އަހަރަކަށްވުރެ ގިނަ ދުވަހު ކައިވެނިކޮށްގެން އުޅުނު އަނބިމީހާ ހުތުރުކަމަށް ބުނެ މަރާލައިފިއެވެ. މި އަނިޔާވެރި އަމަލު ހިންގާފައިވަނީ އިންޑިޔާގެ އޯންލާ ސަރަޙައްދުގައި ހުންނަ އަވަށެއްގައެވެ.

މި ފިރިހެން މީހާ ބުނާގޮތުގައި، ކައިވެނިކޮށްގެން އުޅޭތާ އަހަރެއް ވީއިރުވެސް، އަނބިމީހާގެ ކިބައިން އޭނާއަށް އެއްވެސް ރީތިކަމެއް ނުފެނެއެވެ. ހަމައެހެންމެ، ފިރިހެންމީހާއެކޭ އެއްގޮތަށް، އޭނާގެ އާއިލާއިންވެސް، 24 އަހަރުގެ މި އަންހެނާއަށް ދިޔައީ އެތައް ގޮތަކުން އުނދަގޫކޮށް، އިންޒާރު ދެމުންނެވެ.

މި އަންހެން މީހާއަށް ނިޤާތު ނަމަކަށް ކިޔާއިރު، އޭނާގެ ބައްޕަ ބުނެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު، އޭނާގެ ދަރިފުޅު ގުޅިއެވެ. އަދި، ފިރިމީހާގެ ގެއިން ގެންގޮސް، ސަލާމަތްކުރަން އެދުނުކަމަށްވެސްވެއެވެ. އަންހެން މީހާގެ ބައްޕަ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާއާއި އޭނާގެ އަންހެނުން އަދި ނިޤާތުގެ މަންމަ، ނިޤާތު ސަލާމަތްކުރަން، އެގެއަށް ދާން ދަތުރުވެސް ފެށިއެވެ.

އެހެންނަމަވެސް، އަނެއްކާވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންނަށް އިވުނީ ނިޤާތުގެ މަރުގެ ޚަބަރެވެ.

މިކަމާ ގުޅިގެން އަންހެން މީހާގެ ފިރިމީހާވަނީ މިހާރު ހައްޔަރުކޮށް، މައްސަލަ ތަޙުޤީޤު ކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ ޝަމީމް

    ރޭޕްސްތާނަކީ ހުތިހާ ނުބައިކަމެއްގެ ހާލި. އެމީހުންގެ ބާރުގެ ދަށަށް މިތަން ދިޔައިމާ ނަޝީދަށް ސުލްޙައިގެ އިނާމު ލިބުނަސް ޢާއްމު ދިވެހީން އުޅޭނީ ހާދަ ހާލެއްގަޔޭ.

  2. އަޙުމަދު

    ސާބަސް އިންޑިއާ މީހުންނަށް. މޯދީ އެކަންކަން ރަނގަޅު ކޮށްބަލަ.

  3. ޝަހޫ

    އެހެން ގައުމުތަކުން ވެސް ތިކަހަލަ ކަންތައް ކުރޭ އަޑު ނީވެނީ

  4. ޙަބޭސް

    ޢެ ފިރިހެންމީހާއަށް ވޜިކުރުމުގެ ހައްގުވެސް ނެތީތަ؟