ވެހި އަންހެނެއް ބުރުގާ ބާލަން ބޭނުންވި ނަމަވެސް ބުރުގާ ނުބޭލުހުރީ ދިވެހި މުޖުތަމަޢުގެ ސަބަބުން ކަމަށް ބުނެ ހަދާފައިވާ ވީޑިއޯގެ ސަބަބުން ކަމަށް ބުނެ ހެދި ވީޑިއޯއާއެކު ދިވެހިންގެ ގިނަ ބައެއްގެ ނަފްރަތު އަމާޒުވި ވީލޮގަރއެއް ކަމަށްވާ ނުސައިރު ޔާސީން ( ނަސް ) އެންމެ އަމާން ޤައުމަކީ އައިސްލޭޑް ކަމަށް ބުނެފިއެވެ.

ނަސް މި ގޮތަކަށް ބުނެފައިވަނީ އޭނާގެ ޕޭޖް ކަމަށްވާ ނަސް ޑެއިލީގައި މިއަދު އާއްމުކޮށްފައިވާ ވީޑިއޯއެއްގައެވެ. ނަސް މިހާތަނަށް ހެދި 792 ވަނަ ވީޑިއޯގައި ނަސް ބުނެފައިވަނީ ދުނިޔޭގެ އެންމެ އަމާން ޤައުމަކީ އަދި ދިރިއުޅެން އެންމެ ފަސޭހަ ޤައުމަކީ އައިސްލޭޑް ކަމަށެވެ. ނަސްގެ މިވީޑިއޯގައި އައިސްލޭންޑްގައި ކުށުގެ ނިސްބަތް މަދު ކަމާއި ހިލޭ ބޭސްފަރުވާ އެޤައުމުގައި އޮންނަކަންވަނީ ފާހަގަކޮށްފައެވެ.

ނަސް މިގޮތަށް ވީޑިއޯއެއް ހަދާފައި މިވަނީ ވީލޮގަރ އެއް ކަމަށްވާ  ޑްރޫ ބިންސްކީ ދުނިޔޭގައި އޮތް އެންމެ އަމާންތަނަކީ ރާއްޖެ ކަމަށް ސިފަކޮށް ވީޑިއޯއެއް ހަދާފައިވަނިކޮށެވެ. ނަސްވަނީ މިވީޑިއޯ އާ މެދު މީގެ ކުރިން ނުރުހުންވާކަން ފާހަގަކޮށްފައެވެ. ނަސް އޭރު ބުނެފައިވަނީ ކޮންމެ ވާހަކައެއްވެސް ދައްކަންވާނީ ތެދަށް ކަމަށާއި ނޫންނަމަ މީހުން އެމީހަކަށް ކުރާ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ.

އުމުރުން 25 އަހަރުގެ ނަސްއަކީ އިސްރާއީލަށް އުފަން ފަލަސްތީނު މީހެކެވެ. ނިއުޔޯކްގައި އުޅެ ބޮޑުވި ނަސްއަކީ އެކި ޤައުމުތަކަށް ގޮސް އެޤައުމަކާ ބެހޭގޮތުން އެއް މިނެޓްގެ ވީޑިއޯ ހަދައި ފޭސްބުކްގައި އާއްމު ކުރަމުން އަންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސް ބުރުގާ އަޅަން ފެނޭ