ދެމަފިރިއެއްގެ ވަރީގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް، ދެމީހުން ޞުލްޙަވުމަށް ގާޒީ އެދުމުން، ފިރިހެން މީހާ ވިހައެއް ބޮއެފިއެވެ. މި ފިރިހެން މީހާގެ ޖީބުން ނެގުމަށްފަހު ބޮއެފައިވަނީ ސޫފާސޫފި މަރަން ބޭނުންކުރާ ވިހައެކެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ އެޤައުމުގެ ބޮރުޝްގައި ހުންނަ ކޯޓެއްގައެވެ. އަދި، ފިރިހެން މީހާ މި ޢަމަލު ހިންގިއިރު، އެތަނުގައި އެމީހުންގެ އާއިލާގެ މެންބަރުންނާއި އެމީހުންގެ ފަރާތުން ކޯޓުގައި ވަކާލާތުކުރާ ވަކީލުން ތިއްބެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި މީހާ، ވިހަ ބޭނުންކުރުމުން އޭނާވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އަދި، މިހާރު އޭނާގެ ޙާލަތު ރަނގަޅުވަމުން އަންނައިރު، ޙާލަތު ސީރިޔަސް ނޫންކަމަށްވެސް ބުނެފައިވެއެވެ.

އުމުރުން 34 އަހަރުގެ މި މީހާއާއި އޭނާގެ އަންހެނުން، ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅޭތާ ތިން އަހަރު ދުވަސްވަނީ ވެފައެވެ. އެމީހުންގެ ކައިވެނީގައި ޖެހުނު މައްސަލަ ބޮޑުވީ، އަންހެން މީހާ، އޭނާގެ އަމިއްލަ ގެއަށް ގޮސް، އެނބުރި ފިރިހެން މީހާގެ ގެއަށް ދިއުމަށް އިންކާރު ކުރުމުންނެވެ. މިހެން ކަންތައްވީވެސް، ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި، ފިރިހެން މީހާގެ ވަޒީފާވެސް ގެއްލުމުންކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު