ޓައިވާންގައި ލޯބިވެރިޔާ ބޭވަފާތެރިވިކަމަށް ހީކޮށް ޖިންސީ ގުނަވަން ބުރިކޮށް ފްލަޝްކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ޖިންސީ ގުނަވަން ބުރިކޮށްލާފައި ވަނީ އެ ފިރިހެން މީހާ ނިދާފައި އޮއްވައެެވެ.

ހުއަންގް ނަމަކަށް ކިޔާ މީހަަކަށް ދިމާވި މި ހާދިސާގައި އެ މީހާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ލިބިފައެވެ.

އަނިޔާ ލިބުނު ފިރިހެން މީހާ އަށް ނިދިން ހޭލެވުނީ އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލުމުން ކަމަށާއި އޭރު ޖިންސީ ގުނަވަން ބުރިކޮށްލުމުން މުޅި ހަށިގަނޑުގައި ވޭން އަޅާ ކަމަށް އޭނާ އާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

52 އަހަރުގެ އެމީހާ ނިދާފައި އޮއްވާ އޭނާގެ ލޯބިވެރިޔާ އޭނާ އަށް ހަމަލާ ދިނީ ކުއްލިއަކަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

3 ކުދިންގެ ބައްްޕައެއް ކަމަށްވާ ހުއަންގް އަށް ހޭލެވުނު އިރު އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލުމުން ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔައެވެ.

ހުއަންގްގެ ލޯބިވެރިޔާ އަކީ އުމުރުން 40 އަހަރުގެ ފަންގް ނަމަކަސް ކިޔާ އަންހެނެކެވެ. އޭނާ ހުއަންްގްގެ ޖިންސީ ގުނަވަން ބުރިކޮށްލީ ބަދިގޭގައި ބޭނުން ކުރާ ޒާތުގެ ކަތުރަކުންނެވެ. އޭނާ ޖިންސީ ގުނަވަން ފްލަޝް ކުރީ ފަހުން ވެސް ޖިންސީ ގުނަވަން ގުޅުވާނެ ފުރުސަތެއް އޭނާ އަށް ދޭން ބޭނުން ނުވާތީ ކަމަށް މީޑިއާތަކުގައި ވަނ ބުނެފައެވެ.

ޖިންސީ ގުނަވަން ބުރިކޮށްލުމަށް ފަހު ފުލުހުންނާއި ހަވާލުވެފައި ވަނީ ފަންގް އަމިއްލައަކަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަރަށް ބޮޑަށް ލޭ އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ސްޓޭބަލްއެވެ.

އަދި ހާދިސާ ހިނގި ސަރަހައްދުން ޖިންސީ ގުނަވަން ބުރިކުރުމަށް ބޭނުން ކުރި ކަތުރު ވަނީ ފެނިފައި ކަމަށް ވެސް އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހުއަންގް ލޯބިވެރިޔާ އަށް ބޭވަފާތެރިވި ކަމަށް ލޯބިވެރިޔާ އަށް ހީކުރެވުނު ނަމަވެސް އޭނާ އެފަދަ ކަމެއް ނުކުރާކަން ފަހުން ވަނީ އެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެނެޑީ

    ކަލޯގަޔާ

  2. ކޔ

    އައުޗް!