މާސް އަށް އިންސާނުން ފޮނުވައި، މާސްގައި ކޮންމެވެސް ދުވަހަކުން އިންސާނުން ދިރިއުޅުމަކީ މިހާރު ދުނިޔޭގައި ތިބި ބައެއް ސައިންސްވެރިންގެ ވަރަށް ބޮޑު އުއްމީދެކެވެ. އެއުއްމީދު ހާސިލް ކުރުމަށް ސައިންސްވެރިން ހުއްޓުމެއްނެތި މަސައްކަތް ވެސް އެބަކުރެއެވެ. ތަފާތު ގޮތްގޮތައް ހިސާބު ޖަހައި، އިންސާނުން މާސްގައި އާބާދުކޮށް، އިންސާނީ ދަރިފަސްކޮޅަށް މާސްގައި ގާއިމު ކުރެވޭނެ ގޮތްތައް އެބަބަލައެވެ.
ބައެއް މީހުން ކުރާ ސުވާލަކީ މާސްގައި އިންސާނީ ދަރިފަސްކޮޅެއް އާބާދުވުމަށް ބޭނުންވަނީ ކިތައް މީހުން ހެއްޔެވެ؟ އިންސާނުންގެ ދަރިފަސްކޮޅު މާސްގައި އާބާދު ކުރުމަށް ކިތައް އިންސާނުން މާސް އަށް ގެންދެން އެބަ ޖެހޭ ހެއްޔެވެ؟
މިސުވާލުތަކުގެ ޖަވާބު ދެއްވަނީ ފްރާންސްގެ ބޮޑެކްސް އިންސްޓިއުޓްގެ ޕްރޮފެސަރ ޖީން މާކް އެވެ. މާކް ވިދާޅުވާ ގޮތުގައި މާސްގައި އިންސާނީ ދަރިފަސްކޮޅެއް ބިނާކުރަން ބޭނުންވަނީ 110 މީހުންނެވެ. އެ 110 މީހުންނަށް މާސްގައި ދިރިއުޅެން ފެށިއްޖެނަމަ މާސްގައި ބޮޑު އިންސާނީ ދަރިފަސްކޮޅެއް ދާދިއަވަހަށް އުފެދިގެން ދާނެކަމަށް އޭނާ ވިދާޅުވެއެވެ.
މާސް އަކީ އިންސާނުންނަށް ދިރިއުޅެވިދާނެ ތަނެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށް އަދި ޖަވާބެއް ނުލިބުނު ނަމަވެސް މާސް އަށް އިންސާނަކު ފޮނުވުން އެއީ ވަރަށް ކައިރި މުސްތަގުބަލެއްގައި ސައިންސްވެރިން ހާސިލް ކުރާނެ ކަމެއް ކަމަށް މިހާރު ލަފާކުރެވެއެވެ.
މާސްގައި ދިރާސާތައް ކުރަން އެކި ގައުމުތަކުން ފަހަރަކަށްވުރެ ފަހަރަކު ފެންވަރު ރަނގަޅު އުޅަނދުތައް ފޮނުވަމުން ދާއިރު، އިންސާނަކު މާސްއަށް ފޮވުން އެއީ ކުރިއަށް އޮތް ހައެއްކަ އަހަރުތެރޭގައި ވެސް ކުރެވިދާނެ ކަމެއް ކަމަށް ބައެއް ސައިންސްވެރިން ލަފާ ކުރެއެވެ.
އެހެންކަމުން މި ގަރުނު ނިމުމުގެ ކުރިން އިންސާނުން މާސްގައި ދިރިއުޅެން ފެށުން އެއީ ނުވެނުދާނެ ކަމެއް ކަމަށް ގަބޫލުކުރާ އެތައް ސައިންސްވެރިންނެއް އެބަތިއްބެވެ.
ކަލޭމެން މި ޙަބަރު ޖަހަނ
ހައެއްކަ ފަންޏާ ދަރިމައިކުރާނެ ހާއްޔެއް.
އިންސާނީ ދަރިފަސްކޮލެއްވިއަސް ކޮންމެ ދަރިފަސްކޮޅެއްވިއަސް އުފައްދަން ބޭނުންވާނީ އަންހެން ޖިންސަކާ ފިރިހެން ޖިންސެއް. އެބަހީ އަންހެނަކާ ފިރިހެނެއް.
މާސް ގަ ނުހުރޭ ޤިބުލަ އެއް.. އެންޑް ދަ އައި ވަރަށް ސޭޑު.. މީ ވަރަށް ވާހަކަ.!..
ޜަނގްޅަށް ތި ބުނީ
އަޅެ އަހާފިން ތަ؟ އަދި މާސް އެއީ މާ ބިޓޭ.. ޑޯންޓް މަސް ކަނިންގް ހާރ