ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ޖަހަމުން ގެންދާއިރު މިހާރު ބައެއް މީހުން ކުރާ ސުވާލަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އޮންނަ މުއްދަތުގައި ވެކްސިން ނުޖަހައިފިނަމަ، ނުވަތަ ދިމާވާ ސަބަބަކާއި ގުޅިގެން ވެކްސިން ނުޖެހިއްނެމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

މިހާރު ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންތަކުގެ ތެރެއިން އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ފިޔަވައި އެހެން ހުރިހާ ވެކްސިނެއްގެ ވެސް ދެޑޯޒް ޖަހަން ޖެހެއެވެ. އެހެންވެ ދެވަނަ ޑޯޒްގެ ވެކްސިން ނުޖަހައިފިނަމަ ދެން ވާނެ ގޮތަކާއި ގުޅޭ ގޮތުން ތަކުރިބާކާރުން ގެންދަވަނީ މައުލޫމާތު ދެއްވަމުންނެވެ.

އެމެރިކާގެ ސީޑީސީ އިން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އޮންނަ މުއްދަތުގައި ނުޖެހި ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒަކީ ބޭކާރު އެއްޗަކަށް ވެގެން ނުދާނެ ކަމަށެވެ. ވެކްސިންގެ ދެވަނަ ޑޯޒަކީ ކޮވިޑުން ދިއާއުވުމަށް ކޮންމެހެން ބޭނުންވާ ޑޯޒެކެވެ. ނަމަވެސް އެޑޯޒް ނުޖެހި ނަމަވެސް ފުރަތަަމަ ޑޯޒް ޖަހާފައި ހުރިނަމަ ކޮންމެވެސް ވަރަކަށް ކޮވިޑް ވައިރަހާއި ދެކޮޅު ދިފާއީ ބާރު ހަށިގަނޑުގައި ހުންނާނެއެވެ.

ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންތަކުގެ އެއް ޑޯޒް ވެކްސިން ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ތައްޔާރުވާ މިންވަރާއި، ދިފާއީ ބާރު ހަށިގަނޑުގައި ހުންނާނެ މުއްދަތު އަދި ސައިންސްވެރިންނަކަށް ވެސް ނޭނގެއެވެ. ސަބަބަކީ އެފަދަ ދިރާސާތަކެއް އަދި ކުރެވިފައި ނުވާތީއެވެ.

އެހެންކަމުން ސައިންސްވެރިން އިލްތިމާސް ކުރަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ކޮންމެ މީހަކު ވެސް ޖެހުމަށެވެ. ސަބަބަކީ ފުރަތަމަ ޑޯޒްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިން ރައްކާތެރިވުމަށް އެންމެ ފުރިހަމައަށް ތައްޔާރު ނުވާތީއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް، 10،567 މީހަކު ވަނީ ޖަހާފައެވެ. މިހާތަނަށް ރާއްޖެ އިން ޖުމުލަ، 260،285 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހުތާނު

    ވާނީހައިޖާން! ދެންޖެހޭނީ އަލުންފަށަން..

    5
    2
  2. ކ̸

    ލޭގަނޑު ވާ ވެކްސިންދެންނެތް ޖެހޭކަށް ސޮރީ