އުމުރުން 55 އަހަރުގެ ސޮއުމީ ނަމަކަށް ކިޔާ މީހަކަށް ގުރުއަތަކުން 315 މިލިޔަން ޑޮލަރު ލިބިއްޖެއެވެ. މިމީހާއަކީ އެމެރިކާގެ ނިއު ޖާޒީގައި ދިރިއުޅެމުން އަންނަ މީހެކެވެ.

ސޮއުމީ ކިޔާދިން ގޮތުގައި މިމީހާއަށް 315 މިލިޔަން ޑޮލަރު ލިބިފައިވަނީ ޖޫސްފުޅިއެއް ރައްދު ކުރަން ގޮސްފައި ނެގި ކޫޕަން އަކުންނެވެ. ބޭރުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ސޮއުމީ ބުނެފައިވަނީ މިމީހާ ގަނެވުނީ އަނބިމީހާއަށް ކަމުދާ ވައްތަރު ނޫން އެހެން ވައްތަރެއްގެ ޖޫސް ފުޅިއެއް ކަމަށާއި އެހެންވެ ފިހާރަޔަށް ޖޫސްފުޅި ބަދަލު ކުރަން ދިޔަ ކަމަށެވެ.

އަދި ފިހާރައިން ޖޫސްފުޅީގެ ބަދަލުގައި އަނބިމީހާ ބޭނުންވި ޖޫސްފުޅި ބަދަލު ކުރިއިރު، އެޖޫސްފުޅީގެ އަގު މާދަށް ކަމަށާއި އެހެން ކަމުން އެ ފިހާރައިން އެހެން އެއްޗެއް ނެގުމަށް ފިހާރައިގައި އިން ކުއްޖާ އެދުނު ކަމަށް ސޮއުމީ ބުންޏެވެ. އަދި ބާކީވި ލާރިއަށް ގަތީ ކޫޕަނެއް ކަމަށާއި ކޫޕަންގަތީ ކޫޕަންގެ ނަންބަރު ރީތިވުމުން ކަމުގައި ސޮއުމީ ބުނެފައިވެއެވެ.

ސޮއުމީ ބުނި ގޮތުގައި އެމީހުންގެ އާއިލާއަކީ ވަރަށް ފަޤީރު އާއިލާއެއް ކަމަށާއި އަދި މިލިބުނު ލާރި ބޭނުން ކުރާނީ ސޮއުމީގެ ދަރިފުޅުގެ ކިޔެވުމުގެ ޚަރަދުތަކަށް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު