ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) އަދި މެންބަރު އިލްޔާސް ލަބީބް ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް އަލީ އާޒިމް ޓްވިޓާގައި އާއްމުކޮށްފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމުރު ވެސް ނަށަމުންދާ މަންޒަރު މިވީޑިއޯއިން ފެނެއެވެ.
ވީޑިއޯ އާއްމު ކުރެއްވީ އާޒިމް އެވެ. އާޒިމް ވީޑިއޯ އާއްމު ކުރަމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އަޅުގަނޑު މަސައްކަތް ކުރަނީ އެއްވެސް މީހަކަށް ވުރެ މޮޅަށް ނަށާކަށް ނޫން ކަމަށާއި އަޅުގަނޑު މަސައްކަތް ކުރަނީ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވުރެ މޮޅަށް ނަށަން ކަމަށެވެ. އެއީ ރަޝިއާގެ މަޝްހޫރު ކޮރިއަގްރާފަރެއް ކަމަށްވާ މީކާއީލް ބަރިޝިންކޯވް ބުނެފައިވާ ބުނުމެކެވެ.
އާޒިމްގެ ޓްވީޓްގައި ވަނީ ވީޑިއޯ އިން ފެންނަ އަނދުން ހުސޭނާއި، އިލްޔާސް ލަބީބާއި، އަމްރު ވެސް ޓެގް ކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ނުރަަސްމީ ޓްވިޓާ އެކައުންޓް އެލެކްސްގެ އެކައުންޓް ވެސް ޓެގް ކޮށްފައި ވެއެވެ. ނަމަވެސް ވީޑިއޯ އިން ރައީސް ނަޝީދެއް ނުފެނެއެވެ.
“I do not try to dance better than anyone else. I only try to to dance better than myself.”
Mikhail Baryshnikov@HusenAmr @ilyas_labeeb @anedhivehirajje @AndhunHussain pic.twitter.com/FGPbxTa8FE— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) April 1, 2021
އާޒިމް ވީޑިއޯ އާއްމު ކުރުމުން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމްގެ ޓްވީޓަށް ކޮމެންޓް ކުރި އެކަކު ވަނީ "ރައްޔިތުންތައް ބިކަވެފައި، ދަރަނިވެރި ވެފައި، ގޮތްހުސްވެފައި" ތިއްބާ މަޖިލީހުގެ އެންމެ ސީނިއާ މެންބަރުން މިހެން އުޅުއްވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރި ބައެއް މީހުން ވަނީ ނާޗަރަންގީ ނުކުޅެ ގައުމުގައި ހުރި ސީރިއަސް މައްސަލަތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައެވެ.
މުލިއާގޭގަ ބާއްވާ ސަރުބީ ޕާޓީ
އާނ، ކަލޭމެން ޒިނޭކުރިޔަސް ނުވާނެ ކުއްވެރިއެއް. އާދައިގެން މީހަކު ބައްތި ނުދިއްލަ ބައިސްކަލެއް ދުއްވާލިޔަސް، އެރޭ އޭނަގެ ޖިނާއީ ޝަރިއްޔަތް ބާއްވާ، އެރޭ އޭނަ ޖޫރިމަނާކޮއް ޖަލައްލާނެ.
ألا تستحيون من الله
މާސްކް ނެތް .. ގައިދުރު ކުރުން ނެތް.. އެކަމް ގައިޑްލައިނާ ހިލާފެއް ނުވާނެ. އާއްމު މީހެއް ނެތީމަ
މިހާރު ރޯލުމޮޑެލަކަށް އެންމެން ބަލަނީ މަހުލޫފު އުތަ؟
މިވެސް ހަބަރެއްތަ . މަޖިލިސްމެއްބަރުން ފާހާނާކޮއްފި
ބޮވެންވާނެ ބޮވެން ޖެހޭނެ، އެހެންނޫނީ ރޮވޭނެ،ރޮވެން ޖެހޭނެ
ލަދުގަނޭ ވެރިކަން މިމީހުނާ ހަވާލު ކުރެވުނީތީ ރަނގަޅަށް ވީޔާ ހަމަ އަކުނޫން އެތިބީވެސް.
ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން ނެއްޓުވީމަ އެހެރީ ރައްޔިތުންގެ އިޙްސާސްތަކާއި ކެކުޅުންތައް އިނގިފައި.
މިގައުމު މިދަނީ ފަހަތައް. ހުރިހާ ދިމާލެއްގައި ކޮރަޕްޝަން.
މި ވަރުބައެއް.މިނިސްޓްރީ.އޮފް.ނާޗަރަންގީ އުފައްދަން އުޅޭ.ކަމީ.ޢަޖާއިބެއް.ނޫންތާ
ފެންބޯންގެންގުޅުނުތަށިތައްވެސް ދައްކާލިނަމަ ވީޑިއޯ އިތުރަށްފުރި ހަމަވީސް
ޜޭހަޖަމް ޕޮރޮގްރާމްގައިވެސް ތިވީޑިއޯ ދެއްކި
ގާނޫނެއްނެ ހެދިއަސް މަޖާކޮށްލާނެތަންތަން އެބަތިބިތާ !!
ހިތް ހަނަޖައްސާލާ މަޖާކޮށްލާނެ
ކަސީނޯއެއްނެތަސް ހިނދުކޮޅުގަތިބެވޭތާ!! އެއޮތީވޯޓުލާންވާއިރަށް ބޮޑުމަންޒަރު ދައްކާލާފަ!! ކިތަކަށް ހުސްފުޅިނެރުނުބާ؟،
ލާދީނީޔަތު ދިރުވާން އުޅޭބައެއް އަދޮން ހޮސޭންއާ ދިމާލަށް ދައްދޮޅި މިނިސްޓަރު ބުނީ ރަގަޅުވާހަކައެއް
ޒުވާނުންނަށޭ ކިޔައިގެން މި މީހުން ނަށާނެ ތަނެއް ނުހެދިގެން އެއުޅެނީ. މިވެސް ހަމަ ގާނޫނާ ހިލާފުވީ ބައެއް. ފިޔަވަޅު އަަލަން ގޯވާލަން
އަސްތަޤްފިރުﷲ
މިނިސްޓަރުން ބޮޑީކޮށްފަ ދަރިފުޅުލައްވަ އިންޑިއާކުދިންނާއެކު ލަވަ ކިއުއްވާފަ މަޖުލިސްބޭފުޅުން ޕާޓީކޮށްފަ ނަށާފަ ގައުމުގަ ތިބި ނިކަމެތި ލޭއަޅާކުދިން ލޭނުލިބި ދެންތިބިކުދިން ރޯދަހިފޭނެ ގޮތެއްނެތިފަ ކިހާއޯގާތެރިތޯ؟
ވީޑިއޯ ލީކްވުމުގެ ކުރިން އަވަހަށް މޮޅުއެއްޗެއް ހަދާލީ ދޯ؟
މިމީހުން ގެ އޮންނަނީ ނެށުމާ ޑްރާމާ ކުޅުމާ ބޮޑުބާސާ ކެޑުމާ ބަހުން ހަލުވާހިލުމާ މީހުންގެ އަބުރަށް އެރުން. މިވެސް ދެން ކަމެއް ކޮށްލީ. ނަށަނަށާ ފައިތަޅުވަތަޅުވައި ތިބީމާ އެ ނިމުނީނު. މިނެށުމަކާ ރަޢިއްޔަތުންނާ ހުރީ ކޮން ގުޅުމެއް.
ސާބަހޭ ނަމުން އިއްޒަތްތެރި ކަމުން ގައްދާރު މަޖްލިސް
ޢަހަރެމެން ރަތްޔަތުންގެ ލާރިބަޑުއަޅައިގެން މިމީހުން މަޖާކޮއް ހޭބޯނާރާ ތެޅެނީ ރަތްޔަތުންމިއޮއްތިބެގެން ހަނާވަނީ ރަތްޔަތުން ތަންކޮޅެއް ޒިންމާދާރުކޮއްވިސްނަން ވެއްޖެއެއްނުން މިކަހަލަ މީހުން މަޖިލީހައްނުހޮވަން.
މަށަކަށް މައްސަލައެއްނޫން މިމީހުން އަދި މިހާވަރުކަމެއް ކޮށްލިޔަކަސް.