މި ޒަމާނުގައި މީހަކު ރަނގަޅަށް ކުރާ ކަމެއްވެސް ބަލައިގަންނާނީ މަދު މީހަކު ކަމުގައި ބުނެ އުޅެއެވެ. އަދި، ކުރާ މަސައްކަތް، ހެޔޮ ހިތުން ބަލައިގަންނަ ބަޔަކު ލިބުމަކީ ބޮޑު ނަސީބެއް ކަމުގައިވެސް، އެތައް ބަޔަކު ބުނެ އުޅެއެވެ. އެއީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ.

އިންޑިޔާގެ އޮޑިޝާގެ ނަބްރާންގުޕޫރު ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ޑރ. ކިޝޯރު ޗަންދްރަސް ދާސް އަކީ، ކުރިން ފާހަގަކުރި ގޮތަށް ނަސީބު ގަދަ މީހެކެވެ. އެއީ، އޭނާގެ މަސައްކަތް އެތައް ބަޔަކު ބަލައިގަނެފައިވުމުންނެވެ.

އެ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރުކަން ދޫކޮށް، މަތީ ތައުލީމު ހޯދުމަށް ކިޝޯރު ދިއުމުން އެތައް ބަޔަކަށްވަނީ އަސަރުކޮށްފައެވެ. އޭނާއަށް އެތައް ބަޔަކު އަލްވަދާއު ކީވެސް ރޮމުންނެވެ.

ނޫސްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ކިޝޯރުވަނީ، ނަބްރާންގުޕޫރުގެ ޞިއްޙީ މަރުކަޒަށް އެތައް ކުރިއެރުންތަކެއް ގެނެސްދީފައެވެ. އެގޮތުން، ކުރިން އެހޮސްޕިޓަލުގައި ރަނގަޅު ވިއްސާ ކޮޓަރިއެއްވެސް ނުހުންނައިރު، އެކަންކަންވެސް ރަނގަޅުކޮށްފައިވަނީ، އޭނާގެ މޭސްތިރިކަމުގެ ދަށުންނެވެ. ހަމައެހެންމެ، ޑޮކްޓަރަށް ދައްކަންދާ މީހުންނަށް ފަސޭހަވާނެހެން، އެތައް ކަމެއް އޭނާ ކޮށްފައިވެއެވެ.

މިކަން އަވަށުގެ ރައްޔިތުން ބަލައިގަންނައިރު، އެމީހުން ރޮމުން އޭނާއަށް އަލްވަދާއު ކީވެސް އެހެންވެގެންނެވެ. އަލްވަދާއު ކިޔަމުން، އެތައް ބަޔަކު އެދިފައިވަނީ މަތީ ތައުލީމަށް ފަހު އަދިވެސް އެނބުރި އެއަވަށަށް ޚިދުމަތް ކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ

    ތިމާގެ ހެޔޮކަން ބަލައިގަންނަ މީހުންތިބުމަކީ ކުރިއެރުމައް އިތުރު ހިއްވަރެއް އުފަލެއް
    ما شاء الله

  2. އަހުމަދު

    މީގާ ވާނުވާއެއް ނޭނގެ. ރައްޔިތުންގެ ފަރާތުން އެފަދަކަމެއް ނުފެނޭ. ދާން ޖެހިގެން ޑިކްޓަރު ރޯތަން ފެނޭ.