ބޮލީވުޑްގެ ސުޕަރ ސްޓަރ އަމީތާބް ބަޗަން އާއި ކުރީގެ މަޝްހޫރު ބަތަލާ ރޭކާއަކީ އޮން ސްކްރީންގައި އެންމެ ކަމުދާ ޖޯޑު ކަމާއި މެދު ޝައްކެއްވެސް ނެތެވެ. މީގެ ސަބަބުން ކަންކަންވެސް ހިނގާފައި ވެއެވެ. އެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ވާ ކަމަަށް ބުނެ ތަފާތު ވާހަކަތަކެއްވެސް އިވިގެން ގޮސްފައި ވެއެވެ. އަޅުވާވެސް ކިޔާފައި ވެއެވެ.

އެއިރުވެސް އަމީތާބް ކައިވެނިކޮށްގެން އުޅެނީ ބަތަލާ ޖަޔާ ބަޗަން އާއެވެ. އެއިރު ރޭކާ، އާއި އަމީތާބް ގުޅުމެއް ވާ ކަމަށް ބުނެ ޖާޔާ ރުޅިވެސް އާދެއެވެ.

އެހެން ނަމަވެސް ރޭކާ އާއި އަމީތާބް އެކުގައި ފިލްމް އިންޑަސްޓްރީން ފެންނަން ބޭނުންވާތީ އެއިރުވެސް ފިލްމް އިންޑަސްޓަރީގައި ދެ މީހުންގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ.

އަމީތާބާއި ޖާޔާ އެ ދެ މީހުންގެ ގުޅުމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ދެ މީހުން ވާހަކަދައްކާފައެެއް ނުވެއެވެ.

އެނގޭ ހެއްޔެވެ؟ މި ހުރިހާ ކަމެއް ހިނގަމުން ދަނިކޮށް މީގެ 40 އަހަރު ކުރިން ރޭކާ އާއި އަމީތާބް އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ޖާޔާ އައިސް ރޭކާގެ ކަންކަށިމަތީގައި ޖެހިއެވެ.

އެއީ ރޭކާ އާއި އަމީތާބް އެކުގައި ފެނިގެން ދިޔަ ފިލްމް ރާމް ބަލްރާމްގެ މަސައްކަތުގައި އުޅެނިކޮށެވެ. ޖާޔާ ވަނީ އެ ދެ މީހުން އެކުގައި ފެންނަން ބޭނުން ނުވާ ކަމަށް ބުނެ އެ ފިލްމުން ރޭކާ އެ ފިލްމުން ވަކި ކުރުމަށް މަސައްކަތްކޮށްފައެވެ. އަދި އެ ފިލްމަށް ރޭކާގެ ބަދަލުގައި ޒީނަތް އަމާނީ ލުމަށް އެދުނެވެ. ނަމަވެސް އެއިރު ރޭކާއަކީ ބޮލީވުޑްގެ އެންމެ ލީޑް ތަރިކަމުން އެކަން ނުކުރެވުނެވެ.

އަދި އެ ފިލްމްގެ ޝޫޓިންގް ކުރިއަށްދަނިކޮށް ޖާޔާ ސެޓަށް އައިސް އުޅެނިކޮށް، އަމީތާބް އާއި ރޭކާ ރުޅިވެރިކަމާއެކު ވާހަކަދައްކާ މަންޒަރު އޭނާ އަށް ފެނުނެވެ.

އަދި ޖާޔާ އައިސް ރޭކާގެ ކަންކަށިމަތީގައި ޖެހިއިރު، އެ މަންޒަރު ބަލަން އަމީތާބް އާއި ކްރޫންވެސް ތިއްބެވެ. އެކަމާއި އަމީތާބް ވަރަށް ލަދުގަތް ކަމަށް ވެއެވެ.ލ

ކިޔުންތެރިންގެ ހިޔާލު