އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެރިކާ ރައީސްގެ ހާއްސަ ފްލައިޓް އެއާފޯސް ވަން އަށް އަރައިވަޑައިގަންނަވަނިކޮށް ސިޑި މައްޗަށް ވެއްޓުނުތާ ދެހަފްތާ ފަހުން އަނެއްކާވެސް އެއާފޯސް ވަންގެ ސިޑި މައްޗަށް ނުވެއްޓި ކިރިޔާ ސަލާމަތް ވެއްޖެއެވެ.

އެމެރިކާގެ ތަރައްޤީއަށް ދެޓްރިލިއަން ޑޮލަރުގެ ޕެކޭޖްގެ މައުލޫމާތު އިއުލާން ކުރުމަށްފަހު ޕެންސިލްވޭނިއާގެ ޕީޓާސްބާގް އެއާޕޯޓުން ބައިޑެން ފްލައިޓަށް އަރައިވަޑައިގަތް އިރު ވާރޭ ވެހުމުގެ ސަބަބުން ސިޑި މަތީގައި ކޮންމެވެސް ވަރަކަށް ފެން ވެސް ހުއްޓެވެ. ބައިޑެން ސިޑިން އަރައިވަޑައިގަންނަވަމުން ގެންދެވީ ވެސް ވަރަށް މަޑުމަޑުންނެވެ. ނަމަވެސް އެއްފަހަރު ކައްސާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

ބައިޑެން ކައްސާލަން ދިޔައިރު ބައިޑެންގެ އެއްއަތުގައި ބްރިފްކޭހެއް އޮތެވެ. އަނެއް އަތުން ބައިޑެން ހުންނެވީ ކުޑައެއް ހިފައިގެންނެވެ.

ބައިޑެންގެ ސިއްހީ ހާލުކޮޅާއި މެދު އަބަދުވެސް ވާދަވެރިންނާއި އަދި ބައެއް ފަހަރު އޭނާގެ ސަޕޯޓަރުން ވެސް ސުވާލު އުފައްދައެވެ. ބައިޑެން އަކީ އެމެރިކާގެ ވެރިކަމަށް މިހާތަނަށް ވަޑައިގެންނެވި އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ.

ދެހަފްތާ ކުރިން ބައިޑެން އެއާފޯސް ވަންގެ ސިޑި މައްޗަށް ވެއްޓުނު ނަމަވެސް އެއްވެސް އަނިޔާއެއް ލިބިވަޑައިނުގަންނަވާ ކަމަށް ވައިޓްހައުސް އިން ބުނެފައި ވެއެވެ.

ބައިޑެންގެ ބޮޑު ތަރައްޤީގެ މަޝްރޫއަށް އޭނާގެ ސަޕޯޓަރުން ތާއިދުކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑުވެފައެވެ. ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން ބައިޑެން ވަނީ ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިހާލަތުގައި ޓެކްސްތައް ބޮޑުކޮށްފިނަމަ %30 ވިޔަފާރި ބަނގުރޫޓް ވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިން ކޮއި

    ރާއްޖޭގެ ހޭރޭ ހެން ތިއީ އެމރިކާގެ ވެއްޓޭ އެންނު!!

    9
    2
  2. Anonymous

    ލިފްޓެއް ހަދަން ވީ އެއްނު

    • ސުކޫން

      ސައޫދީ ރަސްގެފާނު ދަތުރު ކުރާ ބޯޓްގަ ހުންނަނީ ހިގަން ނުޖެ ހޭ ސިޑި
      ހަރުކޮށްފަ