މިއީ ޖިންނި އުޅޭ ގެއެކެވެ. މި ގެއަށް ވަންނަން ބޭނުންހެއްޔެވެ؟ އެ ފުރުސަތު އެބައޮތެވެ. އެކަމަކު ބިރުން ފިތްކަނޑައިގެންދާ ވަރު ވެއެވެ. މިއީ ޝާރްޖާހްގައި ހުންނަ ޓްރެޑިޝަނަލް ގޯސްޓް ހައުސް އެވެ. މިއީ މިހާރު އެތައް ބަޔަކު ވަންނަން ދާ ތަނެކެވެ.

މި ގެއަކީ ޖިންނި އުޅޭ ގެއެކެވެ. އެކަމަލު އަސްލު ޖިންނިއެއް ނޫނެވެ.

އެތަނުގައި ރޫހާނީ އަދި ޖިންނި ފަދަ އެއްޗެހި އުޅޭ ކަމަށް ބުނެ މީހުން ބިރުގަންނަވަން ވެގެން އަޑުތަކެއް ފެތުރިފައި ވެއެވެ.

މިހާރު ޝާރްޖާހްގައި ފާހަގަކުރަމުންދާ ޝާރްޖާހް ހެރިޓޭޖް ދުވަސްތަކަށް ހާއްސަކޮށް، މިހާރު އެ ބިރުވެރި ގޭގައި އެ ހުރީ ކުރީގެ ބިރުވެރި ވާހަކަތަކަށް ބިނާކޮށް ހަދާފައި ހުރި ރޫހާނީ ގޮތްތަކަށް ހަދާފައިވާ ތަކެއްޗެވެ.

"މިއީ އެކަން މިހާރުގެ ޖެނެރޭޝަންއަށް ކިޔާދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް" އެ ޓީމުން ވަނީ ބުނެފައެވެ.

އެތަަނަށް ވަންނަން މަސައްކަތް ކުރާ މީހުންނަށް ބިރުވެރި ކަންތައްތަކާއި ކުރިމަތިލާނެއެވެ. އެގޮތުން އެތަނުގެ އެތެރޭގައި ބިރުވެރި އަޑުތަކާއި، މަރުވެފައިވާ ކަމަށް ހެެދިގެން ތިބޭ މީހުންނާއި، ޖިންނީގެ ކުޅިވަރުތަކާއި އެއްޗެހި ފެނިގެން ދާނެއެވެ.

މިއީ ކުރިން އަޑުއިވިފައި ހުރި ބިރުވެރި ވާހަކަތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ހިންގާ ހަރަކާތެއް ކަަމަށް ވެއެވެ. އަދި މިތަނަށް ވަންނަ މީހުން އުޅެން ޖެހެނީ ބިރުން ކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޣގ

    ވަދެ އޮވެބަލަ...🙄

  2. އަހްމަދު

    ކުރީގައި ރާއްޖޭގައި ވަރަށްގިނައިން ކާނިވާ ތައް ހަދާނެ. އެކޮންމެ ތަނެއްގާ ބިރުވެރި ހޮހޮޅަ ކިޔާތަނެއް ވެސް ހަދާނެ. އެތަނަށް ވަނީމާވެސް ކަންތައްހުންނަނީ ހަމަ ތިޔަގޮތަށް. އެއީ ޖިންނި އުޅޭތަނެއްނޫން.