މީގެ އަހަރުތަކެއް ކުރީގެ ކަމެެކެވެ. އެއިރު އެންމެ މަޝްހޫރު ވަމުން އައި ތަރިންނެވެ. އެއިރު މި ތަރިންގެ ފަސްބައިގައި ކިލަނބުަމެއް ނެތެވެ. އެކަމަކު ފަހުން ފަހުން އައިސް، މުޅި ހަޔާތް ކިލަނބުވާން ފެށިއެވެ. ބައެއް ތަރިންގެ ބަރަހަނާ ވީޑިއޯތައް ލީކްވާން ފެށިއެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކޮރެއާގެ ބަރަަހަނާ ވެބްސައިޓަކަށް މި ވަނީ ފިރިހެނެއްގެ ބަރަހަނާ ވީޑިއޯއެއް ލީކް ކޮށްލާފައެވެ. އެއީ ވެބްކެމް އަކުން ނަގާފައިވާ ވީޑިއޯއެއް ކަމަށް ކޮރެންބޫގެ ރިޕޯޓްތައް ބުނެއެވެ.

އެ ވީޑިއޯ ފެނުނު ބައެއް މީހުންނާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުން، އެއީ ސީދާ އެ ތަރިކަން ޔަގީން ނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެކްޓަރ ސިއޯ ޖޫން ޔަންގް ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ވަނީ މަޝްހޫރު ބައެއް ޑްރާމާތަކުން ފެނިގެން ގޮސްފައި ވާ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި ޑީޕް ރޫޓެޑް ޓްރީ، ޝާޕް 3 ހިމެނެއެވެ.

ސިއޯ ޖޫން ޔަންގް އެ ވާހަކަތައް ދޮގުކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްޗެއް އޭނާ ހާމައެއް ކުރެއެވެ.

މިކަން ހިނގިތާ ދެ ތިން ދުވަސް ކުރިން އެހެން ކޮރެއާ ތަރިއެއްގެވެސް ބަރަހަނާ ވީޑިއޯއެއް ލީކްވިއެވެ. އެއީ ސިއޯ ހާ ޖޫން ކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިގޮތަށް ލީކް ވަމުންދަނީ މަޝްހޫރުކަން ހޯދަމުން އަންނަ ފަރާތްތަކާއި، މަޝްހޫރުވެފައިވާ ފަރާތްތަކެވެ.