އިންޑިޔާގެ ހަރިޔާނާގައި ހައްޔަރުކޮށްފައި ގޭންތަކާއި ގުޅުން އޮންނަ ނުރައްކާތެރި މީހެއް ކަމުގައިވާ ސަންޕަތު ނެހްރާ ހައްޔަރު ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން މަރާލަން އުޅުމުގެ ކުށުގައި ކަމަށް އިންޑިޔާގެ ހަރިޔާނާގެ ފުލުހުން ބުނެފިއެވެ.

ހަރިޔާނާގެ ފުލުހުން ބުނެފައިވަނީ 28 އަހަރުގެ މިމީހާ ހައްޔަރުކޮށްފައިވަނީ ސަލްމާން ޚާން މަރާލުމަށް ރާވަމުން ދަނިކޮށް ކަމަށެވެ. ފުލުހުން ހާމަ ކުރާ ގޮތުގައި މިމީހާގެ ފޯނުން ސަލްމާން ޚާންގެ ގެޔާއި ސަލްމާން ޚާންގެ ގެޔަށް ދެވޭ މަގުތަކާއި ސަލްމާން ޚާން އާއްމުކޮށް ދަތުރު ކުރާ މަގުތަކުގެ ފޮޓޯ ނަގާފައިވާ ކަމަށެވެ.

އިންޑިޔާގެ ފުލުހުން ހާމަ ކުރާ ގޮތުގައި ސަންޕަތްއަކީ މީގެ ކުރިންވެސް ގިނަ މައްސަލަ ތަކުގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށާއި މީނާއާއި މީނާގެ ގޭންގްގެ މީހުންނަކީ މީހުން މެރިމާއި ވައްކަމާއި މާރާމާރީގައި އަރާތިބި ބައެއް ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސަންޕަތު ހައްޔަރުކޮށްފައިވާއިރު، މިކަމުގައި ޝާމިލްވާ އިތުރު ފަރާތްތަށް ހޯދުމުގެ މަސައްކަތް އިންޑިޔާގެ ފުލުހުން ކުރަމުން ދާކަމަށް އެއިދާރާއިން ހާމަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުމާ

    މަ ހިތައްއެރީ ރާއްޖޭގެ ފުޓުބޯޅަކުޅުންތެރިޔާ ސަންޕަތުކަމަށް. މިހާރު ދިވެހިންވެސް އުޅެނީ ވަރަށް ކުރީގަވިއްޔަ.