ކައިވެނިކޮށްގެން ހަނީމޫނަށް ރާއްޖެ އައި ބޮލީވުޑްގެ ފިލްމީތަރި ދިއާ މިރުޒާ ހަނީމޫން ނިންމާލުމަށް ފަހު އިންޑިއާ އަށް އެނބުރި ގޮސް އޭނާ ބަނޑުބޮޑުކަން އިއުލާން ކޮށްފިއެވެ.

ދިއާ ބަނޑުބޮޑުކަން އިއުލާން ކޮށްފައި ވަނީ އޭނާ ރާއްޖޭގައި ހަނީމޫން ޗުއްޓީ ހޭދަކުރިއިރު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާއްމު ކުރަމުންނެވެ. ދިއާ ބުނީ ދަރިއަކު ލިބުމުގެ ނިއުމަތާއިއެކު ހުރިހާ ވާހަކައެއް އަލުން ފެށިފައިވާ ކަމަށެވެ. އޭނާގެ ހުރިހާ ހުވަފެނެއް މިހާރު އޮތީ އޭނާގެ ބަނގުގައި ޣަރުބަގަނެފައި ކަމަށް ވެސް ބުނެފައިވެއެވެ.

ދިއާ އާއި އޭނާގެ ފިރިމީހާ ވައިބަބް ރިކީ ކައިވެނި ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ދެމީހުންގެ ކައިވެނި ޕާޓީގައި ބައިވެރިވީ ވަރަށް ގާތް ރަހުމަތްތެރިންނާއި އާއިލާގެ ބައެއް މެންބަރުންނެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދެމަފިރިންގެ ކައިވެނި ޕާޓީއަށް މާގިނަ ބަޔަކަށް ދައުވަތު ދެވިފައެއް ނުވެއެވެ.

ދިއާ މިހައި އަވަހަށް ބަލިވެ އިނުމުން އިންޑިއާގެ ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި އޭނާ އަށް ފާޑުކިޔަމުންނެވެ. އޭނާ ކައިވެނި ކުރީ ބަލިވެއިނުމުން ކަމަށް ބުނެ ބައެއް މީހުން އޭނާ އަށް މީސް މީޑިއާގައި ފުރައްސާރަ ކޮށްފައި ވެއެވެ. ކައިވެނި ނުކޮށް ތިބެ ބަލިވެއިނުމަކީ އިންޑިއާގެ އާދަކާދަ އާއި ހިލާފު ކަމެކެވެ.

ދިއާ އާއި ވައިބަބް ވެސް ވަނީ މީގެ ކުރިން އިތުރު ކައިވެންޏެއް ކޮށްފައެވެ. ދިއާ އޭނާގެ ފުރަތަމަ ކައިވެނި ކުރީ 2014 ވަނަ އަހަރު އެވެ. އެކައިވެނި ރޫޅުނީ 2019 ވަނަ އަހަރު އެވެ. ވައިބަބް މީގެ ކުރިން ކުރި ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓޫރިޒަމް ޕްރޮމޯޓަރ

    ރާއްޖޭގެ ހަނީމޫން ވަރަށް ބާރުގަދަވާނެ.. ވަރަށް އަވަ ހަށް ބަނޑުބޮޑު ކޮއްލާނެ.. ހުރި ހާ އެންމެންވެސް އަންނަންވީ ރާއްޖެ ހަނީ މޫނަށް

    23
    3
  2. ސަމޭދާން ބުނި ގަތޫރާ

    ހުރިހާބޭފުޅުންވެސް ބަނޑުބޮޑުވާން އަންނަންވީ ރާއްޖެ.

    23
    2
  3. ޙަށް

    ދިޔާބަނޑު ބޮޑުވެއްޖެ.. ހައްހައްހައް

    7
    1
  4. ަދާދު

    އަމައްޔާތް އުޅޭ ފާޑެއް

    2
    1
  5. ސުކޫން

    އެތާގެ އާދަކާދަ އޮންނަގޮތުން ދަރިޔާ ހަވާލުވާނެ ބަފަޔަކު ހުރީމަވެސް ނިމުނީ އެތާގަ އާއްމުކަމެއް ކައިވެނީގެ ކުރިން ބަލިވެއިނުމަކީ ނެ ހާ ދޫޕިޔާ ސްރީދޭވީ ވެސް ކައިވެނިކުރީ ބަލިވެ އިންފަ ހުން ކަމަށް ވަނީ ކައިވެނި ކުރިތާ ފަސްމަ ހުގަ ވި ހެއީ

    6
    1
  6. ކަސް

    ތިޔަ ފަނި އިނީ ކޮން ރިސޯޓެއްގަ ތަ؟

  7. އެލަކުސް އަހުމަދު

    މޭޑިން މޯލްޑިވްސް ދޯ...