ބޭނުންވާ ތަކެތި

ޓިއްކާ ތައްޔާރު ކުރުމަށް 1/2 ޖޯޑު ޔޯގަޓް 250ގ ބޯން ލެސް ޗިކެން (ކިއުބްކޮށް ކޮށާފައި) 1 ފިޔާ (ކުދިކޮށް ކިއުބްކޮށް ކޮށާފައި) 1/4 ބެލް ޕެޕަރ (ރަތް އަދި ފެހި) ޓިއްކާ މަސާލާ ފްރައިޑް ރައިސް ތައްޔާރު ކުރުމަށް 1 ޖޯޑު ބާސްމަތީ ރައިސް މުށެއްވަރުގެ ސްޕްރިންގް އޮނިއަން 1 މސ ލޮނުމެދު ކުދިކޮށް ކޮށާފައި 1/4 މސ އަސޭމިރުސް (މުގުރާފައި) 1 1/2 މސ އޮލިވް އޮއިލް 1 1/2 މސ ވިނެގަރ 1 މސ ޗިލީ ސޯސް 1 މސ ސޯޔާ ސޯސް 1/2 މސ ޗިލީ އެންޑް ގާލިކް ސޯސް

ތައްޔާރު ކުރާނެގޮތް

ޗިކެން ޓިއްކާ ތައްޔާރުކުރުމަށް ބޭނުންވާ ޓިއްލާ މަސާލާ އާއި ޔޯގަޓް އެއްކޮށްލުމަށްފަހު ކުކުޅު ތަކުގައި އުނގުޅާފައި މެރިނޭޓް ކުރަން ބަހައްޓާލާށެވެ. ގަޑިއެއްހާއިރު ބަހައްޓާލުމަށްފަހު އޮނު ކޮޅަކަށް (ބާބަކިއު ހަދާއިރު މާޝްމެލޯ އަމުނާކަހަލަ) ކުކުޅާއި، ފިޔައި އަދި ބެލް ޕެޕަރ އަމުނާލާށެވެ. ކުކުޅުކޮޅޫގައި ހޭކުމަށްފަހު ބާކީ ހުރިނަމަ ތައްޔާރު ކުރި މަސާލާ ގަނޑު ތަރުކާތީ ތަކުގައިވެސް އުނގުޅިދާނެއެވެ. ކުކުޅާއި މަސް އޮނުކޮޅަށް އަމުނާލުމަށްފަހު އަވަނުން ފިހެލާށެވެ. އޮނުކޮޅަށް އަމުނާނީ ކުކުޅު ކޮޅަކަށްފަހު ފިޔައިކޮޅެއް ދެން އަނެއްކާވެސް ކުކުޅު ކޮޅެއް، ފެހި ބެލްޕެލަރ ކޮޅެއް، ކުކުޅު ކޮޅެއް އަދި ރަތް ބެލް ޕެލަރ ކޮޅެކެވެ. ކޮންމެ އޮނު ކޮޅަކަށްވެސް އަމުނާނީ ފަސް އެތިކޮޅުވަރަށެވެ.

ފްރައިޑް ރައިސް: ތަވާއެއްގައި ތެޔޮފޮދު ހޫނުކޮށްލާށެވެ. ލޮނުމެދު ކޮޅާއި ސްޕްރިންގ އޮނިއަން ކޮޅު ހަނާކޮށްލުމަށްފަހު ސޯސް އަދި ވިނެގަރ އަޅާލާށެވެ. ދެން އަސޭމިރުސް ކޮޅާއި ލޮނު ލުމަށްފަހު ރަހަ ހޔޮވަރުކޮށްލާ ބަތް ކޮޅު އަޅާލާށެވެ. ބޭނުންނަމަ ކުރިން ތައްޔާރު ކުރި ޗިކެން ޓިއްކާ ގައި އެކުލެވޭ މަހާއި ތަރުކާރީ މީގެ ތެރެއަށް އަޅާލާ އެއްކޮށްލެވިދާނެއެވެ. ނޫނީ ވަކިންވެސް ކެވިދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު