މިދިޔަ ފެބްރުއަރީ މަހު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް އެކްސިޑެންޓުވީ އިރު ކާރު ދުއްވަމުން ދިޔައީ ކާރު ދުއްވުމަށް ހަމަޖެހިފައިވާ ސްޕީޑް ލިމިޓަށް ވުރެ ދެ ގުނަ ބާރަށް ކަމަށް އެމެރިކާގެ ކެލިފޯނިއާގެ ފުލުހުން ބުނެފިއެވެ.

ކާރު އެކްސިޑެންޓްވުމުގެ ކުރިން ޓައިގާ ވުޑްސް ކާރު ދުއްވަމުން ދިޔައީ ގަޑިއަކު 140 ކިލޯމީޓަރުގެ ބާރު މިނުގައެވެ. މި އެކްސިޑެންޓުގެ ސަބަބުން ޓައިގާ ވުޑްސްއަށް ސީރިއަސް އަނިޔާތަކެއް ލިބި އޮޕަރޭޝަނެއް ކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބަކީ ގަވާއިދާ ހިލާފަށް އުޅަނދުތައް ބާރު މިނުގައި ދުއްވައިގެން ކަމަށެވެ. މިފަދަ އެކްސިޑެންޓުތަކުގައި އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވެފައިވާ އިރު ރައްކާތެރި ކަމާއެކު ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރެއެވެ.

ބަޔެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރުގެ ބުރަކި ނުޖެއްސިގެން ކަމަށެވެ.

ހޮސްޕިޓަލުގެ ފަރުވާއަށް ފަހު ޓައިގާ ވުޑްސް މިހާރު ވަނީ ގެއެށް ފޮނުވާލައިފައެވެ.