އިންސާނެއްގެ ހަށިގަނޑުގެ ހުރިހާ ބައިތައްވެސް މުހިއްމުވާއިރު ހިތަކީ ކޮންމެ މީހެއްގެ ވެސް އެންމެ މުހިއްމު ބައެވެ. ހިތް ހުއްޓިއްޖެނަމަ އެމީހެއްގެ ފުރާނަ ދިޔައީއެވެ. ހިތް ރަނގަޅަށް މަސައްކަތް ނުކުރާނަމަ އެމީހަކަށް އެކަމުގެ އަލާމާތްތައް ފެންނަން ފަށާނެއެވެ.

މޭގައި ރިހުން

މޭގައި ރިހެން ދިމާވާ އެކި ހާލަތްތައް ހުންނައިރު އަބަދު މޭގައި ހިއްސުމަކީ އާދައިގެ ކަމަކަށް ނުހަދާށެވެ. އެއީ ހިތް ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ އަލާމާތެކެވެ. އެހެންކަމުން ޑޮކްޓަރަށް ދައްކާ އެކަމަށް ފަރުވާ ހޯދާށެވެ.

ނޭވާ ކުރުވުން

ހަށިގަނޑުތެރޭގައި ލޭ ދައުރުވާއިރު ފުރަތަމަ އެ ލޭ ފޮނުވަނީ ލަންގް އަށެވެ. އެއީ އެ ލޭތައް އޮކްސްޖިނޭޓް ކުރުމުގެ ގޮތުންނެވެ. އަދި ހިތުގެ ހާލު ދަށްވަމުންދާނަމަ އެގޮތަށް ލޭ ލަންގް އަށް ނުފޮނުވަ ނޭވާލުމަށް ފޮނުވައި އެވެ. އަދި ނޭވާކުރުވުމަށް ދިމާވެއެވެ. މީގެ އިތުރުން ނޭވާ ކުރުވުމަކީ އެހެނިހެން ސިއްހީ ބަލިތަކަށްވެސް މަގުފަހިވާ ކަމެކެވެ.

ބޯއެބުރުން

ބޯއެބުރުމަށް ވަރަށް ގިނަ ހާލަތްތައް ދިމާވެއެވެ. އޭގެ ތެރޭގައި އަބަދު ބޯ އަބުރާ ހޮޑުލުމަކީ ހިތުގެ މައްސަލައަކަށް ވެދާނެއެވެ. ހިތުގެ މައްސަލައެއް ދިމާވުމުން ބޯއެބުރުމަށް މަގުފަހިވަނީ ރަނގަޅަށް އޮކްސްސިޖަން ނުލިބުމުންނެވެ. ލަސްނުވެ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ކިޔުންތެރިންގެ ހިޔާލު