސީ ތޮބީއަތް. މިވަރު ނޭގެންޏާ ކަލޯ މީގެ 10000 އަހަރު ފަހަތައް ޖެހިލާ.

      29
      273
      • އައްބާސް

        ބުރުގާ.. ކަލެއަށް އަދި ރަދީފް އެބުނިއެއްޗެއް ފަހުމް ނުވޭ.. އޭނާ އެބުނަނީ ކައްވަޅުގައި އެކަނި އޮންނަން ޖެހޭ ދުވަސް މަތީން ހަނދާންކުރުމަށެވެ.. އަދި އެދުވަހު ކިތަންމެ ފޮލޯވަރުންނެއް ތިއްބަސް ކުރާނެ ފައިދާއެއް ނޯންނާނެ ކަމާއި އަދި އެ ފޮލޯވަރުން ހޯދަން އައުރަ ދައްކައި ނިވާކަން ކުޑަ ހެދުން އަޅައި މާތް ރަސްކަލާނގެ ނަހީކުރައްވާފައިވާ ކަންކަމައް އަރައިގަނެގެން ލިބޭނީ އާޚިރަތުގައި ހެވެއް ނޫންވާހަކައެވެ. މިއީ ރަދީފް ބުނެފައިންވާހަކައިގެ ދޭހައެވެ.

        219
        14
      • Anonymous

        @ބުރުގާ ކަލޭ އަދި ބޭނުންވާނެ މަގޭ ކޮމެންޓް ދޭހަވާން 40 އަހަރު.ކަލޭ ޖެހޭނީ އަހަރެން ކާރީގަ ކަނބަން.މިބުނީ ވަރަށް ވާހަކަ.ވ.ވ.ެދުން

        89
        14
      • ވަށޯ

        ރަދިފް ގެ ބަސްފުޅު ވަރަށް ހިކްމަތް ތެރި. އިބްރަތުން ފުރިގެން ވާ ބަސްކޮޅެއް..

        114
        7
      • ރަދީފް

        ބުރުގާ ކަލޭ ޖެހޭނީ އަހަރުމެން ކާރީގަ ކަނބަން.މިބުނީ ލައްކަ ވާހަކަ.

        60
        12
      • Anonymous

        ކީކޭ ތިކ

        11
        4
      • އަނިލް

        މިހިރަ ގަމާރާ ކަލޭ އިސްލާމް ދީން ދަސްކުރަން ފެނޭ...
        ތިބުނާ ކައި އެއް އެއުޅެނީ އިސްލާމް ދީނުގެ ސިފަތަކާ އެއްގޮތަށް ތޯ

        78
        9
      • ބުރުގާ

        ދިވެހިން ވަރަށް ވަގުވާނެ އަބަދު އަނގައިން އިސްލާމްވާނީ ކަމަކުން ނުވާނެ

        8
        1
    • ކަށިބުރި

      ކަށްވަޅަށް އެކަނި ކަލޭވެސް ދާނީ މިދުނިޔޭގަ ގެދޮރާ މުދަލާ އަނބިދަރިންވެސް ނުހޯދައްޗޭ އައި ބެޓް ޔޫހޭވް އޯލް ދެޓް އެ ހުރިހާ އެއްޗެއްވެސް ހިފައިންދޯ ދާނީ ކަލޭ މިތާތި ކޮމެންޓު ކުރަނީވެސް ސަތޭކައިން ލައިކް ހޯދަން ވެގެން.

      16
      88
      • ޢައިޝަތު

        މިހިރަ ލާދީނީ މީހާ
        ކަލޭއަށް ހެޔޮވިސްނުން ދެއްވުން އަހރެން އެދެނީ

        70
        7
        • ޅަ

          ލާދީނީ ކިޔަންތަ ކައިޒީންއަށް ބަލަނީ

          5
          1
    • ކެނެޑީ

      ކަލޭމެންނަށްވެސް ތައުބާވާން ފުރުސަތު ލިބުންދޯ އަލީރަމީޒަށްވެސް ފުރުސަތު ލިބުންދޯ ދެން ކީއްވެ ކައި ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ

      14
      51
    • ކައި ފޭން

      މާ ޝާ ﷲ

      3
      1
  2. މޫސް

    ހަމަ އަމިއްލަ ރުފިޔާގަތޯ އުފެދޭ ސުވާލެއް

    175
    6
  3. ހުދާ

    ޙަރަދުކުރަން މީޙަކު ގޮވާގެނޭ ދިޔަައިީ ހަހަހަހަހަހ

    145
    4
  4. ޖުލައި

    މަގުފުރެދި ގެއްލި ހަލާކުވެފައި ޗަހުރީ

    176
    7
  5. Anonymous

    1400 ރުފިޔާ ވީމަކާ ބޮޑެއްނޫން! ވަގުތު މީހުން ރަގަޅަށް ދިރާސާ ކުރަން ފެނޭ

    100
    6
  6. އަރީ

    އިޓް އޯލް އަބައުޓް ލުކްސް

    65
    12
  7. ޙަސަން

    ކައިޒީނެވެ. ކަލޭ ހީކުރީ ތިގޮތަށް ވަނާތައް ފާޅުކޮށް ފިރިހެނުންނަށް ތުއިދެއްކެން ކާލޭ އަބަދު ފުރިހަ ޞިއްޙަތުގައި މުސްކުޅިނުވެ ހުންނާނެކަމަށް ހެއްޔެވެ. އަދި ކީއްހެއްޔެވެ، ތިބާ މަރުވެސް ވާނެއެވެ. އެއަށްފަހު އޮތީ ދުނިޔޭގައި ކުރ ޢަމަލަކާ ގުޅިގެން ދެވަނަ ޙަޔާތްފެށުމެވެ. އެހެންޏާ އުފާވެރިކަމެވެ. އެހެންޏާ ބިރުވެރިކަމާ ނާމާންކަމެވެ. އެހެންކަމުން ތިޔަ ބޭކާރުއުޅުން ހުއްޓާލައި އަވަހަށް މާތްﷲ ގެ މަގަށް ރުޖޫޢަވާށެވެ. ދެލޯފުޅާއެވެ. މުސްލިމް ޤައުމެއްގައި މުސްލިމު މަންމަޔަކާއި ބައްޕައަކަށް ލިބުނު ތިފަދަ ރީތި ކުއްޖަކު އެންމެބޮޑަށް ކުރަންޖެހޭނެކަމަކީ އެ ނިޢުމަތްތަކަށްޓަކައި ﷲ އަށް ޝުކުރުކުރުންމަތީ އެކަލާންގެއަށް އަޅުކަންކުރުންމަތީ ސާބިތުވެ ދެމިހުރުމެވެ. މިއަދަކީ އިމްތިހާނުގެ ގޯއްޗެވެ. މާދަމާއަކީ ހިސާބުބައްލަވައި ޖަޒާދެއްވާ ދުވަހެވެ. އެހެންކަމުން ކައިޒީންވެސް ތިހަ ބާރު ހެދުންތަކާއި ދެއްކުންތެރިކަން ދޫކޮށްލާށެވެ. އަވަހަށް އިސްލީމީ ރިވެތި ގަހަނާއިން ޒީނަތްތެރިވާށެވެ. ވަގުތު ފާއިތުވުމުގެކުރިން ތައުބާވާށެވެ. އެއީ މާ އުނދަގޫކަމެއްނޫނެވެ. ކިތަންމެ ގިނަ ފާފަކުރެވޭ މީހަކުވެސް ތައުބާވުމުން އެކަން މާތްﷲ ތަޢާލާ ޤަބޫލުކުރައްވައި ފާފަ ފުއްސަވައިދެއްވާނޭކަން ވަނީ އަންގަވާފައެވެ. މާތްﷲ ތިބާއަށާއި އަހަރެމެން އެންމެހާ މުސްލިމުތަކުންނަށް ހިދާޔަތުގެ މަގުދައްކަވައި ސާބިތުކަންދެއްވާށިއެވެ!އާމީން!

    346
    14
  8. ރިޒާ

    ހަމަ ކުޅަދު ންވަ ންތަ ކަ ން.

    57
    11
  9. Anonymous

    މިއީ ކައިޒީންގެ ކިތައްވަނަ އުފަންދުވަސްކަން ހާމަކްށްފައިވިނަމަ މައުލަުމާތު ބޮޑަށް ފުރިހަމަވީސް!!! ތުރުކުރައްވާފައިހުރީ ހަމަ ޢަރަބިކް ސްޓައިލްގެ ހެދުންކޮޅެއްތޯ؟؟؟ ހަމަ އަހާލާ ހިތްވީ.

    97
    7
    • އައްޔާ

      27

      16
      1
  10. Anonymous

    ކައީޒީން ގެ އާމްދަނީ އެއީ ކިހިނެތް ހޯދާ އެއްޗެއްކަމާއި އަދި އެއީ ކުރާ މަސައްކަތާއި ބައްދަކު އެއްޗެއްތޯ ބަލާ ދެއްވާށެވެ. އަޑު އަހަން އަހަރެމެންވެސް ރާއްޖޭގަ ނުބައްދަލު އާމްދަނީ ހޯދާނަމަ އެކަންކަން ތަހުގީގު ކުރާ ކޮންމެވެސް ގަވާއިިދުތަކެއް އޮންނަވާހަކަ.

    85
    4
    • ސިނަމާ

      އެއީ މުއްސަނދި މަހުޖަނުން ގެ ލާރި

      12
  11. ހާމިދު

    އައޫޒް ބިއްލާހި.

    56
    3
  12. ޔާރު

    ބްރުޖް ޚަލީފާ އެޓް ދަ ޓޮޕް 124-125 ބަލާލަން ޓިކެޓެއްގެ އަގު 41 ޑޮލަރު.

    37
    2
  13. 😒

    މީނަ އައް ތެދުމަގު ދައްކަވާނދޭވެ 🙁

    100
    8
  14. ނޯ

    ވަރަށް ފަލަ

    47
    11
  15. ޢިބޫ

    2200 ރުފިޔާ ކައިޒީން އަކައް ބޮޑު ނުވާނެ.

    35
    1
  16. ކާއި

    ވަރަށް ރީތި ހެދުމެއް.

    14
    53
  17. އަހުމަދު

    އަހަރެމެންނާ ކޮން ކަމެއް؟

    55
    7
  18. ދިވެހި ދަރި

    ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ އިއްޒަތަކީ ކޮބާ؟
    ހީލަމުން އެންމެންބަލާ އަޖުމައިގެ ހުރުމަތަކީ ކޮބާ؟

    160
    8
  19. ކތ

    އަހަރެމެންނައް ކޮން ކަމެއް!

    46
    4
    • އަލީފް

      އިސްލާމީ މުޖުތަމައުއެއްގައި އުޅޭ މީހަކު ނުވަތަ ބަޔަކު ހިންގާ ނުވަތަ ކުރާ ކޮންމެ މުންކަރާތް ހިމެނޭ ކަމަކީ އެކަމުގައި މުޖުތަމައު ޒިންމާ ނަގަންޖެހޭ އަދި އެފަދަ ކަންކަން މަނާ ކުރުމައް ދީނުގައި ބާރު ދެއްވާފައިވާ ކަންކަމެވެ. ގަބޫލު ނުކުރެވޭ ނަމަ.. ދީން ކިޔަވާށެވެ. އޭރުން އެނގޭނެއެވެ.

      47
      4
  20. އަޒީމް

    ކައިޒީން ރޯދަ މަހު ދުވާލު ލާން ގަސްތުކުރަނީ ކޮން ހެދުންތަކެއްބާ އަނެއްކާ.؟ ތިޔަ ވައްތަރައް ފޮޓޯނެގުން ރޯދަމަހުގައި ވެސް އޮންނާނެތޯ.؟

    38
    2
    • ފޭން

      ޙާދަވަރަކަށް ކައިއަށް ބަލަނީ ހަމަ ހުޅުވީމަ ދޯ ފެންނާނީ

      3
      3
  21. ޢަހާ

    އޮރިޔާމުން ތިބޭ އަންހެނުން އިސްތިހާރުނުކޮށްބަލަ

    57
    5
    • ފޭރު

      ފިރިހެނަކު އޮރިޔާމުން އުޅޭ ތަނެއް މިމީހުނަކަށް ނުފެންނާނެ ކުރީ ދުވަހު ދެއްކި މިސްޓަ މޯލްޑިވްސްއަށް ބަލާލީމަވެސް ފެންނާނެ. އަންހެނެއްގެ އަތްކުރި ފެނުނަސް މިވަނީ ރޯއޮރިޔާމަށް ސައުދީ ތަންތަނުގަވެސް އަންހެނުން މޫނު ބުރުގާ އަޅުވާފަ ފިރިހެނުން ތިބެނީ ބޮކްސާ ކޮޅެއްގަ ނޫނޭ.

      21
      6
  22. ކެކުރީޒް

    އަހަރެން ހީކުރީ ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން ބުރިޖްޙަލީފާ ކައިޒީންގެ ނަމަުން ދިއްލާލާފަ އުފަންދުވަސް ފާހަގަ ކުރިކަމަށް އެކަމަކު މިއެނގުނީ އެހެންނޫންކަން!!! ހެހެހެހެ

    36
    2
  23. ކައި ބައްޕަ

    ޙުސް ހަސަދަވެރި ކޮމަންޓް.. ދުވާލު ނިދަންނުތިބެ މަސައްކތްކޮއްބަލަ އެހެންމީހުންގެ ކުރި އއރުމަށް ހަސަދަވެރިނުވެ.. ޖެލަސީވަސް ވަރަށް ގަދަ.

    9
    44
    • ހައްޟާން

      ބާތްޑޭ ފާހަނގަ ކޮއްލަން ބުރުޖު ޚަލީފާއަށް ދިޔުމަކީ އަދި ކުރިއެރުމެއް ނޫން.

      54
      4
      • ޚައްސާނު އަށް

        ދެން ޖެލަސް ނުވެބަލަ.

        6
        35
        • ތަންދޮރު

          ޙަޔާތްކުޑަ ނުވެބލ🤦

          1
          1
  24. ކަލްޓް

    މިޔަށް ވުރެ މާރީތި އަންހެނުން މިރާއްޖޭގައި އެބަ އުޅޭ، އެކަމު އެކުދިން އިންސްޓަގްރާމަށް ލަނީ ގުދުރަތީ ރީތި މަންޒަރު ތައް، ގައިގެ ވަނާ ތަކަށް ގޮތް ގޮތް ހަދައިގެން ފޮޓޯ ނަގާފަކާ އެއްނޫން..
    ޗީޕްގޯސް އެވްރީ ވަން

    46
    5
  25. އަފީ

    އެމީހާގެ އޮރިޔާން ނިވާ ނުކުރެވި ބަރަހާނާ ހާލްގައި ވިއްކާ ފޮޓޯ ތަކުން ޕްލޯވަރސް ގިނަވީކަމުގައިވިއަސް ގިޔާމަތުގައި އޮތީ އަނގުރު އަލިފާން. ކިރިޔާވެސް މަރުމަތި ހަނދާންވާނަމަ ދެމި ހުންނާނީ އިސްލާމްދީނުގައިވާ ގޮތުގެމަތީން އަންހެނާގެ އައުރަ ނިވާކޮށްގެން.

    41
    6
  26. ސޮއްބެ

    ކާކު ފެލާލީ ؟؟

    28
    2
  27. ވަގުތު ފެއިލް

    ލޮލް ކޮމެންޓު ގެނެސްދޭކަށް ނުކެރުނުދޯ ވަގުތަކަށް

    15
    3
  28. ނައިބު ތުއްތު

    ކީއްކުރާނީ ބަލާ ކޮންމެ ފަހަރަކު ދެ ފަރާތައް ފާފަ ލިބުން ނޫންކަމެއް ނެތް ...

    22
    2
  29. ވަސީ

    ކީރިތި ރަސޫލާވަނީ ހެދުން ލައިގެން އޮރިޔާމުން ތިބޭބަޔަކު އުޅޭނެ ކަމުގެ ވާހަކަ އަންގަވާދެއްވާފައެވެ. އެއީ އެއްގޮތަކައްވެސް މަޖަލަކައް ދޫކުރެއްވި ބަސްފުޅެއް ނޫނެވެ.. އެއީ މި އުންމަތައް ދެއްވާ ރައްކާތެރިވެތިބުމައް އަދި ހެޔޮ ނުބައި އަންގަވައިދެއްވުމައް އަންގަވާދެއްވި ޚަބަރެއް ނޫންތޯއެވެ. މިހެން ވީއިރު.. އަހަރެމެން ސުވާލު ކުރަން ޖެހޭ އަހަރެމެންގެ މުޖުތަމައުގައި އެއްވެސް އިސްލާމީ މިންގަނޑަކައް ނުފެތޭކަން ކަށަަވަރު ވާފަދަ ނިވާކަން ކުޑަ ނުވަތަ ހަށިގަނޑުގެ ވަނާތައް ހާމަވާ އަދި އެއްވެސް ދީނެއް ގަބޫލު ނުކުރާ ޣައިރު މުސްލިމުންގެ ޒާތައް އެގޮތައް ހައްދުފަހަނަޅާފައިވާ ވަހުޝީ ފޭރާންތައް އަޅައިގެން އަހަރެމެންގެ އިސްލާމީ މުޖުތަމައު އާއި އާއިލާތަކާއި އާންމު އަޚްލާގިއްޔާތު ހަލާކުކުރާމީހުން މަގުބޫލުކޮށް މައްޝްހޫރުކުރާއިރު މާތްރަސްކަލާނގެ ހަޒްރަތުން އަހަރެމެން އާފިޔަތައް އެދޭނީ ކިހިނަކުންކަން.؟ އަދި އެއީ ދެކޮޅުޖެހޭ ކަމެއްތޯއާއި އެފަދަމީހުން މަގްބޫލުކުރުމަކީ ތިމާމެންގެ އާޚިރަތައް ކިހާވަރެއްގެ ނުރައްކަލެއް ފޯރާނެކަމެއްތޯ ފުންކޮއް ވިސްނަންޖެހެއެވެ. އަދި މިގޮތައް އަމަލުކުރުމުން މާތް ރަސްކަލާނގެ އަދި އެކަލާނގެ ރަސޫލާގެ ލައުނަތް ރައްދުވުން ކިހާގާތްތޯ އެބަ ވިސްނަންޖެހެއެވެ.

    28
    3
  30. ފުލުހެއް

    މުސްލިމުންނޭ ކިޔައިގެން އުޅޭ ވަރަށް ގިނަ މީހުންގެ އަޚްލާޤް ކައިޒީންއަށްވުރެ މާ ދަށެވެ. ކައިޒީން އެހެން މީހުންނަށް އިހުތިރާމް ކުރެއެވެ. އެހެން މީހުން ކުރާ ކަންތަކާބެހި، އެހެންމީހުންނަށް ފުރައްސާރަކޮށް ނަފުރަތު އުފެދޭޒާތުގެ ވާހަކަތަކެއް ނުދައްކައެވެ. އިސްލާމް ދީނުގަ އަންގަވާފަ އޮތްގޮތަށް މީހަކު ނޫޅުމަކީ އެހެންމީހުން އެމީހަކު ރޮލާކާލަންޖެހޭ ސަބަބެއް ނޫނެވެ. އެމީހަކު ކުރި ފާފައެއްގެ އަޒާބު ހުންނާނީ އެމީހަކަށެވެ. އިސްލާމްދީނަށް އުޅުނަސް ނޫޅުނަސް ނުވަތަ އެހެން ދީނަކަށް އުޅުނަސް ނޫޅުނަސް އިންސާނަކަށް ވީތީ އެކަކު އަނެކަކަށް އިޙްތިރާމް ކުރަންޖެހެއެވެ. ތިމީ ނުރުހޭ މީހަކު ފޮލޯ ނުކުރުން ރަނގަޅުވާނެއެވެ. ބަލާހިތްނުވާ ފޮޓޯ ނުބަލާނީއެވެ. ކިޔާ ހިތްނުވާ ހަބަރު ނުކިޔާނީއެވެ. ދީނަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެއްވެސް މީހަކަށް ފުރައްސާރަކޮށްގެން އެއްޗެހި ކިޔައިގެން މަޖުބޫރުން ދީނަށް ލެންބުމެއްނެތެވެ. އެކަމަކު އިންސާނުންގެ ތެރޭގަ މަސްލަހަތު ހިމާޔަތްކޮށް، ހަމަޖެހުން ގާއިމްކުރުމަށް އެއް އިންސާނަކު އަނެއް އިންސާނަކަށް އޯގާތެރިވެ އިޙްތިރާމް ކުރަންޖެހއެވެ.

    31
    5
    • ފޭރު

      ތިވާހަކަ ނާހާނެ އެމީހުނެއް އެހާ ފޫހިވާ މީހުން ބެލުމުގައި ވަގުތު ހޭދަކުރާހިތް އެމީހުން ހާދަ ވެޔޭ މިހިތައް މިއަރަނީ.

      6
      4
    • އަލް

      ކޮބާ އިހުތިރާމް ކުރުމަކީ

      5
      2
  31. އިންސްޓްގްރާމްކަޅޭ

    އިންސްޓްގްރާމް ކޮށްފައި ވެއެވެ. އިންސްޓަގުރާމުން ކުރާ ކޮންމެ ކަމަކީ އިންސްޓަގުރަމް ކުރުން، ސީދާ ކޮންކަމެއްކަން ބުނެދިން ނަމަ ސަޅިވިސް..

    10
  32. ޢަލިކޮ

    އަންނަމުން ހަދިޔާއެއް ގެނެސްދޭތި އިނގޭ

    10
    1
  33. عنتر بن شداد

    سبحان الله ކައިޒީން އަކީ ހާދަރީތި މަޚްލޫޤެކޭ ، އިންސާނުން ހައްދަވާފައިވަނީ އެންމެރީތި ސޫރައިގައިކަން ކައިޒީން އަށް އެކަނި ބަލާލުމުންވެސް އިތުރަށް ޔަގީންވެގެން ދެއެވެ..އަހަރެން އެދެނީ ކައިޒީން އަށް އިތުރު ކާމިޔާބު ހާސްއަހަރު

    8
    17
    • ލޮލްލލ

      ލޮލް ޕްލާސްޓިކް ސާރޖަރީ ހަދާފަ. ގުދުރަތީ ރީތި ކަން ނަމަ ތިހެން ބުނަން އޯކޭ

      10
      1
  34. ޢަރަބި

    ޢަރަބި ހެދުން ހަަހަ

    10
    1
  35. ޖޯޑަން

    ކައިޒީން އޭނާގެ އުފަންދުވަސް ދުބާއީގެ ބްރުޖް ޚަލީފާގައި ނޫން އެހެންތަނެއްގައިވެސް ފާހަގަ ކުރެވިދާނެ.ކައިގެ ފަހަތުގައި ތިބީ ކޮންބަޔެއްތޯ އެގިލައްވާތޯ؟ކައިއަށް މިދުނިޔެމަތީގެ އުފާހޯދަދޭން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އެހުންނެވީ ފޫގަޅައިގެން.ބްރުޖް ޚަލީފާގެ އެންމަތީ ކީއްްކުރަން އެއަށްވުރެންމަތީގަ އޮވެވެސް އުފަންދުވަސް ފާހަގަ ކުރަންވީ..ކައި އަކީ އޭނަގެ ރީތިކަމުގެ ފައިދާ ނަގަމުންދާ ޖިންސުއްލަތީފެއް.އުފަންދުވަސް ފުރިހަމަވެގެންދިޔައީ ކައިގެ މަންމަވެސް ކުރިމަތީގަ ހެވި ދިއްލިފަ އިނީމަ.އެކަމަކު މަ ވަރަށް އުފާވީސް އުފަންދުވަސް ނިންމާފަ ކައި ބުރުގާ އަޅައިގެން ފިރިހެނުންނަށް ތުއިދައްކަން ތިކުރާ ކަންތައް ހުއްޓާލާ އިސްލާމް ދީނުގެރިވެތި މަގަށް ރުޖޫއު ވިނަމަ.ކައިއަށް ހެޔޮވިސްނުން ދެއްވާށި..

    19
    2
    • ހޯސް

      ކަލޭމެން ފިރިހެނުން އޭނަ ފެނިފަ ރަކިވަނީ ގަޔާވާ މީހަކު ފެނުނީމަ ހީވާނެ ތިމަންނައަށޭއެ ތުއިދެއްކެނީ.

      4
      4
  36. މއކ

    ވަގުތު ޕުލީޒް ސްޓޮޕް މޭކިން ސްޓުޕިޑް ޕީޕަލް ފޭމަސް.

    16
    2
  37. ކައިއްދައިދީ

    އިޓް ޓޭކްސް އަލޮޓް ޓު ޑޭޓް މީ 😳

    6
    2
  38. ސައްބު

    "ފުލުހެއް"!! ކަލެއަށް ތިހުރީ ދީން މާބޮޑަށް ދަސްވެފަ. ކައެގެ ވާހަކަ ކޮމެންޓް ފެށުނު އިރުވެސް ހީވަނީ ކައިޒީން "ތިމަންނާއަކީ މުސްލިމެއް ނޫނޭ" ބުނެގެން އުޅޭހެން. އެހެން އޭނަ ބުނިތަ؟ މުސްލިމެއްގެ ލޭބަލްގައި އުޅޭ މީހަކު އެދީނުގެ އުޞޫލުތަކާ ޚިލާފަށް އުޅޭއިރު އެކަން މަނާ ނުކުރާނަމަ އަހަރެމެންގެ ދީނީ ފުރިހަމަކަން އޮންނާނެ މިންވަރު ކަލެއަށް އެނގޭތަ؟

    4
    2
  39. ސަމްސިއްޔާ

    ތިޔަގޮތަށް ޚަރަދު ކުރަން ލާރި ހޯދަނީ ކިހިނެތްބާއޭ ހިތައް އަރާ

    12
    1
  40. ޫ

    أعوذ باالله

  41. އިންސާނެއް

    ކޮބާ މާސްކު؟

  42. ޟުހާދު އިދުރިސް

    ތިޔައްވުރެ މާ ރީތި މަގޭ ދުންޔާ މައުމޫނުވެސް. ވަރަހ ސަލާން