މައިންބަފައިންނަކީ ދަރިން އުދެދުމުގެ އަސްލެވެ. ކޮންމެ މަޔަކި އަދި ބަފަޔަކީވެސް އެ ބަޔެއްގެ ދަރިންނަށް ދެރައެއް ލިބެން ނޭދޭނެ ބަޔެކެވެ. މިއީ ހަމަ އެކަނި އިންސާނުންގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. ދުނިޔޭގައި ލެއްވިހާ ހުރިހާ މަހުލޫގުންވެސް އެ ތަކެތީގެ ދަރިންނަށް ހާއްސަ ސަމާލުކަމެއް ދެއެވެ.

އޭގެ އަލިގަދަ ހެއްކެއް ތިރީގައި އެވަނީއެވެ. ތިރީގައިވާ ވީޑިއޯގައި އެ ފެންނަނީ ކޯރެއް ހުރަސްކޮށްފައި ދާ ދެ ފުއްލާއެވެ. މަންމަ ފުއްލާއަކާއި އެ ފުއްލާގެ ދަރިފުޅެވެ. މަންމަ ފުއްލާ އެދަނީ ދަރީގެ ފަހަތުންނެވެ. އެއީ ދަރިއަށް ލިބިދާނެ ގެއްލުމަކަށް ޓަކައެވެ. ދެން އެފެންނަނީ ބަނޑުހައިވެފައިވާ ކިނބުލެއް ކުޑަ ފުއްލާއާއި ދިމާއަށް ބާރު ސްޕީޑުގައި އަންނަ ތަނެވެ. މި މަންޒަރު ބަލާކަށް މަންމަ ފުއްލާއަކަށް ކެތެއް ނުވިއެވެ. އެހެންކަމުން ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި މަންމަ ފުއްލާ އެ ދިޔައީ ކިނބުލާއި ކައިރިއަށެވެ. ނަތީޖާއެއްގެ ގޮތުން ކިނބޫ އައިސް މަންމަ ފުއްލާ ކާލިއެވެ. ޔާ ﷲ.. ވިސްނައިފި މީހަކަށް އިބްރަތެއް ވާކަން ކަށަވަރެވެ.

 

https://www.facebook.com/Zamzamfarish/posts/1631963876897064

މައިންބަފައިންގެ ފުރާނަވެސް ދަރިންނަށް ޓަކައި ދުއްވާލަން ޖެހިލުން ނުވާނެ ކަން އިސްވެ ދިޔަ ވީޑިއޯއިންވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަތްދާފުޅު / މީދޫ

    ކޮބައިތޯ ވީޑިޔޯ؟

  2. ޖުމާ

    މާޝާ ﷲ..??