ގެއްލިގެން ހޯދަމުން ދާތާ 2 އަހަރުވެފައިވާ މީހެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައިވާ ކަމަށް އިނގެރޭސިވިލާތުގެ ފުލުހުން ހާމަކޮށްފިއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ޓިނާ ނަމަކަށް ކިޔާ އަންހެނެއްގެ ހަށިގަނޑެވެ. ފުލުހުން ހާމަ ކުރާ ގޮތުގައި މިމީހާގެ ހަށިގަނޑު ފެނިފައިވަނީ ކައްޓަށް ވެފައިވަނިކޮށް މިމީހާ މަރާލި ކަމަށް ޝައްކު ކުރެވޭ މީހެއްގެ ގޭގެ ގަރާޖުތެރެއިންނެނެވެ.

މިމީހާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ފުލުހުން ވަރަށް ހަލުވި ސުޕީޑެއްގައި މިދިޔަ އަހަރު ކޮށްފައި ވީނަމަވެސް މިމީހާގެ ހަށިގަނޑު ފެނިިފައި ނުވުމުން ފުލުހުންގެ މަސައްކަތްވަނީ މަޑުޖައްސާލާފައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި މިގޮތަށް މިހެން ދިމާވުމަށް މެދުވެރިވީ ތަޙްޤީޤަށް ކުރިމަތިވި ހުރަސްތަކެއްގެ ސަބަބުންނެވެ. އަދި މިމީހާގެ ހަށިގަނޑު ފަހުން ހޯދާފައިވަނީ މިމީހާ މަރާލި ކަމަށް ޝައްކު ކުރެވޭ މީހާ ތަޙްޤީޤަށް އެއްބާރުލުން ދިނުމުންނެވެ.

ދެ އަހަރުފަހުން މިމަރުވި މީހާގެ ހަށިގަނޑު ފެނިފައިވާއިރު، ފުލުހުންވަނީ މިމީހާ މަރާލި ކަމަށް ބެލެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފެނިފައިވާ ހަށިގަނޑަކީ މަރުވެފައިވާ މީހާގެ ހަށިގަނޑު ތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު