ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އިނގިރޭސި ޓީވީ ސީރީސް "ގޭމްސް އޮފް ތްރޯންސް" ގައި ޓައިރިއޮން ލެނިސްޓާގެ ރޯލުން ފެނިގެންދާ އެމެރިކާގެ އެކްޓަރު ޕީޓާ ޑިންކަލޭޖް އާއި ވަރަށް ވައްތަރު މީހެއް އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިއާގެ ކަޝްމީރުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ޓައިރިއޮން ލެނިސްޓާ އާއި ވައްތަރުވެގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވަނީ އިންޑިއާގެ ކަޝްމީރަށް އުފަން އުމުރުން 30 އަހަރުގެ ތާރިގް މިރްއެވެ.

ރަހުމަތްތެރިއެއް ކަމަށްވާ އިމްތިޔާޒް އަލީއާއި އެކު ތާރިގް މީސްމީޑިއާގައި ހިއްސާކުރި ފޮޓޯއެއްގެ ސަބަބުން އެތަށް ބަޔަކަށް އޭނާ ޓައިރިއޮން ލެނިސްޓާއާއި ވައްތަރުވެފައިވާއިރު ގިނަ ބައެއް ބުނަމުން ދަނީ ތާރިގް އަކީ ޓައިރިއޮން ލެނިސްޓާގެ ނިބޫ ޓްވިން އެއް ކަމަށެވެ.

އިންޑިއާގެ ތާރިޤް އާއި ޓައިރިއޮން ލެނިސްޓާގެ އިސްކޮޅާއި މޫނުގެ ބަށްޓަމުގައި އެއްވެސް ތަފާތެއްނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އުފެދުމުގައި ޖެހިފައި ހުރި ބައްޔެއްގެ ސަބަބުން އާދައިގެ އިންސާނުންނަށް ވުރެއް އިސްކޮޅުން ކުރުކޮށް ހުރި ޓައިރިއޮން ލެނިސްޓާ ނުވަތަ ޕީޓާ މަޝްހޫރުވެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވަނީ ގޭމްސް އޮފް ތްރޯންސްގެ ސަބަބުންނެވެ.

"ގޭމްސް އޮފް ތޮރޯންސް" އަކީ ދުނިޔޭގެ ތަހުތު ހޯދުމަށް ކުރާ ހަނގުރާމައެއް ދައްކުވައިދޭ ޓީވީ ސީރީސް އެކެވެ.