މިދިޔަ އަހަރާއި މި އަހަރަކީ ބޮލީވުޑުގެ ގިނަ ފަންނާނުން ތަކެއް ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އައިސްފައިވާ އަހަރު ތަކެކެވެ. މީގެތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނަކީ ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރެވެ.

ޝްރައްދާ ކަޕޫރު ވަނީ މި އަހަރު ދެ ފަހަރަށް ރާއްޖެ އައިސްފައެވެ. ފެބްރުވަރީ މަހު ޝްރައްދާގެ ބޭބެ ޕްރިޔާންކްގެ ކައިވެނި ހަފުލާ ބޭއްވުމަށާއި ޝްރައްދާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައިވެއެވެ. ލޯބިވެރިޔާ ރޯހަން ސްރަޝްތާ ވެސް ބައިވެރިވެފައިވާ މި ދަތުރު ނިންމާލާ ހަފުތާއެއް ނުވަނީސް އަނެއްކާ ވެސް ޝްރައްދާ ރާއްޖެ އައިސްފައިވެއެވެ.

ދެވަނަ ފަހަރަށް ޝްރައްދާ ރާއްޖެ އައިސްފައިވަނީ އޭނާގެ ބައްޕަ ޝަކްތީ ކަޕޫރާއި މަންމަ ޝިވާންގީއާއި އެކު ޗުއްޓީ ހޭދަ ކޮށްލުމަށެވެ. މި ދަތުރުގައި ޝްރައްދާގެ ބޭބެ ޝިދާންތު ބައިވެރި ނުވާތީ ޝިދާންތުގެ ހަނދާން އާވާކަމަށް ބުނެ އިންސްޓަގުރާމުގައި ޕޯސްޓު ވެސް ކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by Shraddha ✶ (@shraddhakapoor)

ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލެވުނު މި ދުވަސްތައް މަތިން އަދި ވެސް ހަނދާންކޮށް ޝްރައްދާ އަދި ވެސް ރާއްޖެ އަންނަން ބޭނުން ވެފައިވާކަން އެނގެނީ މިއަދު އިންސްޓަގުރާމުގައި އޭނާ ކޮށްފައިވާ ޕޯސްޓުންނެވެ.

ގުދުރަތީ ރީތިކަމަށް އަދި ވެސް ދާހިތްވާ ކަމަށް ބުނެ ޝްރައްދާ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓުގައިވާ ފޮޓޯއިން ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ އިރު ރީނދޫ ކުލައިގެ ޓޮޕެއް ލައިގެން ހުދު ކުލައިގެ ސްކާޓެއް ލައިގެން ޝްރައްދާ ހުރި ވަރަށް ރީއްޗެވެ.

ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެއަށް އައުމަށް ޕްލޭން ހެދުމަށް މި ޕޯސްޓުގައި ޝްރައްދާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    😍😘

  2. ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

    ހަނދާންވާނެ ރިސޯޓުން ތިޔަހެން ކޮއްލާ ޕޯސްޓަކަށް ރުފިޔާ ދެންޔާ