އުމުރުން ދުވަސްވެ، މުސްކުޅިވެ، ބަލިކަށިވުމަކީ އެއްވެސް މީހަކު ބޭނުންވާ ކަމެއް ނޫނެވެ. އެހެންވެ އިންސާނުންގެ އުމުރުން ކިތައްމެ ދުވަހެއް ވީނަމަވެސް ހަށިގަނޑު މުސްކުޅިނުވާނެ ގޮތެއް ހެދުން މިއީ ސައިންސްވެރިން ވަރަށް ބޮޑަށް ފިކުރު ހިންގާ ކަމެކެވެ.
1961 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ އިންސާނުންގެ ހަށިގަނޑު މުސްކުޅިވެ، ގައި ބާރުދެރަވެގެން މިދަނީ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ "އުމުރު ހަމަވުމުންނެވެ." އެހެންކަމުން ސެލްތަކުގެ އުމުރު ދިގު ކުރެވިއްޖެނަމަ އިންސާނާގެ އުމުރުން ކިތައްމެ ދުވަހެއް ވީނަމަވެސް ހަށިގަނޑު މުސްކުޅިވިޔަ ނުދީ ހުރެވިދާނެ އެވެ. މިއީ ބުނަން ކިތައްމެ ފަސޭހަ ވާހަކައެއް ނަމަވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ.
ޖެނެޓިކަލީ މޮޑިފައި ކޮށްގެން ސެލްއެއް އުފެއްދި ނަމަވެސް އެސެލްއަކީ އިންސާނުންގެ ހަށިގަނޑުގައި އަސްލު ހުންނަ ސެލްތަކާއި އެއްވަރަށް ސިއްހަތު ރަނގަޅު ސެލްތަކަކަށް ނުވެއެވެ.
ސެލްތަކަށް ބަދަލު ގެނެސްގެން އިންސާނުން މުސްކުޅި ނުވާގޮތް ހަދާ ވާހަކަ ދައްކާއިރު މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިންސާނިއްޔަތާއި ހިލާފު ކަމެއްގެ ގޮތުގައި ބަލާ ކަމެކެވެ. ޔޫރަޕިއަން ޔޫނިއަން އިން ވެސް ނިންމާފައި ވަނީ މިފަދަ ގޮތަކަށް އިންސާނުންގެ ސެލްތައް ބަދަލު ކުރަން މަސައްކަތް ކުރުން އެއީ އިންސާނީ އުސޫލުތަކާއި، އިންސާނީ ވަންތަކަމާއި ހިލާފު ކަމެއް ކަމަށެވެ.
ޕްރޮފެސަރ ޖަނެޓް ތުރޯން ވިދާޅުވަނީ ސެލްއަށް ބަދަލު ގެނެސްގެން އިންސާނުން "މުސްކުޅި ނުވާ ގޮތް ހެދުމަށް" ކުރިއަށް އޮތްތަނުގައި ސައިންސްވެރިން މަސައްކަތްތަކެއް ކޮށްފާނެއެވެ. ނަމަވެސް އެކަމުގައި އެދެވޭ ކާމިޔާބެއް ހޯދަން އަދި އެތައް އަހަރެއް ނަގާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
އޭނާ ވިދާޅުވާ ގޮތުގައި ކުރެވެމުންދާ ދިރާސާތަކާއި ސައިންސްވެރިންނަށް ލިބެމުންދާ މައުލޫމާތައް ބަލާއިރު މުސްކުޅިނުވެ ތިބެވޭނެ ގޮތަކީ ކަސްރަތުކޮށް، ރަނގަޅު ކާނާ ބޭނުން ކުރުމެވެ. އެއީ މުސްކުޅި ވުން ދުރުކޮށްދޭ ކަންކަން މިހާރު ވެސް އިންސާނުން ސާބިތުކޮށްދީފި ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އުފަންވާ އިންސާނީ އުމުރުން ދުވަސްވެ، މަރުވެގެން ދިއުން އެއީ އިންސާނީ ޠަބީއަތެވެ. ﷲ އިންސާނުން ދުނިޔެއަށް ފޮނުއްވި ދުވަހުއްސުރެ ކަނޑައަޅުއްވާފައިވާ އުސޫލާއި ހަމަ ބަދަލު ކުރުން އެއީ އިންސާނުންނަށް ކުރެވޭނެ ކަމެއް ނޫނެވެ.
ދުނިޔޭގެ އެންމެ ލާރިގިނަ މީހުން 2013 އިން ފެށިގެން އެންމެ ބޮޑު ޚަރަދުކުރަނީ މުސްކުޅި ނުވާނެގޮތް ހޯދޭތޯއާއި، ދުވަހަކުވެސް މަރުުނުވާނެގޮތް ހޯދޭތޯ ކުރަމުންދާ ދިރާސާތަކަށް. މިހާރުވެސް އޮކްސްފޯޑްގައި ތިކަމާގުޅޭ ލައްކަ ދިރާސާ ހިނގަމުން އެބަދޭ.
އިންސާނުން މުސްކުޅިއެއް ނުވާނެ މަރުވުމައް ފަހުއެއް.
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ، އިންސާނުން ނެތުމުގެ ތެރެއިން ޚަލްޤް ކުރައްވާފައި، ބުއްދިޔާ ޢިލްމު އުގަންނާ ދެއްވާފައި، މިކައުނު ވަކި ތަރުތީބަކުން ހިނގަން މެދުވެރި ކުރެއްވީމަ، އެކަން އެނޫން ގޮތަކަށް ބަދަލު ކުރަން މަސައްކަތް ކުރުމުން ނިކުންނަ ނަތީޖާ ވަރަށް ހިތިވެސް ވެދާނެ! އެކަލާނގެ އެކަންވެސް އެންމެމޮޅަށް ދެނެވޮޑިގެންވަނީ. ބުއްދީގެ ހަމައިން ބަލާއިރު ކޮވިޑް-19 މުސީބާތް ވެސް އައީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކަމަށް ބުރަވެވޭނެ ކިތަންމެ ހެތްކެއްފެންނަން އެބައޮތް އެގޮތުން، އިންސާނުންބަލިތަކުގައި މަރުވާ ރޭޓް، ބޭހުގެ ސަބަބުން ދަށްކޮށް، އާބާދީ އިތުރުވެ، ކެއިން ބުއިމަށް ބޭނުންވާ، ޕްރޮސެސްޑް ކާނާ އާއި، ކެމިކަލް ބޭނުންކޮށްގެން ގުދުރަތީ ނިޒާމުން އުފެދޭ ކާނާގެ ނިޒާމު އިތުރުކޮށް، ގަނޑުބަޑު ކުރުމުން ކޮވިޑް19 އުފެދުމުގެ ސަބަބެއްކަމަށް ބުރަވެވެން އެބައޮތެވެ. އަނެއްކާ އަނެއްކޮޅުން މިބައްޔަށް ވެކްސިން އުފައްދާ ބަލީގައި މަރުވާރޭޓް ދަށް ކުރުމުގެ ސަބަބުން ދަރިން ލިބުމަށް އަސަރުވެސް ކޮއްފާނޭ ކަމަށް ވެސް ބުރަވެވިދާނެއެވެ. ނަމަވެސް މިއީ ޚިޔާލެކެވެ. މުސްކުޅިނުވާގޮތަށް ސެލްބަދަލު ކުރުމުން، ދެންނިކުންނާނެ ނަތީޖާއެކަކަށްވެސް އެކަމެއް މެދުވެރިވުމުގެ ކުރިން އެނގޭނެހެން ހީއެއްނުވެއެވެ. ދުނީޔޭގައި ދިރިތިބި ބަޔަކަށް ފެނިވެސްދާނެއެވެ.
މަރުވާނެ.. އެ ޔަޤީން ކަމެއް.. ނޭނގެނީ މަރުވާ ވާނީ ކޮންތާކު ކޮންއިރަކު ކަން.. ފުރިގެންވާ ފާފަތަކުގެ ވެރިންނޭ.. ތައުބާވެ، ހެޔޮ ޢަމަލު ކުރަމާ.. ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވެ ހެޔޮ ގޮތުގައި ދުނިޔެ ވޭތުކުރަމާ.. އަބަދަކު ދުނިޔޭގަ ނުތިބެވޭނެ..
﴿26﴾ كُلُّ مَنْ عَلَيْهَا فَانٍ
އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ.
[ އައްރަޙްމާން 26 ވަނަ އާޔަތް [