ޕުޝްޕިކާ ދި ސިލްވާއަށް ސްރީލަންކާގެ ރީތީގެ ރާނީގެ ލަގަބް ލިބުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ކެރޮލިން ޖޫލީ ސްޓޭޖް މަތިން އޭނާގެ އަތުން ތާޖު އަތުލި މައްސަލައިގައި ފާޑުކިޔުން އަމާޒުވެ، ސްރީލަންކާގައި އެކަމުގެ ބޮޑު ބަހުސެއް ފެށިއްޖެއެވެ. ޕުޝްޕިކާ ބުނެފައިވަނީ ގަދަ ކަމުން ތާޖު ނަގަން އުޅުމުގެ ތެރެއިން އޭނާއަށް އަނިޔާ ވެފައިވާ ކަމަށެވެ.

2020 ވަނަ އަހަރުގެ މިސިސް ސްރީލަންކަން ތާޖު ލިބިފައިވަނީ ޕުޝްޕިކާ ދި ސިލްވާ އަށެވެ. ޓީވީތަކުން ވަގުތުން ދައްކަމުން ގެންދިޔަ ރަސްމިއްޔާތެއްގެ ތެރެއިން މި ތާޖު ހަވާލު ކުރެވުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވަނީ 2019 ވަނަ އަހަރު ސްރީލަންކާގެ ރީތީގެ ރާނީގެ މަގާމު ލިބުނު ކެރޮލިން ޖޫލިންއެެވެ.

ކޮލަމްބޯ ގެޒެޓްގައި އާންމު ކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ ރީތީގެ ރާނީ ހޮވުމުގައި އަމަލު ކުރާނެ ގޮތުގައި ގަވާއިދެއް ޖޫލިން ހަނދާން ކޮށްދޭ މަންޒަރެވެ. އޭނާ އަޑުގަދަ ކުރަމުން ބުނެފައި ވަނީ ވަރިވެފައި ތިބޭ މީހުންނަށް މިސިސް ސްރީލަންކަން ތާޖު ނުލިބޭނެ ކަމަށް ގަވައިދުގައި ބުނެފައި އޮންނަ ކަމަށެވެ.

ޖޫލިން ބުނެފައި ވަނީ ގަވާއިދުގެ ތެރޭގައި ކައިވެނިކޮށްގެން ހުރުން ހިމެނިފައިވާ ކަމަށާއި، ތާޖު ލިބެން ޖެހޭނީ ރަނަރަޕްއަށް ކަމަށެވެ. މިހެން ބުނުމަށް ފަހު ތާޖު ދި ސިލްވާގެ ބޮލުން ނަގައި ރަނަރަޕްގެ ބޮލުގައި ޖޫލިއަން އަޅުވައިދިނުމާއި އެކު ދި ސިލްވާ ސްޓޭޖުން ފައިބައިގެން ދާ މަންޒަރު ފެނެެއެވެ.

ޕުޝްޕިކާ ދި ސިލްވާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ގަދަ ކަމުން ތާޖު ނެގުމުން އަނިޔާވި ކަމަށާއި، އޭނާ އަކީ ކައިވެންޏެއްކޮށް ވަރިވެގެން ހުރި އަންހެނެއް ނޫން ކަމަށެވެ. ވަރިވޭފައިކަން ސާބިތު ކޮށްދިނުމުގެ ގޮތުން ވަރިވެފައިކަން އިނގޭ ލިޔުމެއް ދައްކާލުމަށް ދި ސިލްވާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

މިމައްސަލަ އަލުން ބަލައި ޕުޝްޕިކާ އަށް އަލުން ރީތީގެ ރާނީގެ މަގާމު ދިނުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބޯ

  ވިމެން. އަބަދުވެސް ހާލު މީ ހަމަ. އަންހެންވެރިން. ބޯހަލާކު

  • ސޭ

   ފިރިހެންވެރިން ފުޓުބޯޅައާ ބިޓުންނާހެދި ތަޅާ ފޮޅާނެ އަބަދުވެސް ހާލު.

 2. ހަހަ

  އެއްވެސް އުސޫލެއްނެތް ލައިކު މޯލްދިވްސް