ބޮލީވުޑުގެ ބަތަލާ ސަނީ ލިއޯން މުމްބާއީގެ އަނދޭރީ އަވަށުން 48 ލައްކަ ރުޕީސްއަށް ފުލެޓެއް ގަނެފިއެވެ.

މިއީ މިހާރު މަރާމާތުގެ މަސައްކަތް ކުރިއަށްދާ އެޓްލާންޓިސް އިމާރާތުގެ 12 ވަނަ ފުލޯއިން ގަނެފައިވާ ފުލެޓެކެވެ.

ކޮވިޑް-19ގެ މި ހިތްދަތި އަދި އަތްމަތި ދަތި ދުވަސްވަރު ގަތް މި އަގުބޮޑު ގެއަށް ސަނީ އަދި ބަދަލެއް ނުވެއެވެ. އެއީ އެ އިމާރާތަކީ އަދި ވެސް މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ އިމާރާތެއް ވީމައެވެ.

4365 ސްކޮޔާ ފީޓުގެ ބޮޑު އެޕާޓްމެންޓު ސަނީ ގަނެފައިވަނީ އޭނާގެ އަމިއްލަ ނަން ކަމުގައިވާ ކެރެންޖިތު ކޯރް ވޮހޮރާގެ ނަމުގައެވެ.

ކޯވިޑުގެ ކަންތަކުގެ ސަބަބުން ފައިސާގެ ދަތިކަމާއި ފައިސާ ހޯދޭނެ މަގުތަކަށް އެޅިފައިވާ ހުރަސްތަކާއި އެކު ވެސް މިފަދަ ދުވަސްވަރެއްގައި ސަނީ އަގުބޮޑު ގެއެއް ގަތުމުން ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

މި ފާޑުކިޔުންތަކަށް ރައްދުދީ ބޮލީވުޑު ލައިފުގެ ރިޕޯޓްގައި ބުނެފައިވަނީ ސަނީ ލިއޯންއަކީ މޮޅު އެކްޓަރެއްގެ އިތުރުން ވިޔަފާރި ވެރިއެއް ކަމަށެވެ.

އިމާރާތް ގަތުމުގެ ސްޓޭމްޕް ޑިއުޓީގެ ޗާޖު ސަރުކާރުން ދަށް ކޮށްފައިވާ މި ދުވަސްވަރާއި ބަލާފައި ސަނީ ގެ ގަނެފައިވާ ކަމަށް ވެސް މި ރިޕޯޓްގައިވެއެވެ.

ސަނީ ލިއޯންގެ ގޭގެ އެތެރެ ބަލައިލުމަށް ބޭނުންވާ ފަރާތްތައް ވެސް މަދެއް ނޫނެވެ. އޭނާގެ ސަޕޯޓަރުން އިންތިޒާރު ކުރަމުން ދަނީ ސަނީގެ އައު ގޭގެ އެތެރޭގެ ދައްކާލާނެ ދުވަހަކަށެވެ.

ސަނީ މިހާރު ދަނީ އޭނާ ހުށަހަޅައިދޭ ޝޯ ސްޕްލިޓްސްވިލާގެ 12 ވަނަ ސީޒަންގެ މަސައްކަތެވެ. ސަނީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސައުތު އިންޑިއަން ފިލުމަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝޮރޮކޮނޮ

    ސޯލްމޭޓުން ބިންމަތީގަ ދިމާވާން ޖެހޭނީ ތިމަންނަގެ ހުއްދަ ހޯދައިގެން ދައްކާ ހުރިހާ ވާހަކައެއް ކުރާ ހުރިހާ ކަމެއް ތިމަންނައަށް އަންގައިގެންނެ ބުނެ އެދެމީހުންގެ ގުޅުމަށް ހުރަސް އަޅައިގެން އުޅޭ އިންސާނާއަށް

    4
    2
  2. އަންނި

    ލާރި ބޭނުންވަނީ ދޯ ސަނީ.

    2
    1