ކަޝްމީރަށް އުފަން، ރޯޑީސް ރެވެލިއުޝަންގެ ބައިވެރިއެއް ކަމަށްވާ ސާގިބު ޚާން އެކްޓު ކުރުމާއި މޮޑެލް ކުރުމާއި ދުރަށް ގޮސްފިއެވެ.

އޭނާ މި ކަންތައްތަކާއި ދުރަށް ދަނީ އިސްލާމް ދީނަށްޓަކައި ކަަމަށް ވެސް އޭނާގެ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

ސާގިބުގެ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ފަހަކަށް އައިސް އޭނާއަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށާއި އެހެންކަމުން އިސްލާމް ދީނުގެ ކަންތައްތަކުގައި މަސްޢޫލުވުމަށް ނިންމާފައިވާ ކަމަށެވެ.

''މިއަދުގެ މި ޕޯސްޓަކީ އަހަރެން ޝޯއިން ވަކިވާކަން ހާމަކުރުމަށް ކުރާ ޕޯސްޓެއް. މުސްތަގުބަލުގައި އަހަރެން އެކްޓު ކުރުމާއި މޮޑެލް ކުރުމުގެ ދާއިރާއިން ނުފެންނާނެ. އެއީ މި ދާއިރާއިން އަހަރެންނަށް މަސައްކަތް ނުލިބޭތީއެއް ނޫން. އަހަރެންނަށް އެބަހުރި ވަރަށް ރަނގަޅު ޕްރޮޖެކްްޓުތަކެއް ލިބިފަ. ނަމަވެސް މިކަމުގައި ﷲގެ ރުއްސެވުން ނެތް. އަހަރެންނަށް ޔަގީން މިއަށްވުރެ ރަނގަޅު ގޮތެއް އަހަރެންނަށްޓަކައި ލިޔުއްވާފައިވަނީ. އިންޝާﷲ'' ސާގިބުގެ އިންސްޓަގުރާމު ޕޯސްޓުގައި ލިޔެފައިވެއެވެ.

މީގެއިތުރުން މުމްބާއީ އައިސް މަސައްކަތެއް ނުލިބިގެން އުޅުނު އިރުން ފެށިގެން މަޝްހޫރުކަން ލިބުމަށް ފަހުގައި ވެސް ލިބިފައިވާ ކާމިޔާބީތަކުން ވެސް އޭނާގެ ހިތްހަމަ ނުޖެހޭ ކަމަށް ވެސް ސާގިބު ބުނެފައިވެއެވެ. އަދި އެ ލިބިފައިވާ މަޝްހޫރު ކަމުން އާޚިރުގައި ވެސް އޭނާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން ބަރާބަރަށް ނަމާދު ނުކުރެވޭ ކަމަށާއި ނަމަވެސް އެއިރު ވެސް ނަމާދު ކޮށްލުމުން ހިތްހަމަ ޖެހޭ ކަމަށާއި އެހެންކަމުން އޭނާގެ ހުރިހާ ސަމާލުކަމެއް ދީނީ ކަންތައްތަކަށް ދިނީ ކަމަށާއި އޭނާ ދާންވާ ގޮތް ދައްކުވައިދީފައިވާ ފޮތް، ކީރިތި ގުރުއާން އަބަދުވެސް އޮތީ އޭނާ ކުރިމަތީގައި ކަމަށާއި ނަމަވެސް އޭގެ ބޭނުން ކުރިން ހިފިފައި ނުވާ ކަމަށް ވެސް ސާގިބު ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ވަރައް ރަނގަޅު ނިންމުމެއް

  37
 2. ހެޔޮއެދޭ

  މާޝާﷲ..ހަމަ ކަށަވަރުން ނިޢްމަތްތަކުގެ ތެރެއިން ﷲ ދެއްވާ ޙިދާޔަތައްވުރެ ފައިދާކުރަނިވި އެއްވެސް ކަމެއް ނުވެއެވެ.

  14
 3. މަށޭމި

  ﷲ އަޚަށް ޘާބިތުކަން ދެއްވަވާށި!!

  14
  1
 4. އައިށަތް

  ސާގިބުއަށް ހެޔޮވިސްނުން ދެއްވި ކަމައްޓަކައި اللهއަށް ހަމްދުކުރަމެވެ