ޕްރިންސް ހެރީއާއި މޭގަން މާކަލް ޝާހީ ކައިވެނި ކުރުމުގެ ތިން ދުވަސް ކުރިން ދެ ޕާސަނަލް އެސިސްޓެންޓުން ވަޒީފާއިން ވަކިކުރި ކަމަށާއި އަދި މުވައްޒަފުންނަށް މަލާމާތް ކުރި ކަމަށް ބުނެ އަރާފައިވާ އަޑުތަކަށް މޭގަންގެ ކުރީގެ ލޯބިވެރިޔާ ޖޮޝުވާ ސިލްވާސްޓެއިން ރައްދުދީފިއެވެ.

ޔޫއެސް ވީކްލީއަށް ދިން އިންޓަވިއެއްގައި ޖޮޝުވާ ބުނެފައިވަނީ މޭގަން ދުވަހަކު ވެސް މީހަކަށް ހަނގާ ކުރާތަން ނުވަތަ މަލާމާތް ކުރާތަން ފެނިފައި ނުވާ ކަމަށެވެ.

''މޭގަން އުފަލުގައި ހުންނަ ބޭނުންވާ ކޮންމެ ކަމެއް ވެސް އޭނާ ކުރާ ތަން އަހަރެން ދެކެން. މޭގަން އައިސްފައިވަނީ ކޮން އާއިލާއަކުން ތޯ ނުވަތަ އެފަދަ އެހެން ވެސް ކަމަށް ބެލުމެއް ނޯންނާނެ. މީހުންގެ ހަމުގެ ކުލައާއި ބެހޭގޮތުން ވަކީން ހާއްސަކޮށް ކަޅު މީހަކު އޭނާގެ ނަސްލާއި ބެހޭގޮތުން ވާހަކަ ދައްކާއިރު އެއީ އެކަމަށް މަލާމާތް ކުރުން ނުވަތަ އިހުތިރާމު ނުކުރުމެއް ނޫން'' ޖޮޝުވާ ބުނެފައިވެއެވެ.

އަދި މީގެ ކުރިން ވެސް މޭގަންގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ފެނިފައިވާ ނުވާ ކަމަށާއި މޭގަން ވެސް އަދި އޭނާ ވެސް އެމީހުންގެ ދިރިއުޅުމުގައި އުފަލުގައި ހުރުމުން އެ ނިމުނީ ކަމަށް ވެސް ޖޮޝުވާގެ އިންޓަވިއުގައި ބުނެފައިވެއެވެ.

މޭގަންއާއި ޖޮޝުވާ ލޯބީގެ ގޮތުން ގުޅިފައިވަނީ މޭގަންގެ އުމުރުން 13 އަހަރުގައި ކަމަށާއި އެކުގައި ވަގުތު ހޭދަކޮށް ފޯނުން ގުޅައިގެން ވާހަކަ ދައްކައިފައިވާނެ ކަމަށް ވެސް ޖޮޝުވާ ބުނެފައިވެއެވެ. ޖޮޝުވާ މިހެން ބުނެފައިވަނީ މޭގަންއާއި ހެރީ ކައިވެނި ކުރުމުގެ ހަފުތާއެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައެވެ.