އިންޑިޔާގައި ކޯވިޑުގެ ދެވަނަ ރާޅުގައި ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ފިލުމު ''ލުއްކާ ޗުޕީ'' ގެ އެކްޓަރ ކާތިކް އާރްޔާން ވެސް ހިމެނެއެވެ. ކޮވިޑަށް އަށް ފައްސިވުމުން ގޭގައި ކަރަންޓީނުގައި ހުރުމަށް ފަހު ވައިރަސްއަށް ނައްސިވުމުން އެންމެ ފުރަތަމަ ވެސް ގެއިން ނިކުތުމަށްފަހު ގަތީ ކާރެކެވެ.

ކޮވިޑް ޓެސްޓް ހެދުމަށް ފަހު ކާތިކް ވަނީ ޓެސްޓް ނައްސި ވާނީ ތޯ ނުވަތަ ފައްސި ވާނީ ތޯ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ސުވާލު ކޮށްފައެވެ. އޭގެ ފަހުން ޓެސްޓުގެ ނަތީޖާ ލިބި ވައިރަސްއަށް ނައްސިވުމުން ކާތިކް އެންމެ ފުރަަތަމަ ވެސް ގަތީ 4.5 ކްރޯރް ރުޕީސްގެ އަގުބޮޑު ލަމްބަރގިނީ ކާރެކެވެ. އަދި އޭނާ އެ ރޭ މި ކާރު ދުއްވާލަން ގޮސްފައިވެއެވެ.

ކާތިކްގެ އައު ކާރާއި އެކު ޕަޕަރާޒީން ނަގާފައިވާ ފޮޓޯ ތަކުގައި އޭނާ ހުރީ މާސްކު އަޅައިގެންނެވެ. އަދި އޭނާގެ ހާއްސަ ހިނިތުންވުމުން ހިނިތުންވެލައިގެންނެވެ. ނޫކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ޓީޝާޓަކާއި ޑެނިމް ގަމީހެއް ލައިގެން އައު ކާރާއި އެކު ފޮޓޯ ނަގަން ކާތިކް ހުރީ ވަރަށް އުފަލުންނެވެ.

އިޓަލީއިން ގެނެވުނު މި ކާރު އިންޑިޔާއަށް ގެނައުމަށް ވެސް ކާރު ގަތް އަގުގެ ދެބައިކުޅަ އެއްބައި ޚަރަދު ކޮށްފައިވެއެވެ.

އިއްޔެ ކާތިކުގެ ޓްވިޓާގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެެފައިވަނީ ނައްސިވެއްޖެ ކަމަށާއި ހިތްދަތި 14 ދުވަހަށް ފަހު އެނބުރި މަސައްކަތަށް ނިކުތީ ކަމަށެވެ.

ކާތިކްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު ކުރަމުންދަނީ ފިލުމު ''ދަމާކާ'' ގެ މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު