ޕްރިންސަސް ޑަޔާނާއަކީ އޭނާގެ އިންސާނިޔަތު ކަމާއި އެއްވަރަށް ފެޝަނަށް ލޯބި ކުރުމުގައި ވެސް ފާހަގަ ކޮށްލެވޭ މީހެކެވެ. ޑަޔާނާގެ އިސްތަށިގަނޑު ކުރުކޮށްދިން ސްޓައިލިސްޓް ސެމް މެކްނައިޓް ބްރިޓިސް ވޯގްއަށް ދިން އިންޓަވިއުއެއްގައި ޑަޔާނާގެ އިސްތަށިގަނޑު ކުރުކުރެވުނު ގޮތް ކިޔައިދީފިއެވެ.

ސެމް ބުނެފައިވާ ގޮތުގައި އޭނާ އެންމެ ފުރަތަމަ ޑަޔާނާއާއި ދިމާވީ ފޮޓޯ ޝޫޓެއްގެ ތެރެއިންނެވެ. މި ފޮޓޯ ޝޫޓުގައި ޑަޔާނާގެ އިސްތަށިގަނޑު ރީތިކޮށްދިނީ އޭނާ ކަމަށް ބުނެފައިވެއެވެ.

މި ފޮޓޯ ޝޫޓަށް ޑަޔާނާގެ އިސްތަށިގަނޑު ކޮށާލައިފައިވާ ފަދަ ގޮތަކަށް ހަދާފައިވާ ކަމަށާއި އަދި އެ ގޮތް ޑަޔާނާއަށް ވަރަށް ކަމުގޮސް، އެ ހެއަރ ސްޓައިލްއާއި މެދު ހިތްހަމަޖެހުނު ކަމަށް ވެސް ސެމް ބުނެފައިވެއެވެ.

އިސްތަށިގަނޑު ކޮށާނުލައި ކުރުކޮށްފައިވާ ފަދަ ގޮތަކަށް ހެދުމުން ޑަޔާނާ ބޭނުންވީ އަސްލަށް އެގޮތަށް އިސްތަށިގަނޑު ކޮށާލާށެވެ. ޑަޔާނާގެ އިސްތަށިގަނޑަށް ބޭނުން ގޮތެއް ހަދަން ލިބިއްޖެނަމަ ސެމް ހަދާނީ ކިހިނެއްތޯ ޑަޔާނާ ސުވާލު ކުރި ކަމަށާއި އޭގެ ޖަވާބުގައި ޑަޔާނާގެ އިސްތަށިގަނޑު އެއްކޮށް ކުރުކޮށްލާނީ ކަމަށް ސެމް ބުނެފައިވެއެވެ.

ޑަޔާނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލައި ގެނައި ހެއަރ ސްޓައިލްއަކީ ސެމްގެ ފުރަތަމަ ''ވާވް'' ހެއަރ ސްޓައިލް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 90 އިގެ އަހަރުތަކުގެ ކުރީކޮޅު ގެނެވުނު މި ހެއަރ ސްޓައިލަކީ މިހާރު ވެސް ވަރަށް ކަމުދާ ހެއަރ ސްޓައިލެކެވެ.

ސެމްއަކީ ވެސް މިހާރު ވެސް މަޝްހޫރު ފަންނާނުންގެ ހެއަރ ސްޓައިލް ކޮށްދޭ ފަރާތެކެވެ. އޭގެތެރޭގައި ކޭޓް މޮސް، ލޭޑީ ގާގާ ފަދަ ފަންނާނުން ހިމެނެއެވެ.