މީސް މީޑިއާގައި ހުރި ދަރިފުޅު ސްޓޯމީގެ ހުރިހާ ފޮޓޯއެއް ޑިލިޓް ކޮއް ދެން އިތުރަށް ދަރިފުޅުގެ ފޮޓޯތަށް މީސްމީޑިއާއަށް ނުލުމަށް ކައިލީ ޖެނާ ނިންމައިފިއެވެ.

އަލަށް މަންމައަކަށް ވުމުން، މިހާރު އުމުރުން ހަތަރު މަސް ފުރިފައިވާ ދަރިފުޅަށް ހާއްސަ އިސްކަމެއް ދެމުން އަންނަ މަޝްހޫރު ތަރި ކައިލީ ބުނީ، މި ނިންމުން ނިންމީ ދެން އިތުރަށް ދަރިފުޅު ފޭނުންނަށް ދައްކަން ބޭނުން ނުވާތީ ކަމަށެވެ. ކައިލީ މި ނިންމުން ނިންމާފައި މި ވަނީ ދާދި ފަހުން މީސް މީޑިއާގައި ކައިލީ ޖެނާ ގެ ދަރިފުޅު ސްޓޯމީ ކައިލީގެ ބޮޑީގާޑާއި ވައްތަރު ވުމުން އެތަށް ބައެއްގެ ސުވާލުތަށް އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

ދަރިފުޅު ސްޓޯމީ އަކީ ކައިލީގެ ބޮޑީގާޑުގެ ދަރިއެއް ކަމަށް ބުނެ މީސް މީޑިއާގައި އެތަށް ބަޔަކު ސުވާލު ކުރަމުން ދަނީ ކައިލީގެ ދަރިފުޅު ކައިލީގެ ބޮޑީގާޑާއި ވައްތަރު ވުމުންނެއްވެ. ކައިލީއާއި އޭނާގެ ބޮޑީގާޑާއި ވަކިން ބައްދަލުވެ އުޅޭކަމުގެ އަޑު ފެތުރިފައިވަނިކޮށް، ސްޓޯމީ އޭނާ އާއި ވައްތަރުވުމުން ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު މިކަމާއި ގުޅޭގޮތުން އެދެމީހުންވެސް އަދި ވާހަކައެއް ނުދައްކައެވެ.

ސްޓޯމީގެ އަސްލު ބައްޕައަކީ މައްޝޫރު ރެޕާރ ޓްރާވިސް ސްކޮޓްކަމަށް ކައިލީ މީގެ ކުރިން ބުނެފައިވެއެވެ. އޭނާ ވިހެއީ މިދިޔަ ފެބްރުއަރީ މަހު ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގައެވެ.

ކައިލީ ޖެނާ އުފަންވެފައިވަނީ 1997 ވަނަ އަހަރު ކެލިފޯނިއާ އަށެވެ.