ބޮޑެތި ރަސްމިއްޔާތުތަކުގައި ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ ކޮންމެ މީހަކަށް ވެސް ކަންބޮޑުވުމާއި ހާސްކަން އިހްސާސް ކުރަން ޖެހޭ ކަމެކެވެ. ކުރީގެ ޓީވީ އެކްޓްރެސް މޭގަން މާކެލް ޕްރިންސް ހެރީ އާއި ބައިވެނިކޮށްފައި ވާއިރު ހޮނިހިރު ދުވަހު މޭގަން ވަނީ ތާރީޚީ ބޮޑު ރަސްމިއްޔާތެއްގައި ފުރަތަމަ ފަހަރަށް ބައިވެފައެވެ.

އެރަސްމިއްޔާތުގެ ވީޑިއޯތައް ދިރާސާ ކުރުމަށް ފަހު ތަޖުރިބާކާރުން ބުނަނީ މޭގަންެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުން ކަމަށެވެ.

ބޮޑެތި ރަސްމިއްޔާތުތަކުގައި ބައިވެރިވުން އެއީ ޕްރިންސް ހެރީ އަށް މިހާރު ވަރަށް އާދައިގެ ކަމެކެވެ. އެހެންކަމުން އަނބިކަނބަލުންގެ ހާސްކަމާއި ކަންބޮޑުވުން ކުޑަކުރުމަށް ޕްރިންސް ހެރީ ވަނީ މަސައްކަތް ކުރައްވާފައެވެ.

ގިނަ މީހުންތަކެއްގެ ތެރެއަށް ނިކުންނަން ޖެހުމުން ހާސްވުމާއި ކަންބޮޑުވުން ކުރިމަވުން އެއީ މައްސަލައެއް ނޫނެވެ. ގިނަ ދުވަސްވާރަކަށް އެކަން ކުޑަވެ މީހުން ހަމައަކަށް އެޅެއެވެ.