ސެމްރާ އައިސަލް ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ފިރިމީހާ ހަކަން އައިސަލްއާއި އެކު ޓާކީގެ ފެތިޔޭގައި 1000 ފޫޓް އުސް ފަރުބަދައެއްގެ މައްޗަށް އަރައި ތިއްބާ ހަކަން އޭނާގެ ހަތް މަހުގެ މާބަނޑު އަންހެނުން ވައްޓާލާފިއެވެ.

ހަކަން މިކަން ކޮށްފައިވަނީ 40،000 ޔޫރޯގެ އިންޝިއުރެންސް ފައިސާ ހޯދުމަށް ކަމަށް ކޯޓުން ބުނެފައިވެއެވެ.

2018 ވަނަ އަހަރު މި ހިނގި ހާދިސާގައި ސެމްރާއާއި އޭނާގެ ދަރިފުޅު ވަނީ އެ ވަގުތު މަރުވެފައެވެ. މި އަހަރު އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ހަކަންއަށް އޭނާގެ އަންހެނުން އުސް ތަނަކުން ވައްޓާލާ މަރައިލި ކަމުގެ ތުހުމަތު ކުރެވުމުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. ހަކަން ބުނެފައިވާ ގޮތުގައި ސެމްރާ ބުނެގެން ފޮޓޯއެއް ނަގަން ވެގެން އޭނާ އިށީނދެ އިން ތަނުން ތެދުވުމަށް ފަހު އެނބުރި ބަލައިލިއިރު ސެމްރާ އެތަނުގައި ނެތް ކަމަށާއި އޭނާ ވެއްޓުނީ ފައި ކައްސައިލައިގެން ކަމަށެވެ.

ނަމަވެސް ހަކަންއާއި ޚިލާފަށް ހެކިބަސް ދީފައިވާ ޓެކްސީ ޑްރައިވަރު ބުނެފައިވަނީ ސެމްރާ މަތިން ވެއްޓުނީ އޭނާގެ ކާރު ކައިރިއަށް ކަމަށާއި އެވަގުތު ހަކަންގެ މޫނުމަތީގެ ހަރަކާތްތައް ހުރިގޮތުންނާއި އެކަމާމެދު ފަރުވާ ކުޑަކުރިގޮތުން ވެސް އެއީ ހަކަން ގަސްދުގައި ކުރިކަމެއްކަން ޔަގީންވާ ކަމަށެވެ.

މީގެއިތުރުން އެތަނުގައި ތިބި އެހެން ބައެއްގެ ކެމެރާއަށް ވަނީ ސެމްރާ ވެއްޓުނު ވަގުތު ރެކޯޑްވެފައެވެ. އެމީހުން ބުނެފައިވާ ގޮތުގައި ހަކަން ސެމްރާ ވައްޓާލީއެވެ.

މި މައްސަލަ އަދި ވެސް ވަކިގޮތަކަށް ނުނިމެއެވެ. ނަމަވެސް ހަކަން ވަނީ އިންޝުއެރެންސް ފައިސާގެ އިތުރަށް ސެމްރާގެ ނަމުގައި 7 ލޯނެއް ވެސް ނަގައިފައި ކަމަށް ސެމްރާގެ އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަކަން ނުބައި މީހެއް.

    ތިއީ އެމްޑީޕީ މީހުން ގެ ވިސްނުން ހުންނަ ގޮތަކީ . ގައުމު މިއޮތީ އިންޑިއާ އަށް ވިއްކާލާފައި. އެކަމަކު ބުނަނީ މިއީ އިންސާފޭ. ތިލަފަތެއް ނޫން ލޯގޯ އަށް ލާންވީ. ނަގުލަން ދާއްޓެއްގެ ފޮޓޯ.