ވަރި ގިނަ ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދެމަފިރިން ކުރެ ކޮންމެވެސް އެކަކު ކައިވެނީގެ ބޭރުން ނަހަމަ ގުޅުމެއް ހިންގުމެވެ. ވަރަށް ލޯބިން އުޅުމަށް ފަހު ކައިވެނިކޮށް ދަރިން ވެސް ލިބޭ ފަހުން ނުވަތަ ކައިވެންޏަށް އެތައް ދުވަހެއް ވާފަހުން ބައިވެރިޔާ ބޭވަފާތެރިވުން އެއީ ވަރަށް ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ދެން ކުރެވޭ ސުވާލަކީ ރަނގަޅު އެކަކު ވެސް ނޫޅެނީ ހެއްޔެވެ؟ ނޫނެކެވެ. ރަނގަޅު މީހުން އުޅެއެވެ. ދިމާވާ މައްސަލައަކީ ރަނގަޅު މީހުން ދެނެގަތުމުގެ މައްސަަލައެވެ.
މީހެއްގެ ބޭރުފުށުން ބަލާފައި އޭނާގެ ޙަޤީޤަތެއް ނޭނގޭނެއެވެ. ނަމަވެސް ބޭރުފުށުން ފެންނަ ސިފަތައް ބަލާފައި ދެން އޭނާ ކަންތައްތައް ކުރާނެ ގޮތް ލަފާކުރެވިދާނެއެވެ. މިލިޔުމުގައި މިގެނެސްދެނީ ފިރިއެއްގެ ފަރާތުން މިސިފަތައް ފެންނަ ނަމަ އޭނާ އަނބިމީހާ އަށް ބޭވަފާތެރި ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނާ ބައެއް ސިފަތަކެވެ.
ދޮގެއް ނުހަދާނެ
ކޮންމެ ކަމެއްގައި ވެސް އޮންނަ ގޮތް ސީދަލަށް ބުނާނަމަ އެއީ ރަނގަޅު ސިފައެކެވެ. އަނބިމީހާ ދެރަވިޔަސް ނުވަތަ ހިތްހަަމަނުޖެހުނަސް އެކަން އޮތް ގޮތް ބުނެދޭ ފިރިންނަކީ ރަނގަޅު މީހުންނެވެ. އެއިން އެއެނގެނީ އޭނާގެ ހުންނަ ތެދުވެރިކަމެވެ. މިއީ އޭނާ އެހެން އަންހެނެއް ކައިރިއަށް ދިއުމުގެ ފުރުސަތު ވެސް ކުޑަ ކޮށްދޭ ކަމެކެވެ.
ހުރިހާ ވާހަކައެއް ކިޔައިދޭނެ
އޭނާގެ ވަޒީފާގެ މާހައުލުގައި ދިމާވާ ހުރިހާ ކަމަކާއި އޭނާ މީހަކާއި ބައްދަލު ކުރިއްޔާ އެވާހަކައަކާއި އޭނާ ދެން ކުރަން އޮތް ކަންތައްތަކާއި ކުރެވުނު ކަންތައްތަކުގެ ވާހަކަ ކިޔައިދޭނަމަ އެއީ ހެޔޮ ފާލެކެވެ. އޭނާ އާއި މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ބޭނުމެއް ނެތެވެ.
ވަޒީފާގައި ބިޒީ ވުން
އޭނާ ވަޒީފާގައި ބިޒީ ކަމަށް ވާނަމަ އަދި މަސައްކަތައް އޭނާ އިސްކަން ދޭނަމަ އެއީ ވެސް ހެޔޮ ފާލެކެވެ. އެއީ އެހެން މަގަކުން ދިއުމަށް އޭނާ އަށް އޮންނާނެ ހުރަހެއް ވެސް މެއެވެ.
އަނބިމީހާ އަށް އިސްކަން ދިނުން
އަނބިމީހާގެ އެއްވެސް ކަމަކީ ދެވަނަ ފަހަރަށް ބުނެގެން އޭނާ ފުރިހަމަ ކުރާ ކަމަކަށް ނުވާނަމަ ތިއީ ރަނގަޅު ފިރިހެއެކެވެ. އޭނާގެ ކަންތައްތަކަށް ވުރެ ވެސް އަނބިމީހާގެ ކަންތައްތަކަށް ފިރިމީހާ އިސްކަން ދޭނަމަ ތިބާ ދޫކޮށްލާފައި އެހެން މީހަކު ހޯދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
މަގޭ ފިރިމީހާ އަށް ތީގައިން 2 ވަނަ ޕޮއިންޓް އަދި 4 ވަނަ ޕޮއިންޓަށް އެލާރޖިކް ވާނެ
މަގޭ އަންހެނުންވެސް
ވަރި ގިނަވަނީ އަން ހެން ކަނބަލުންގެ ވިސްނުމުގައި ހުންނަ ގޮތްދޫނުކުރުމާއި ޝަކޮވާ ގިނަކުރުމާއި އަދި ފިރިމީ ހާގެ
އިޙުސާސްތަކަށް ފަރުވާކުޑަަ ކުރެވޭތީއޭ އަޅުގަނޑަށް ބުނެވޭނީ. ޙަޔާތުގެ ފުރަތަމަ ދުވަސްކޮޅު އެއުޅެވޭ ގޮތްތައް ދުވަސްކޮޅަކުން ބަދަލުވާނެއެވެ. ނަމަވެސް އެކަކު އަނެކެއްގެ ބަސް ގަބޫލުކުރުމާއި އަޅާލުން އަބަދުވެސް އޮންނަން ވާނެއެވެ. ގިނަ ފިރިހ ހެނުންނަކީ އެކި ކަންތައްތަކުގައި ދުރަށް ވިސްނާ ބަޔަކަށް ވުމުން ދިރިއުޅުމުގެ ބައެއްކަހަލަ ދަތި މައްސަލަ ( ވަޒީފާގެ، ފައިސާގެ، ޢާއިލީ، ....) ތައް އަނބިކަނބަލުންނަށް ކިޔައިދޭން ބޭނުންނުވަނީ އަނބިކަނބަލުންނަށް އެފަދަ ކަންތައްތަކުން ހިތްދަތިކަމެއް ލިބުމަށް ނޭދޭ ތީއެވެ. ލޯބިވާލެއް ބޮޑުކަމުންނެވެ. ނަމަވެސް ފިރިމީ ހާގެ މޫޑު ދެނެގަތުމުގައި އެކަނބަލުން މޮޅުވާނެއެވެ. އެފަދަ ޙާލަތްތަކުގައި ފިރިމީ ހާއަށް ނުތަނަވަސްކަން ލިބިދާނެ ފަދަ ގޮތަކަށް ސުވާލުގިނަކޮށް ޒުވާބު އުފެދޭ ނަމަ .....
ﷲ އަށް ހަމްދުކުރަން އަހަރެންގައި ގައި ތިޔަހުރިހާސިފައެއްއެބަހުރި!
އިނދެގެން އުޅޭމީހާ ކައިރީގައި އަހާލީމާ ތިއެއް އެނގޭނީ....