ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދާ އަހުމަދު އާސިމަށް ގޭންގަކުން ހަމަލާ ދީފިއެވެ.

އޭނާއަށް ހަމަލާ ދީފައި ވަނީ، ހޯމަ ދުވަހު މެންދުރު ފަހު މާލޭ ކިންގްސް ކޯނާ ރެސްޓޯރަންޓުގައި އިންދާއެވެ.

"ވަގުތު"އާ ވާހަކަދައްކަމުން އާސިމް ބުނިގޮތުގައި، މިހާރު އެ މައްސަލަ އޭނާ ވަނީ ފުލުހަށް ހުށަހަޅާފައެވެ.

އާސިމް ބުނީ، އޭނާއަށް ހަމަލާ ދީފައި ވަނީ މީހަކު ފޮނުވައިގެން އައި ބަޔަކު ކަމަށެވެ.

އަދި އެ މީހުން އައިސް އޭނާގެ ކަންފަތް މަތީގައި ޖެހީ ކަމަށާއި، އަދި އެކަމާއި ގުޅިގެން އޭނާ އައިޖީއެމްއެޗްއަށް ގޮސް ޑޮކްޓަރަށްވެސް ދައްކާފައިވާ ކަމަށް އާސިމް ބުންޏެވެ.

ޑޮކްޓަރާއި ހަވާލާދީ އާސިމް ބުނީ، އޭނާގެ ކަންފަތުން ލޭ އައިސްފައި ހުރި ކަމަށެވެ.

އޭނާ ތުހުމަތު ކުރާގޮތުގައި، އެއީ ނޫރުލް ގުރުއާން ހިންގަމުންދާ މީހާ ކުރާ ކަމެކެވެ.

އާސިމަކީ ކުރިން ލަވަތަކުން ފެނިގެން ދިޔަ ތަރިއެކެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުމެވުނީވެސް 2000 ވަނަ އަހަރު ނެރުނު ލަވައަކުންނެވެ. އޭނާ 50 އަށްވުރެ ގިނަ ލަވަ ކުޅެފައިވާއިރު، އެތައް ޑްރާމާއެއްގައި އާއި ފިލްމްތަކެއްގައިވެސް މަސައްކަތް ކޮށްފައި ވެއެވެ.

އަދި އޭނާއަކީ މިހާރު ފަހުގެ ފިލްމްތަކުންވެސް ފެންނަމުންދާ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުޙައްމަދު

    ނޫރުލްޤުރުއާން ހިންގާ މީހާ ކުރިކަމެކޭ... ހަމަ އަނގަ އޮތީމަ އެއްޗެއް ބުނަނީތަ. ނޫނީ ހެކިދައްކާ.. ނޫރުލްޤުރުއާނޭ ޤުރުއާނާ ބެހޭ މަރުކަޒޭ އިސްލާމީ މަރުކަޒޭ ކިޔަނީ ކާކުގެ ތާއީދުލިބޭނެކަމަށް

    43
    16
    • އާސިމް

      ހެކި ހުރެގެން ވާހަކަ މިދައްކަނީ

      4
      3
  2. ކަރާ ބަނޑޭ™

    އެހެންވެސް ވާނެ

    13
    9
  3. Anonymous

    އާސިމް މީހުން ކޮއްފައިވާ އިންވެސްޓްތަކައް ހުރަސް އަޅައި ބިރުދައްކަންޏާ ވާނީ ތިހެން

    20
    9
  4. ތިރިބެ

    ތިޔައީ ހުސް ފޭކު ނޫރުލް ގުރުވާވާން ހިންގުން ބޮޑުކަނެއް މީހުންގެލޯބިލިބިފަހުރިމީހެއް ތިފަދަކަމެއްނުކުރާނެކައް ޔަގީން މިނޫދުވަހެއްއެބައޮތްކަންޔަގީން އައްހެނެއްލިބިދާނެ އެދުވަހުން ދޮގެއްނެހެދޭނެ

    1
    3
  5. މުހުއްމަދު

    ފިލްމުސްޓާރުން އުޅަެތަ ރާއްޖޭގަ ވެސް؟

    • ފިލުމް ސްޓާ

      ފިލުމް ސްޓާރުން އުޅޭކަން އިނގޭނެ ހާލުގަ ޖެހިގެން ޓެލެތޯން ބާއްވަންވީމަ

  6. ޖިލާ

    މިކަމާ ފައުޒީ ބުނަނީ ކީކޭ