ސައުތު ކޮރެޔާގެ ކޭ ޕޮޕް ލަވަތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ގިނަ ބައެއްގެ މަގުބޫލު ކަމެއް ހޯދާފައިވާ ލަވަތަކެކެވެ. މި ލަވަތައް ކިޔާ ގުރޫޕްތަކުން އެންމެ ފާހަގަ ކޮށްލެވޭ އެއް ގުރޫޕަކީ ބީިޓީއެސްއެވެ.

ބީޓީއެސްގެ ލަވަ ޑައިނަމައިޓްއާއި ޕީއެސްވައިގެ ގަންގްނަމް ސްޓައިލް ލަވައަކީ މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ދިޔަ ދެ ލަވައެވެ. މި ދެ ލަވައިގެ ތެރެއިން ކޮރެޔާގައި އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ ކޮން ލަވައަކަށް ހެއްޔެވެ؟

ބީޓީއެސްގެ ޑައިނަމައިޓްއަކީ އެތައް އެވާޑުތަކާއި އަދި އެތައް ޗާޓެއްގައި ގިނަ ދުވަސްތަކެއް ވަންދެން، އަދި މިހާރު ވެސް ރަސްކަން ކުރަމުުންދާ ލަވައެކެވެ. ހަމައެގޮތަށް ޕީއެސްވައިގެ ގަންގްނަމް ސްޓައިލް ލަވައަކީ ގިނަ އެވާޑްތަކާއި އެކު ޗާޓުތަކުގައި ރަސްކަން ކޮށްފައިވާ ލަވައެކެވެ.

ބިލްބޯޑުގެ ހޮޓް 100 ގެ ލިސްޓުގައި އެތައް ދުވަހެއް ވަންދެން އެއްވަނައިގައި އޮތް ބީޓީއެސްގެ ޑައިނަމައިޓް ލަވައަކީ އެންމެ ގިނަ ދުވަހަށް ޗާޓުގެ އެއްވަނައިގައި އޮތް، ދެކުނު ކޮރެޔާގެ އެންމެ މަގުބޫލު ލަވައެވެ. މިކަމުގެ ޝުކުރު ބީޓީއެސްއިން އަދާ ކުރަނީ އާރމީއަށެވެ.

ބީޓީއެސްގެ ޑައިނަމައިޓް ވަނީ ބިލްބޯޑުގެ ހޮޓް 100 ގެ އެއްވަނަ ބައްތިރީސް ހަފުތާ ވަންދެން ހޯދާފައެވެ. މި ޗާޓުގެ ދެވަނައިގައި ވަނީ ޕީއެސްވައިގެ ގަންގްނަމް ސްޓައިލެވެ. އެއީ ބިލްބޯޑުގެ ހޮޓް 100 ގެ އެއްވަނަ އެއްތިރީސް ހަފުތާ ވަންދެން ހޯދާފައެވެ.

މި ލިސްޓުގައި ދެން ހިމެނެނީ ވިހި ހަފުތާ ވަންދެން އެއްވަނަ ހޯދާފައިވާ ލަވަ ބޭބީ ޝާކްއާއި ފަނަރަ ހަފުތާ ވަންދެން އެއްވަނަ ހޯދާފައިވާ ލަވަ ޖެންޓްލްމަންއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Jimin

    Bts💜

    23
    14
  2. ކަރާ ބަނޑޭ™

    ގަންގްނަމް ސަޓައިލް

    20
    12
  3. TAE SAYS ARMY

    Dynamite 💜

    26
    12
  4. އާރމީ

    އޮފް ކޯސް ބީޓީއެސް!!

    12
    4
  5. ބަންގް ޕީޑީ އަނބި

    ޑައިނަމައިޓް 💜💜💜

    10
    3
  6. ◦˚вυℓℓєтρяσσf.fαиgιяℓ◦˚

    އޮފްކޯޒް އިޓް އިޒް ޑައިނަމައިޓް...ބީޓީއެސް އާ ގާތް ކުރެވޭ ވަރުގެ ކޭ-ޕޮޕް ބޭންޑެއް ނުވެސް ނެތް....ހޯދާ ބެލިޔަސް ނުފެންނާނެ...ބީޓީއެސް އާރމީ ފޯރ އެވާރ 💜💜💜
    💫✨⭐Light it up like dynamite