ފޮއްޓެއްގެ ތެރެއަށް ލައި ވަޅުގަނޑަކަށް އެއްލާލާފައި އެއްމާބަނޑު ދެ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ތުއްތު ތުއްތު މި ދެ ކުދިން ފެނިފައި ވަނީ ދަނބުކުލައިގެ ފޮއްޓެއްގެ ތެރެއަށްލުމަށްފަހު އެެމެރިކާގެ އަރްކަންސިސްއިންނެވެ. މި ދެ ކުދިން ފެނިފައި ވަނީ މަސައްކަތު އުޅުނު މީހަކަށެވެ.

ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ކުދިންގެ އޮޓޮޕްސީ ކަންތައް ނިމޭނެއެވެ. އޭގެ ނަތީއްޖާއަށް ބެލުމަށްފަހު އެ ކުދިން މަރުވި ސަބަބު ދެނެގަނެވޭނެކަމަށް ފުލުހުން ބުންޏެވެ. އޮޓޮޕްސީގެ ކަންތައް ކުރަމުން ދަނީ އަރްކަންސިސް ސިޓީ ކްރައިމް ލެބުންނެވެ.

ފުލުހުން ބުނީ، އެކުދިން މަރުވެފައި ވަނީ ފޮއްޓަށް ލުމުގެ ކުރިން ކަމެއް އަދި ފޮއްޓަށް ލުމުގެ ފަހުން ކަމެއް އަދި ބުނެދޭން ނޭގޭ ކަމަށެވެ. މިކަމާއި ގުޅޭ އިތުުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ ފޮށި ފެނުނު ހިސާބުގައި އުޅޭ އާއްމުންގެ މީހަކު ބުނީ، ކުދިން މަރުވާ އަޑު އަހާކަމަށާއި، އެހެން ނަަމަވެސް ކުދިން މަރުވުމަށްފަހު ނޫނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވާ ފެނިގެން މި އަޑު އިވުނީ އަލަށް ކަަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު