ކައިވެންޏަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަހަށް ވާނެ އެވެ. އަދި އެ ދުވަހަކީ ރީއްޗަށް ހެދުން އަޅައިގެން އެކަމަށް ހާއްސަވާ ދުވަހަކަށް ވާނެއެވެ.

މިއީވެސް އެ ހާއްސަ ދުވަހަށް ރީއްޗަށް ހެދުން އެޅި އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނެެކެވެ. އެހެން ނަމަވެސް ކައިވެނީގެ ހަފްލާއަށް ދާން ޖެހުނީ ހަމައެކަނި ސޯޓު ލައިގެންނެވެ.

މިހާރު އިންޑޮނޭޝިއާގެ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެ ކައިވެނީގެ ފޮޓޯތައް އާއްމުވަމުންދާއިރު، ފެނިގެން ދަނީ އެ ފިރިހެން މީހާ މަތިން އެއްޗެއް ނުލައި ތިރިން ހަމައެކަނި ސޯޓެެއް ލައިގެން ކައިވެނީގެ ހަފްލާގައި އަނބިމީހާއާއެކު އިންނަ ތަނެވެ.

އެ ފޮޓޯތަކުން އޭނާގެ އަތް ބިންދައިގެން ގޮސްފައިވާ ކަހަލަ ގޮތަކަށް ޕްލާސްޓާއެއް އަޅާފައިވާއިރު، އަތުގެ އެކި ތަންތަނުގައި ބެންޑޭޖް އަޅާފައިވާ މަންޒަރުވެސް ފެނެއެވެ.

އެހެން ނަމަވެސް އޭނާގެ އަނބިމީހާ ހުރީ، ކައިވެންޏަށް ހާއްސަކޮށް ފަރިވެގެންނެވެ. އޭނާ ހުރީ ކައިވެންޏަށް ހާއްސަކޮށް ރީތި ސަގާފީ ހެދުމެއް ލައިގެންނެވެ.

އެ ފޮޓޯތައް އާއްމުވުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ލިބިގެން ދިޔައެވެ. އަދި އެތައް ބަޔަކަށް އެކަން ވީ ބޮޑު ދެރައަކަށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އެ ކައިވެނީގެ ހަފްލާއަަށް އެ ހާލުގައި ދާން ޖެހުނީ ކައިވެނީގެ ހަފްލާ އޮތް ދުވަހުގެ ހަތަރު ދުވަސް ކުރިން އޭނާ ސައިކަލުން ވެއްޓި އަނިޔާތަކެއް ލިބުމުންނެވެ.

އަދި އެ ހާލަތުގައި އޭނާއަށް ކައިވެނީގެ ހެދުން ލުމަށް އުނދަގޫވި ކަމަށާއި، ސަބަބެއް ކަމަށް ވަނީ އޭނާ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރުން ކަމަށް ބުނެފައި ވެއެވެ.

އޭނާ އެ ކައިވެނީގެ ހަފްލާއަށް ހެދުން ނޭޅިކަމުގަވިޔަސް އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބިގެން ދިޔައެވެ. އަދި އެތައް ބަޔަކު ވަނީ އެއީ އެހެން މީހުންނަށްވެސް ހުރި ނަމޫނާއެއް ކަމަށާއި، އޭނާއަކީ ވަރަށް ޒިންމާދާރު މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު