ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ފައިޒާ ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނިސް މަރުވި ފްލޮރިޑާގެ ޑޮކްޓަރުގެ މަރަކީ ގުދުރަތީ މަރެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
އޮފިޝަލުން މި ނިންމުން އާންމު ކޮށްފައިވަނީ އިއްޔެ މެޑިކަލް އެގްޒަމިނާ އޮފީހުގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.
ޑޮކްޓަރ ގްރެގޮރީ މައިކަލް މަރުވެފައިވަނީ އެތެރެ ހައްޓަށް ލޭ ފޭބުމުގެ ސަބަބުންނެވެ. ނަމަވެސް، މިހެން ކަންތައް ވީ ވެކްސިނުގެ ސަބަބުން ކަމެއް ޔަގީން ވެފައެއް ނުވެއެވެ.
ޖެނުއަރީގައި މި މަރުވި ފްލޮރިޑާ ޑޮކްޓަރުގެ މަރު ވަނީ ފްލޮރިޑާގެ ހެލްތް ފެޑެރަލް އަދި ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ތަހުގީގުު ކޮށްފައެވެ. ޑޮކްޓަރުގެ އޮޓޯޕްސީ ހެދުމަށް ފަހު އިތުރު ތަހުގީގަށް އޮޓޯޕްސީ ސާމްޕަލް ވަނީ ސީޑީސީ އަށް ފޮނުވާފައެވެ.
ތަހުގީގު ޓީމުން ކަނޑަ އަޅާފައިވަނީ ޑޮކްޓަރ ގްރެގޮރީ މައިކަލް މަރުވެފައިވަނީ އެތެރެ ހައްޓަށް ލޭ ފޭދިގެން ކަމާއި، އެއީ ގުދުރަތީ މަރެއް ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ކުރެވުނު ދިރާސާއިން މައިކަލްގެ މަރާއި ފައިޒާ ވެކްސިނާއި ގުޅުމެއް ވާކަން ފާހަގަ ވެފައި ނެތުމުންނެވެ.
ފައިޒާ އާއި ބިއޯންޓެކް އިން ވަނީ މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމާއި، ކޮވިޑުން ރައްކާތެރި ކޮށްދޭ ވެކްސިނެއް ކަމަށް ބުނެފައެވެ. މި ވެކްސިނަކީ 95.3 އިންސައްތަ ކޮވިޑުން ރައްކާތެރި ވެކްސިނެއް ކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ނިންމާފައެވެ.
ތިޔަވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ޑޮކްޓަރަށް އެވަނީ ލިބިފާ. ދެން ގައިމުވެސް ކޮވިޑެއް ނުޖެހޭނެ.